މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

192 Stories filed
ޔަމަން ހަނގުރާމަ ހުއްޓުވުމަށް ސައޫދީން ކުރާ މަސައްކަތަށް ރާއްޖޭގެ ތާއީދު
Raajje

ޔަމަން ހަނގުރާމަ ހުއްޓުވުމަށް ސައޫދީން ކުރާ މަސައްކަތަށް ރާއްޖޭގެ ތާއީދު

ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ފުރިހަމަ ސިޔާސީ ޙައްލެއް ހޯދުމަށްޓަކައި ސަޢުދީ ޢަރަބިއާއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސަޢުދީ އަރަބިއާއިން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ މުޙައްމަދު އަލް ޖާބިރް އިސްވެ ހުންނަވައި ޔަމަނުގެ ވެރިރަށް ސަންޢާގައި މިހިނގާ އޭޕްރިލް މަހުގެ 8 އިން 13 އަށް ސަޢުދީ އަރަބިއާގެ ވަފުދުން ބޭއްވި ބައްދަލުވުންތައް ފާހަގަކޮށ...

އޮމާނަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ
Raajje

އޮމާނަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ

ވިސާ އާ ނުލާ އޮމާންގައި ދިވެހިންނަށް 14 ދުވަހު އުޅެވޭނެގޮތް ހަދައިފިއެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާ އިން ވިދާޅުވީ ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެޤައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރައްވާ ފަރާތްތަކަށް އެޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެޤައުމުގައި ތިބެވޭނެ ކަމަށް އެ ވުޒާރާ އިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ މިގޮތަށް...

ރަސްމީ ދަތުރުފުޅެއްގައި ޝާހިދު އިންޑިއާއަށް
Raajje

ރަސްމީ ދަތުރުފުޅެއްގައި ޝާހިދު އިންޑިއާއަށް

ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ. ދިވެހި ޚާރިޖިއްޔާއިން ވިދާޅުވީ ޝާހިދުގެ މި ދަތުރުފުޅަކީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރައިސީނާ ޑައިލޮގް  ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ރައިސީނާ ޑައިލޮގް އަކީ އިންޑިއާގެ ފޮރިން މިނިސްޓްރީ އާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަނާ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ކުރިއަށް ގ...

ޑެންމާކުގައި ޤުރްއާން އަންދައިލި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި
Raajje

ޑެންމާކުގައި ޤުރްއާން އަންދައިލި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި

ޑެންމާކުގެ ކޯޕަންހޭގަންގައި ކީރިތި ޤުރްއާން އަންދައިލި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޑެންމާކުގެ ކޯޕަންހޭގަންގައި، ސްވިޑަންގެ ހަރުކަށި ފިކުރުގެ ސިޔާސީ ޕާޓީއަކުން ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ޤުރްއާނުގެ ކޮޕީއެއް އަންދާލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިޔަން މުސްލިމުންގެ ދީނީ އިހުސާސްތަކާ ދެކޮޅަށް ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަ...

ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަޤާމަށް ފާއިޒު އައްޔަނުކޮށްފި
Raajje

ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަޤާމަށް ފާއިޒު އައްޔަނުކޮށްފި

ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ. މަނާގެ، ޢަލީ ފާއިޒު މިއަދު ޢައްޔަންކުރައްވައި އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާއަށް ދިވެހިރާއްޖެއިންް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި، ޢަލީ ފާއިޒަކީ 2022 ވަނަ އަހަރު މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުކަމުގެ މަޤާމާއި، 2021 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ބޯޑުގައި މެންބަރުކަން ކުރައްވާފައިވާ ބޭފ...

ސްވިޑެންގައި ޤުރްއާން އަންދާލަން ހުއްދަދިން މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
Raajje

ސްވިޑެންގައި ޤުރްއާން އަންދާލަން ހުއްދަދިން މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސްވިޑެންގެ ސިޔާސީ ހަރުކަށި މީހެއް ކަމަށްވާ ރަސްމޮސް ޕަލުޑެން މުސްހަފެއްގައި އަލިފާންރޯކޮށް އަންދާލައި، މާތްވެގެންވާ ކީރިތިޤުރްއާނަށް އިހާނެތިކޮށް ހިތި ހައްދުފަހަނައަޅާފައިވާ ޢަަމަލު ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ސްވިޑްންގެ ހައްދުފަހަނާ އަޅާފައިވާ ރަސްމޮސް ޕަލުޑެން މުސްހަފެއްގައި އަލިފާންރޯކޮށް އަންދާލާފައިވަނީ އެގައުމު ނޭޓޯއަށް ވެއްދުމަށް އިސްލާމީ ގައުމެއްކަމަށްވާ ތުރުކީން ހުރަސްއަޅާކަމަށް ބުނެ އެވެ. އޭނާގެ މި އަނިޔާވެރި ނަފުރަތުގެ އިންތިހާއިން ފުރިގެންވާ ޢަމަލު ހިންގާފައި ވަނީ ސްވިޑްންގ...

ރާއްޖެ-ކެމްބޯޑިއާ: ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއް
Raajje

ރާއްޖެ-ކެމްބޯޑިއާ: ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއް

ރާއްޖެއާއި ކެމްބޯޑިއާއާއި ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއް މިއަދު ބަދަލުކޮށްފިއެވެ. ދެ ޤައުމުގެ ދެމެދުގައި މި އެއްބަސްވުންތައް ބަދަލުކޮށްފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ. މި އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއ...

އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް
Raajje

އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އިއްޔެ ހަމަޖެހިއްޖެއެވެ. އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ލިބުނީ އެ ޖަމިއްޔާގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް މެންބަރު ޤައުމުތަކުން ތާއީދު ކުރުމުންނެވެ. އެންގޯލާގެ ލުއާންޑާގައި މި ޑިސެންބަރު މަހުގެ 6 އިން 9 އަށް ކުރިޔަށްދާ މި ސަމިޓްގައި އޯއޭސީޕީ...

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސެއްގެ މަގާމަށް ޑރ. އާސިމް
Raajje

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސެއްގެ މަގާމަށް ޑރ. އާސިމް

އެކުވެރި ދައުލަތްތައް (އދ) ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބް ރައީސެއްގެ މަގާމަށް ޑރ. އަހުމަދު އާސިމް އިންތިހާބުކޮށްފި އެވެ. ޑރ. އާސިމަކީ ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަނީ އަންނަ އަހަރަށް އެ ކައުންސިލުން އިންތިހާބުކޮށްފައިވާ ހަތަރު ނައިބު ރައީސުންގެ ތެރޭގައި ޑރ. އާސިމް ހިމެނިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އެކައުންސިލުން ބުނެފައިވާ ގޮތުގައި އެ ކައުންސިލްގެ ރ...

ރާއްޖެ އާއި ޔޫއެސްއެއިޑް އާއި ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި
Raajje

ރާއްޖެ އާއި ޔޫއެސްއެއިޑް އާއި ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

ރާއްޖެ އާއި ޔޫއެސްއެއިޑް އާއި ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކުރިއަށް ގެންގޮސްފައި ވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އެމެރިކާގެ އެޖެންސީ ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، ޔޫއެސްއެއިޑްގެ ބިއުރޯ ފޯރ އޭޝިއާގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ އަންޖަލީ ކައުރް އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ. މި ބައްދަލު ކުރެއްވުމުގައި ޔޫއެސްއެއިޑްގެ ފަރާތުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާއި ބެހޭ ގޮތުންނާއި މި ގުޅުން އިތުރުން ބަދަހިކުރ...

މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކުރީ ޝާހިދުގެ ގެއަކުން ނޫން: ފޮރިން މިނިސްޓްރީ
Raajje

މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކުރީ ޝާހިދުގެ ގެއަކުން ނޫން: ފޮރިން މިނިސްޓްރީ

ޕާޓީކުރަން ތިއްބާ ބަޔަކު ހައްޔަރުކުރީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެއިން ނޫން ކަމަށާއި އަދި އެމީހުން ޕާޓީކުރަން ތިބީ އެމަނިކުފާނާ ގުޅުން އޮތް ގެއަކު ވެސް ނޫން ކަމަށް ފޮރިން މިނިސްޓްރީ އިން ވިދާޅުވެއްޖެ އެވެ. އެ މިނިސްޓްރީން މިހެން ވިދާޅުވީ މަސްތުވާތަކެއްޗާއެކު ޕާޓީކުރަން ތިއްބައި ހައްޔަރުކުރި 12 މީހަކު ހައްޔަރު ކުރީ ޝާހިދުގެ ގެއިން ކަމަށް ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއު ކުރުމުން އެކަމަށް ރައްދު ދެއްވާ ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ވިދާޅުވީ […]

ހަންގޭރީން ރާއްޖެއަށް ދޭ ސްކޮލާޝިޕްގެ އަދަދު އިތުރުކޮށްފި
Raajje

ހަންގޭރީން ރާއްޖެއަށް ދޭ ސްކޮލާޝިޕްގެ އަދަދު އިތުރުކޮށްފި

ހަންގޭރީން ރާއްޖެއަށް ދޭ ސްކޮލާޝިޕްގެ އަދަދު އިތުރުކޮށްފި އެވެ. އެގޮތުން އެ ގައުމުން ދިވެހިންނަށް ކޮންމެ އަހަރަކު ދޭ ސްކޯލާޝިޕްގެ އަދަދު މިހާރުވަނީ 25 އަށް އިތުރުކޮށްފަ އެވެ. ރާއްޖޭގެ ތައުލީމީ ދާއިރާއާއި އިގްތިސޯދީ އަދި ކުޅިވަރުގެ ދާއިރާ އިން ހަންގޭރީ އާ އެކު ދިވެހި ސަރުކާރުން މިއަދުވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެގައުމުގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ...

ޝާހިދު، ޔޫކޭ އާއި ނެދަލޭންޑްސްއަށް!
Raajje

ޝާހިދު، ޔޫކޭ އާއި ނެދަލޭންޑްސްއަށް!

ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށާއި ނެދަރލޭންޑަށް ފުރާވަޑައިގެންފި އެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށާއި އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ. މި އޮކްޓޯބަރ މަހުގެ 19 އިން އަންނަ ނޮވެމްބަރު މަހުގެ 4 އަށް ކުރައްވާ މި ދަތުރުފުޅުގައި އިނގިރޭސި އާސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވި އެވެ. އޭގެ ތެރޭގައި، އިނގިރޭސިވިލާތުގެ ސެކެޓްރީ އޮފް ސްޓޭޓް ފޯރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް ޖޭމްސް ކް...

ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޝާހިދު އޮމާނަށް
Raajje

ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޝާހިދު އޮމާނަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އޮމާނަށް ވަޑައިގެންފި އެވެ. އެޤައުމުގެ ވެރިރަށް މަސްކަޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އޮމާންގެ ޗީފް އޮފް ޕްރޮޓޮކޯލް ޚާލިދު އަލް ޖަރަޑީ އެވެ. މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އޮމާންގެ ފޮރިން މިނިސްޓަރ، ސައްޔިދު ބަދުރު އަލްބުސައިދީއާއި ބައްދަލުކުރައްވާ، ދެޤައުމުގެ ދެމެދުގައި ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ގުޅުން ހުރި ދާއިރާތަކާއ...

ތިން ޤައުމަކަށް ކަނޑައަޅާ ނޮން-ރެސިޓެންޑް ސަފީރުކަމަށް ޝަހީބަށް ރުހުން ހޯދުމަށް މަޖިލީހަށް
Parliament

ތިން ޤައުމަކަށް ކަނޑައަޅާ ނޮން-ރެސިޓެންޑް ސަފީރުކަމަށް ޝަހީބަށް ރުހުން ހޯދުމަށް މަޖިލީހަށް

ބޫޓާން، ނޭޕާލް އަދި އަޒަރުބައިޖާންގެ ނޮން ރެސިޓެންޑް ސަފިރުކަމަށް އިބްރާހިމް ޝަހީބަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ. ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު އިބްރާހީމް ޝަހީބުގެ ނަމަށް ރުހުން ހޯދަން މަޖިލިހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ބޫޓާނާއި ނޭޕާލްގެ އިތުރުން އަޒަރުބައިޖާނުގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް ޝަހީބު އައްޔަން ކުރަން ގަސްދުކުރައްވާ ކަމަށެވެ. ރައީސްގެ ސިޓީފުޅު މަޖިލިހުގެ ތަޅުމުގައި އިއްވަވައި ނިމުމުން ރިޔާސަތ...