ޑެންމާކުގެ ކޯޕަންހޭގަންގައި ކީރިތި ޤުރްއާން އަންދައިލި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޑެންމާކުގެ ކޯޕަންހޭގަންގައި، ސްވިޑަންގެ ހަރުކަށި ފިކުރުގެ ސިޔާސީ ޕާޓީއަކުން ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ޤުރްއާނުގެ ކޮޕީއެއް އަންދާލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

Ad
rt

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިޔަން މުސްލިމުންގެ ދީނީ އިހުސާސްތަކާ ދެކޮޅަށް ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި މިއީ މުސްލިމުނާމެދު ހިންގާފައިވާ އިހާނެތި އަމަލެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ސްވިޑެންގައި ޤުރްއާން އަންދާލަން ހުއްދަދިން މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މީގެ އިތުރުން އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ މި ބިރުވެރި އަމަލުތަކުގެ ސަބަބުން ތަޙައްމަލުކުރުމުގެ އަސާސްތައް ދެމެހެއްޓުމަށް ހުރަސްއެޅޭކަން ފާހަގަ ކުރައްވާ އެ ބަޔާނުގައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނަށް ފުރައްސާރަކުރުން އިތުރުވެ، ސުލްހަމަސަލަސްކަމާއި އެއްބައިވަންތަކަން ގެއްލި، ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ.