މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް އެޑިޔުކޭޝަން

165 Stories filed
ކުރީގެ ތަޢުލިމާބެހޭ ވަޒީރުގެ ރަސްމީ އީމެއިލްތައް ޑިލީޓްކުރި މައްސަލައެއް
Raajje

ކުރީގެ ތަޢުލިމާބެހޭ ވަޒީރުގެ ރަސްމީ އީމެއިލްތައް ޑިލީޓްކުރި މައްސަލައެއް

ކުރީގެ ތަޢުލިމާބެހޭ ވަޒީރު ބޭނުންކުރެއްވި ރަސްމީ އީމެއިލްގައި ހުރި މެއިލްތައް ޑިލޭޓްކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ ކުރީގެ ކުރީގެ ތަޢުލިމާބެހޭ ވަޒީރު ބޭނުންކުރެއްވި ރަސްމީ އީމެއިލްގައި ހުރި ހުރިހާ މެއިލެއް ޑިލީޓްކޮށްފައިވާ މައްސަލައެއް ތަހްގީގްކޮށްދެއްވުމަށް އެދި އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. މި މެއިލްތައް ޑިލީޓްކޮށްލާފައި ވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ހުށަހަޅާފަ...

ޓާމް ބަންދުތަކުގައި ޓީޗަރުން ސްކޫލަށް ނުނެރެން އަންގައިފި
Raajje

ޓާމް ބަންދުތަކުގައި ޓީޗަރުން ސްކޫލަށް ނުނެރެން އަންގައިފި

ޓާމް ބަންދުތަކުގައި ޓީޗަރުން ސްކޫލަށް ނުނެރެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަންގައިފިއެވެ. މިކަނަ އަންގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހޯމަ ދުވަހު އެ މިނިސްޓްރީން ފޮނުވި އިންޓާނަލް މެމޯގައި ބުނެފައިވަނީ ހިނގަމުން މިދާ 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމާއި ދެވަނަ ޓާމް ބަންދު އަދި މިޑްޓާމް ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުމަކީ މަނާކަމެއް ކަމަށެވެ. ދާއިރާގައި ތިއްބެވި ހިދުމަތްތެރި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މ...

ސީއެޗްއެސްއީގައި ގާއިމްކުރި ޖާގަތަނަވަސް ނަމާދުކުރާތަން ބޭނުންކުރަން ފަށައިފި
Raajje

ސީއެޗްއެސްއީގައި ގާއިމްކުރި ޖާގަތަނަވަސް ނަމާދުކުރާތަން ބޭނުންކުރަން ފަށައިފި

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި ގާއިމްކުރި ޖާގަތަނަވަސް ނަމާދުކުރާތަން ބޭނުން ކުރަން ފަށައިފިއެވެ. މިދިޔަ ބުދަދުވަހު މިތަން ރަސްމީކޮށް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއިލް ޝަފީއުއެވެ. އެތަން ހުޅުވާފައި މިވަނީ އެ ސްކޫލްގެ 45 ވަނަ އަހަރީ ދުވަހާއި ދިމާކޮށެވެ. މި ނަމާދުކުރާތަން ބޭނުން ކުރަން ފަށާފައިވާކަން ހާމަކުރަމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރު...

ހަތް ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް އުކުޅަހުގައި ބާއްވަނީ
Raajje

ހަތް ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް އުކުޅަހުގައި ބާއްވަނީ

ހަތް ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް، އއ.އުކުޅަހުގައި ބޭއްވުމަށް ނިންމައިފިއެވެ. މި ކޮންފަރެންސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 28 އިން 30 އަށެވެ. 2012 ވަނަ އަހަރުން ފެށިގެން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ބައިނަލްއަޤްވާމީ ފެންވަރުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސް އަކީ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ޤާއިމު ކުރުމުގެ މަޤްޞަދުގައި ބާއްވަ...

ބެލެނިވެރިންނާއެކު ވަކިވަކި ކްލާސްތަކަށް ރަސްމީ ވައިބާ ގުރޫޕް ނުހަދަން އަންގައިފި
Raajje

ބެލެނިވެރިންނާއެކު ވަކިވަކި ކްލާސްތަކަށް ރަސްމީ ވައިބާ ގުރޫޕް ނުހަދަން އަންގައިފި

ސަރުކާރުގެ ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތް ކުރުމަށް ވަކިވަކި ކްލާސްތަކަށް ރަސްމީ ވައިބާ ގުރޫޕް ނުހަދަން އަންގައި، ވައިބަރ ގްރޫޕްތައް ހެދިދާނެގޮތުގެ އިރުޝާދުދީ ސްކޫލްތަކަށް ތަޢުލީމާބެހޭ ވުޒާރާއިން ސާކިއުލާއެއް ފޮނުވައިފިއެވެ. ސްކޫލްތަކުގައި މުދައްރިސުން ބެލެނިވެރިންނާ ކަންކަން ހިއްސާކުރުމަށް ކޮންމެ ކްލާހަކަށް ރަސްމީ ވައިބާ ގްރޫޕްތައް ހަދާފަ ހުރެއެވެ. މި ގްރޫޕްތަކަކީ މިދިޔަ އަހަރުން ފެށިގެން ގިނަ ސްކޫލްތަކުގައި އާންމުގޮތެއްގައި ހަމައެކަނި އެޑްމިން އަށް މެސެޖު ލެވޭގޮތަށް ހަދާފައި ހުންނަ ގްރޫ...

ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށް ގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހްކޮށްފި
Raajje

ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށް ގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހްކޮށްފި

ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެއާކަންޑިޝަން ހަރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ “ކޫލް ސްކޫލް” ޕްރޮޖެކްޓް އިފްތިތާހްކޮށްފިއެވެ. މި ޕްރޮޖެކްޓް އިފްތިތާހް ކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު މާފުށީ ސްކޫލުގައި ބާއްވާފައިވާއިރު، ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހް ކޮށްދެވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ. ސަރުކާރުން ނިންމާފައި ވަނީ ދެ އަހަރު ތެރޭ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކޮށް ފިނި މާހައުލެއް ގާއިމް ކުރުމަށެވެ. އެ ރަށްމިއްޔާތުގ...

96000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރު ފަށައިފި
Raajje

96000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރު ފަށައިފި

މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ސަރުކާރާއި އަމިއްލަ މަދަރުސާތަކުގައި 96000 އަށް ވުރެ ގިނަ ދަރިވަރުން މިއަހަރު އުނގެނޭނެ އެވެ. އެއީ ސަރުކާރުގެ 217 މަދަރުސާއެއްގައި އުނގެނޭނެ 83000 ދަރިވަރުން އަދި އަމިއްލަ މަދަރުސާތަކުގައި އުނގެނޭނެ 13000 ދަރިވަރުން ނެވެ. ސަރުކާރުގެ 217 މަދަރުސާއެއްގެ ތެރެއިން 162 މަދަރުސާއެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭއިރު، މީގެ ތެރެއިން 55 މަދަރުސާއެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެއެވެ. […]

2 އަހަރުގެ ތެރޭގައި ހުރިހާ ސްކޫލެއް އޭސީ ކުރަނީ
Raajje

2 އަހަރުގެ ތެރޭގައި ހުރިހާ ސްކޫލެއް އޭސީ ކުރަނީ

ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމުގެ މަޝްރޫއެއް ފަށަން މި ސަރުކާރުން ނިންމައިފިއެވެ. އެކަން އިއުލާން ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ. މިނިސްޓަރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް އޭސީކުރާނެ ކަމަށެވެ. އަދި މި މަހުގެ ތެރޭ އަމަލީ މަސައްކަތް ފަށައި، ދެ އަހަރުގެ ތެރޭގައި ނިންމާލާއިރު، އެ ކަން ކުރާނީ ކޮމިއުނިޓީ ބޭސް މަޝްރޫއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. https://twi...

އަންނަ އަހަރު ބޮޑު ޗުއްޓީ ރޯދަ މަހު ދިމާވާ ގޮތަށް އެކަޑަމިކް ކަލަންޑަރު އެކުލަވާލައިފި
Raajje

އަންނަ އަހަރު ބޮޑު ޗުއްޓީ ރޯދަ މަހު ދިމާވާ ގޮތަށް އެކަޑަމިކް ކަލަންޑަރު އެކުލަވާލައިފި

އަންނަ އަހަރުގެ ބޮޑު ޗުއްޓީ ރޯދަ މަހު ދިމާވާ ގޮތަށް އެކަޑަމިކް ކަލަންޑަރު އެކުލަވާލައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ އާންމު ކުރި ކަލަންޑަރުގައިވާ ގޮތުން އާ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ޗުއްޓީ ލިބޭނީ އަންނަ އަހަރުގެ ފެބްރުއަރީ 23 އިން މާޗް 6 އަށެވެ. އަދި 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނެ ކަމަށް އޭރު ކަލަންޑަރުގައި ވަނީ މާޗް 9 އެވެ. ނަމަވެސް، މިނިސްޓްރީން ވަނީ އެ ނިންމުން މިހާރު ބަދަލުކޮށްފައެވެ. އާ ކަލަންޑަރުގައިވާ […]

ސްކޫލްތަކުގެ އިމްތިހާން އަވަސް ނުކުރަން ނިންމައިފި
Raajje

ސްކޫލްތަކުގެ އިމްތިހާން އަވަސް ނުކުރަން ނިންމައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ދިމާވާތީ ސްކޫލު ކުދިންގެ އިމްތިހާނު އަވަސް ކުރަން ކުރިން ނިންމި ނިންމުމަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ. “ސަންގު ޓީވީ” އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއާ ވާހަކަ ދައްކަައިގެން، އެ އިމްތިހާނުތައް އަވަސް ނުކުރާ ގޮތަށް ހަމަޖައްސާނެ ކަމަށެވެ. އެފަދަ ކަންކަން ރާއްވަވާނީ، ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތިނުވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިމްތިހާން އޮންނަ ދުވަސްވަރާ މަޖ...

ބޭރުގައި އުޅޭ ދިވެހި ކުދިންނަށް ދިވެއްސާއި އިސްލާމް ކިޔަވައިދޭން އޮންލައިން ޕްރޮގްރާމެއް
Raajje

ބޭރުގައި އުޅޭ ދިވެހި ކުދިންނަށް ދިވެއްސާއި އިސްލާމް ކިޔަވައިދޭން އޮންލައިން ޕްރޮގްރާމެއް

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި ބަހުގެ މާއްދާ އާއި އިސްލާމް މާއްދާ ކިޔަވައިދިނުމަށް އޮންލައިން ޕްރޮގްރާމެއް އިފްތިތާޙްކޮށްފިއެވެ. “ރިވެލި” ނަމުގައި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމަށް ފެށި މި އޮންލައިން ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރައީސް، މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ އެ މަނިކުފާނު އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއ...

ދިވެހި ޤައުމިއްޔަތު މާއްދާ އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށަނީ
Raajje

ދިވެހި ޤައުމިއްޔަތު މާއްދާ އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށަނީ

ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި އަންނަ ދިރޭސީ އަހަރު ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް އެވެ. ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގެ ބައެއް ނިންމުންތައް ވެސް އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި ނިނ...

ގެނެވުނު ބަދަލާއެކު އެންމެ ބޮޑު ފައިދާއެއް ލިބޭ ދަރިވަރުންގެ ތެރޭގައި ގްރޭޑް 8 ގެ ދަރިވަރުން ހިމެނޭނެ: ވަޒީރު
Raajje

ގެނެވުނު ބަދަލާއެކު އެންމެ ބޮޑު ފައިދާއެއް ލިބޭ ދަރިވަރުންގެ ތެރޭގައި ގްރޭޑް 8 ގެ ދަރިވަރުން ހިމެނޭނެ: ވަޒީރު

ތައުލީމީ ކަލަންޑަރަށް ގެނެވުނު ބަދަލާއެކު އެންމެ ބޮޑު ފައިދާއެއް ލިބޭ ދަރިވަރުންގެ ތެރޭގައި ގްރޭޑް 8 ގައި ކިޔަވާ ދަރިވަރުން ހިމެނޭނެކަމަށް ތައުލީމާބެހޭ ވުޒާރާގެ ވަޒީރު، ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. މިހާރު ގްރޭޑް 8 ގައި ކިޔަވަމުން އަންނަ ދަރިވަރުން އަންނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިކުރަން ތައުލީމާބެހޭ ވުޒާރާއިން އިއްޔެ ނިންމާފައިވާއިރު، ވަޒީރު އިއްޔެ ވަނީ މީސްމީޑިއާަގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއަހަރު ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތި...

ބަދަލުތަކާއެކު އެކަޑަމިކް ކަލަންޑަރު އާންމުކޮށްފި
Raajje

ބަދަލުތަކާއެކު އެކަޑަމިކް ކަލަންޑަރު އާންމުކޮށްފި

ބަދަލުތަކާއެކު ދިރާސީ އަހަރު (2023-2024)ގެ އެކަޑަމިކް ކަލަންޑަރު އަދި 2024 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރު ތައުލީމާބެހޭ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ. ތައުލީމާބެހޭ ވުޒާރާއިން މިއަދު އާންމުކުރި (2023-2024)ގެ އެކަޑަމިކް ކަލަންޑަރުގައިވާގޮތުން އިއްޔެ ފެށި ދެވަނަ ޓާމްގެ މިޑްޓާމް ބްރޭކްގެ ކުރިން ކިޔަވާ އެންމެ ފަހު ދުވަހަކީ މި އަހަރުގެ މާރިޗް މަހުގެ 28 ވަނަ ދުވަހެވެ. މިޑްޓާމް ބްރޭކަކީ މި އަހަރުގެ 31 މާރިޗުން އޭޕްރިލް 4 އަށެވެ. ރޯދަމަހުގެ ފަހު 10 ބަންދު ދުވަސްތަކެއް […]

ރައީސް މުޢިއްޒުގެ ސަރުކާރުން އަޅާ ފުރަތަމަ ސްކޫލުގެ ބިންގާ އަޅައިފި
Raajje

ރައީސް މުޢިއްޒުގެ ސަރުކާރުން އަޅާ ފުރަތަމަ ސްކޫލުގެ ބިންގާ އަޅައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅާ ފުރަތަމަ ސްކޫލްގެ ބިންގާ މިއަދު އަޅައިފިއެވެ. މި ސްކޫލް އަޅަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި އޮތީ މިއަދު ހަވީރު އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު އާއި ތަޢުލީމާބެހޭ ވަޒީރު އިސްމާއީލް ޝަފީޢު އާއި އާބަންކޯގެ ވެރިންނާއި އަދި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑަައިގަތެވެ. ތަޢުލީމާބެހޭ ވުޒާރާއިން ބުނި ގޮތުގަ...