މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން

16 Stories filed
ހައްލުނުކުރެވޭ ގޮންޖެހުންތަކެއް ހުރިކަމަށް ވިދާޅުވެ، އެމްއެމްބީސީގެ ރައީސް ފަރުޝަތު އިސްތިއުފާ ދެއްވައިފި
Raajje

ހައްލުނުކުރެވޭ ގޮންޖެހުންތަކެއް ހުރިކަމަށް ވިދާޅުވެ، އެމްއެމްބީސީގެ ރައީސް ފަރުޝަތު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ މަސައްކަތްތައް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ހިންގުމަށް ހައްލުނުކުރެވޭ ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވެ، އެ ކޮމިޝަނުގެ ރައީސް މުހައްމަދު ފަރުޝަތު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އެމްއެމްބީސީގެ ރައީސްކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 27 އޮކްޓޯބަރު 2025 ގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފަރުޝަތު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ކޮމިޝަނުގެ ރައީސްކަމާއި މެން...

ލައިވްކޮށް ފޯނު ކޯލެއް ގެނެސްދޭނަމަ އެ މީހެއްގެ ރުހުން ހޯދަންޖެހޭނެ: އެމްއެމްބީސީ
Raajje

ލައިވްކޮށް ފޯނު ކޯލެއް ގެނެސްދޭނަމަ އެ މީހެއްގެ ރުހުން ހޯދަންޖެހޭނެ: އެމްއެމްބީސީ

މީޑިއާތަކުން ފޯނު ކޯލްތަކާއި އެހެނިހެން މުޢާމަލާތްތައް ވަގުތުން ބްރޯޑްކާސްޓްކުރާނަމަ، އެ މުޢާމަލާތެއްގައި ބައިވެރިވާ ފަރާތަށް އެކަން ސާފުކޮށް އަންގައި، އެ މީހެއްގެ ރުހުން ހޯދަންޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ބުނެފިއެވެ. އެމްއެމްބީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މީޑިއާ އިދާރާތަކާއި، ނޫސްވެރިން އަދި މީޑިއާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން ފޯނު ކޯލްތަކާއި، އިންޓަވިއުތަކާއި، އަދި އެހެނިހެން މުޢާމަލާތްތައް ލައިވް...

މީޑިއާ ކޮމިޝަނުން މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު އާންމުކޮށްފި
Raajje

މީޑިއާ ކޮމިޝަނުން މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު އާންމުކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި، އެފަދަ މައްސަލަތަކުގައި ފިޔަވަޅުއެޅުމާ ގުޅޭ އާ ގަވާއިދު އިއްޔެ އާންމުކޮށްފިއެވެ. މި ގަވާއިދަކީ މީޑިއާތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ގާނޫނީ އިލްތިޒާމްތައް ކަށަވަރުކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ. އަލަށް އާންމުކުރި ގަވާއިދުގައިވާ ގޮތުން، ކޮމިޝަނަށް މައްސަލަ ހުށަހެޅޭނީ މައިގަނޑު ތިން ގޮތަކަށެވެ. އެއީ ކޮމިޝަނުން ކަނޑައަޅާފައިވާ ފޯމެއްގެ މެދުވެރިކޮށް ހުށަހަޅާ ޝަކު...

މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ކަންކަން ރަސްމީކޮށް މީޑިއާ ކޮމިޝަނާ ހަވާލުކޮށްފި
Raajje

މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ކަންކަން ރަސްމީކޮށް މީޑިއާ ކޮމިޝަނާ ހަވާލުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައެޅުން ތަންފީޒުކުރުމާގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އިން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގެ ދަށުން، މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ރަސްމީކޮށް މީޑިއާ ކޮމިޝަނާ ވަނީ ހަވާލުކުރެވިފައެވެ. މިކަމަށްޓަކައި ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން...

ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު އެކުލަވާލައި ޝާއިޢުކޮށްފި
Raajje

ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު އެކުލަވާލައި ޝާއިޢުކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު އެކުލަވާލައި މިއަދު ޝާއިޢުކޮށްފިއެވެ. 333 ނޫސް މަޖައްލާއެއް ހިމެނޭ މި ދަފްތަރު ޝާއިޢުކޮށްފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ކޮމިޝަނާ މަތިކޮށްފައިވާ ޒިންމާގެ ތެރެއިންނެވެ. އެމްއެމްބީސީން ހާމަކުރެއްވި ގޮތުގައި، މި ދަފްތަރު އެކުލަވާލާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 45 ވަނަ މާއ...

މީޑިއާ ކޮމިޝަންގެ އެސްޖީ އަކަށް ޕީސީބީގެ ކުރީގެ ރައީސް ހަމްދީ
Raajje

މީޑިއާ ކޮމިޝަންގެ އެސްޖީ އަކަށް ޕީސީބީގެ ކުރީގެ ރައީސް ހަމްދީ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ކުރީގެ ރައީސް ޙަމްދީ ޢަޤީލް ހަމަޖައްސައިފިއެވެ. ހަމްދީ އެ މަގާމަށް ހަމަޖެއްސިކަން ހާމަކޮށް އެމްއެމްބީސީން ވަނީ މިއަދު ވަނީ އޭނާ އަށް މަރުޙަބާ ކިޔާފައެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައި ވަނީ 18 ސެޕްޓެމްބަރު 2025 ގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަ އެދުވަހު އެމްއެމްބީސީ އުފައ...

މާލީ އެހީ ލިބޭ މީޑިއާތައް ކަނޑައެޅުމަށްފަހު ޢިއުލާން ބާތިލުކޮށްފި
Raajje

މާލީ އެހީ ލިބޭ މީޑިއާތައް ކަނޑައެޅުމަށްފަހު ޢިއުލާން ބާތިލުކޮށްފި

ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް އެހީ ލިބޭކަން ޢިއުލާންކުރުމަށްފަހު، އެ އެހީ ދޫކުރުމަށް ކަނޑައެޅި ޢިއުލާން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން މިއަދު ބާތިލުކޮށްފިއެވެ. މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން ދެ ފަހަރެއްގެ މަތިން ކުރިމަތިލުމަށް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ފުރުސަތު ދިނެވެ. ދެވަނަ ފުރުސަތެއް ދިނީ ފުރަތަމަ ފުރުސަތުގައި ކުރި...

މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން ފާސްކޮށްފި
Raajje

މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސެއްގެ މަގާމަށް މުހައްމަދު ފަރުޝަތު ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. އެމްއެމްބީސީގެ ރައީސެއް ކަނޑައެޅުމަށް އެ ކޮމިޝަންގެ ހަތް މެންބަރުންނާ ކޮމިޓީން ވަނީ އިންޓަވިއުކޮށްފައެވެ. އެ އިންޓަވިޔުތަކަށް ފަހު، 23 އޮކްޓޯބަރު 2025 ގައި އޮތް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ، އެމްއެމްބީސީގެ ރައީސްގެ މަގާމަށް ފަރުޝަތު އައްޔަންކުރުމަށެވެ. ފަރުޝ...

މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި
Parliament

މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސެއްގެ މަގާމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެންބަރެއް ކަމަށްވާ މުހައްމަދު ފަރުޝަތުގެ ނަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. އެމްއެމްބީސީގެ ރައީސެއް ކަނޑައެޅުމަށް އެ ކޮމިޝަންގެ ހަތް މެންބަރުންނާ ކޮމިޓީން ވަނީ އިންޓަވިއުކޮށްފައެވެ. އެ އިންޓަވިޔުތަކަށް ފަހު، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގ...

މީޑިއާ ކޮމިޝަނަށް ތިން މެމްބަރަކު ޢައްޔަންކުރައްވައިފި
Raajje

މީޑިއާ ކޮމިޝަނަށް ތިން މެމްބަރަކު ޢައްޔަންކުރައްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުން މިއަދު ކަނޑައެޅުމާއެކު އެ ތިން ބޭފުޅުން މިއަދު އެ ކޮމިޝަނަށް ޢައްޔަނުކުރަށްވައިފިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 (ތިނެއް) މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ހ. ޓޫހާރޓްސް، މުޙައްމަދު ފަރުޞަތާއި ދ. މީދޫ، ބިއްލޫރިވިލާ، ޞަފާ ޝަފީޤާއި ގ. ގޮފި، އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތެވެ. އެ ބޭފުޅުންގެ ނަންތައް މަޖިލީހުގެ ތަޅުމުން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ. މޯލްޑިވްސ...

މީޑިއާ ކޮމިޝަނަށް މަޖިލީހުން ޢައްޔަނުކުރާ މެމްބަރުންގެ ނަންތައް ފާސްކޮށްފި
Raajje

މީޑިއާ ކޮމިޝަނަށް މަޖިލީހުން ޢައްޔަނުކުރާ މެމްބަރުންގެ ނަންތައް ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ ނަންތައް މިއަދު ފާސްކޮށްފިއެވެ. މި ނަންތައް ފާސްކުރުމަށް ވޯޓަށް އަހާފައި ވަނީ މިއަދުބޭއްވި 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި ރިޕޯޓުގައިވާ ގޮތުން، އިންޓަވިއު މަރުހަލާގައި...

މީޑިއާ ކޮމިޝަނަށް ޢައްޔަނުކުރުމަށް ކޮމެޓީން ތިން ނަމެއް ފާސްކޮށްފި
Parliament

މީޑިއާ ކޮމިޝަނަށް ޢައްޔަނުކުރުމަށް ކޮމެޓީން ތިން ނަމެއް ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތިން ނަމެއް ފާސްކޮށްފިއެވެ. ކޮމިޓީން ފާސްކުރި ރިޕޯޓުގައިވާ ގޮތުން، އިންޓަވިއު މަރުހަލާގައި 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވަނީ ތިން ބޭފުޅުންނަށެވެ. އެގޮތުން އެންމެ މަތިން މާކްސް ލިބިފައިވަނީ މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސިވިލް ސަރވިސް ކޮމިޝަންގެ ކުރީގެ މެމްބަރު މުހައްމަދު ފަ...

މީޑިއާ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުވެފައިވާ ބޭފުޅުން ހަމަޖައްސައިފި
Raajje

މީޑިއާ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުވެފައިވާ ބޭފުޅުން ހަމަޖައްސައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުކޮށްފައިވާ 4 މެންބަރުން މިއަދު ހަމަޖައްސައިފިއެވެ. މިއީ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނަށް މީޑިއާތަކުން އައްޔަންކުރަންޖެހޭ މެންބަރުންނެވެ. ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ށ.ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި ގދ.ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދު އެވެ. އަދި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި...

މީޑިއާ ރެގިއުލޭޓް ކުރަން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އުފައްދައިފި
Raajje

މީޑިއާ ރެގިއުލޭޓް ކުރަން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އުފައްދައިފި

މީޑިއާ ރެގިއުލޭޓް ކުރުމަށް އިއްޔެ ތަސްދީގު ކުރެއްވި ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ހާއްސަ ކޮމިޝަން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި މި ކޮމިޝަނާ އެކު މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ އުވިފައެވެ. މި ދެ އިދާރާގެ މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ އަލަށް [...

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އޮފީސް އުފައްދައިފި
Raajje

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އޮފީސް އުފައްދައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” ގެ ނަމުގައި ދައުލަތުގެ އޮފީހެއް އުފައްދަވައިފިއެވެ. މިއީ މިއަދު ޢަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުފައްދަވާފައިވާ އޮފީހެކެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އުފައްދައިފައިވާ “މޯލްޑިވްސް މީޑިއާ ކައުންސިލު” (އެމްއެމްސީ) އުވިފައިވާ...