މިސްރުގެ ކޯޗު ފަލަސްތީނުގެ ވާހަކަދައްކާތީ އާޖެންޓީނާ ސަޕޯޓަރުން އިޒްރޭލުގެ ދިދަ ދައްކައި ފުރައްސާރަކޮށްފި
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި ފޯރިގަދަ މެޗަށްފަހު، ދަނޑުތެެރެއާއި ކުޅިބެލުންތެރިންގެ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އާޖެންޓީނާ ސަޕޯޓަރުން އިޒްރޭލު ދިދަ ދައްކައި ފުރައްސާރަކުރުމުން، މިސްރުގެ ކޯޗު ހުސާމް ހަސަން ކެތްތެރިކަން ކޮޅުންލިމަންޒު ފެންނަ ވީޑިއޯތައް ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. މި މެޗު 3-2 ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކުރީ ފަހަތުން އަރައި ޖެހި ލަނޑުތަކުންނެވެ. މެޗުގެ ފަހު ފުމެލުމާއެކު، މިސްރުގެ ކޯޗު [...