Skip to main content
Topic Archive

#ވޯލްޑް ކަޕް 2026

302 Stories filed
ވޯލްޑް ކަޕް 2026 ގްރޫޕް ބީ: ކޯ-ހޯސްޓް ކެނެޑާ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމުގެ އުންމީދުގައި
Sports

ވޯލްޑް ކަޕް 2026 ގްރޫޕް ބީ: ކޯ-ހޯސްޓް ކެނެޑާ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމުގެ އުންމީދުގައި

މިފަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ އިން، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމަށް ބޮޑު އަމާޒެއް ހިފާފައިވާއިރު، ގްރޫޕް ބީގައި ކެނެޑާއާއެކު ހިމެނެނީ ސްވިޒަލޭންޑާއި، ގަތަރުގެ އިތުރުން ޔޫރަޕްގެ ޕްލޭއޮފްގައި އިޓަލީ ކަޓުވާލި ބޮސްނިއާ އެންޑް ހެރްޒެގޮވީނާއެވެ. ކެނެޑާގެ ހުރިހާ މެޗެއްވެސް އެ ގައުމުގެ އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު، މިއީ އެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. މީގެ ކުރިން 1986 އަދި […]

ވޯލްޑް ކަޕް 2026ގެ ގްރޫޕް އޭ: ފުރަތަމަ މެޗުގައި މެކްސިކޯ އާއި ސައުތު އެފްރިކާ
Sports

ވޯލްޑް ކަޕް 2026ގެ ގްރޫޕް އޭ: ފުރަތަމަ މެޗުގައި މެކްސިކޯ އާއި ސައުތު އެފްރިކާ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗުގައި، މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމު ކަމަށްވާ މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރާނެއެވެ. ޖޫން 11 ވަނަ ދުވަހު މެކްސިކޯ ސިޓީގައި ކުޅޭ މި މެޗާއެކު ގްރޫޕް އޭގެ ކުޅުން ފެށިގެންދާއިރު، މި ގްރޫޕްގައި ދެން ހިމެނެނީ ޗެކް ރިޕަބްލިކް އަދި ސައުތު ކޮރެއާއެވެ. މި ގްރޫޕްގެ ގިނަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މެކްސިކޯގައެވެ. އެގޮތުން މެކްސިކޯ […]

އީރާނުގެ ވޯލްޑް ކަޕް ޓީމަށް އެމެރިކާގެ ވިސާ ދީފި
Sports

އީރާނުގެ ވޯލްޑް ކަޕް ޓީމަށް އެމެރިކާގެ ވިސާ ދީފި

އީރާނާއި އެމެރިކާއާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން، ވޯލްޑް ކަޕްގައި ވާދަކުރާ އީރާނުގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފި ކަމަށް ވައިޓް ހައުސްއިން ހާމަކޮށްފިއެވެ. މި ވިސާ ދޫކޮށްފައިވަނީ ލޮސް އެންޖެލިސްގައި އީރާނުން ކުޅޭ ފުރަތަމަ މެޗަށް އެންމެ 10 ދުވަހަށް ވެފައި ވަނިކޮށެވެ. މެކްސިކޯގައި ހުންނަވާ އީރާނުގެ ސަފީރު އަބުލްފަޒްލް ޕަސަންދީދޭ ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ އޭރުވެސް ޓީމަށް ވިސާ ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، ”ރޮއިޓާސް” އަށް […]

އޮޅުމަކުން ހިލޭ ދެވުނު ވޯލްޑް ކަޕްގެ ޓިކެޓްތަކަށް ފައިސާ ދެއްކުމަށް އަންގައިފި
Sports

އޮޅުމަކުން ހިލޭ ދެވުނު ވޯލްޑް ކަޕްގެ ޓިކެޓްތަކަށް ފައިސާ ދެއްކުމަށް އަންގައިފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ޓިކެޓްތަކެއް، ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބައެއް ސަޕޯޓަރުންނަށް ހިލޭ ލިބިފައިވާކަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ކަށަވަރުކޮށްދީފިއެވެ. ފީފާއިން ހާމަކުރި ގޮތުގައި، ޗެކްއައުޓް މަރުހަލާގައި ދިމާވި “ޕޭމަންޓް އިޝޫ” އެއްގެ ސަބަބުން ގާތްގަނޑަކަށް 60 ސަޕޯޓަރަކަށް ވަނީ “0 ޔޫއެސްޑީ” ނުވަތަ އެއްވެސް އަގަކާ ނުލައި ޓިކެޓް ކަށަވަރުވެފައެވެ. މި މައްސަލައާ ގުޅިގެން ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،...

ފުޓްބޯޅަ ތަރި ޕޭންގެ ފޮލޯވަރުން 5 މިލިއަނަށް އިތުރުކޮށްދިން އިންފްލުއެންސަރާ އޭނާ ބައްދަލުކޮށްފި
Sports

ފުޓްބޯޅަ ތަރި ޕޭންގެ ފޮލޯވަރުން 5 މިލިއަނަށް އިތުރުކޮށްދިން އިންފްލުއެންސަރާ އޭނާ ބައްދަލުކޮށްފި

ނިއުޒީލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު ޓިމް ޕޭން، އޭނާގެ ސޯޝަލް މީޑިއާ ފޮލޯވަރުންގެ އަދަދު 5 މިލިއަނަށްވުރެ މައްޗަށް ޖައްސައިދިން އާޖެންޓީނާގެ މަޝްހޫރު އިންފްލުއެންސަރު ވެލެން ސްކާސިނީއާ ބައްދަލުކޮށް ޝުކުރު އަދާކޮށްފިއެވެ. “އެލް ސްކާސޯ” ގެ ނަމުން މަޝްހޫރު ސްކާސިނީ ވަނީ މިދިޔަ ހަފުތާގައި އޭނާގެ ފޭނުންގެ ކިބައިން ޕޭންއަށް ސަޕޯޓް ދިނުމަށް އެދިފައެވެ. އޭނާ ޕޭން ސިފަކޮށްފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވި ކުޅުންތެރިންގެ ތެރެއިން ސޯޝަލް މީޑިއާގައި […]

ވޯލްޑް ކަޕް މެޗުތައް ޓީވީއެމް އާއި ޔެސް ޓީވީން ހިލޭ ބަލާލެވޭނެ
Sports

ވޯލްޑް ކަޕް މެޗުތައް ޓީވީއެމް އާއި ޔެސް ޓީވީން ހިލޭ ބަލާލެވޭނެ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް މީޑިއާނެޓުގެ ނެޓުވޯކް މެދުވެރިކޮށް ހިލޭ ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި މީޑިއާނެޓް ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިއަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ޓީވީއެމް އަދި ޔެސް ޓީވީ މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފެންނާނެއެވެ. މީޑިއާނެޓުގެ ކޭބަލް ޓީވީގެ އިތުރުން، އެ ކުންފުނީގެ މޯބައިލް އެޕްލ...

ވޯލްޑް ކަޕުން އީރާނު ބާކީކުރަން އިޓަލީން ދެކޮޅު ހަދައިފި
Sports

ވޯލްޑް ކަޕުން އީރާނު ބާކީކުރަން އިޓަލީން ދެކޮޅު ހަދައިފި

2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި އީރާނުގެ ބަދަލުގައި އިޓަލީ ބައިވެރިކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބަކު ހުށަހެޅި ހުށަހެޅުމަށް އިޓަލީ ސަރުކާރާއި އެގައުމުގެ ކުޅިވަރުގެ އިސް ބޭފުޅުން ރަސްމީކޮށް އިންކާރުކުރައްވައިފިއެވެ. 23 އެޕްރީލް 2026 ގައި އިޓަލީން މިކަމަށް ދެކޮޅު ހަދާފައިވަނީ، ދުނިޔޭގެ ގުޅުންތަކާ ބެހޭ އެމެރިކާގެ ހާއްސަ މަންދޫބު އަދި ރައީސް ޓްރަމްޕްގެ ގާތް އެކުވެރިއެއް ކަމަށްވާ ޕައޮލޯ ޒަމްޕޮލީ މިފަދަ ހުށަހެޅުމެއް ހުށަހަޅާފައި ވަނިކޮށެވެ. ޒަމްޕޮލީ ވަނީ އީރާނުގައި...

އީރާނުގެ ވޯލްޑް ކަޕް ޖާގަ އަތުލައި އިޓަލީއަށް ދިނުމަށް އެމެރިކާއިން މަސައްކަތް ފަށައިފި
Sports

އީރާނުގެ ވޯލްޑް ކަޕް ޖާގަ އަތުލައި އިޓަލީއަށް ދިނުމަށް އެމެރިކާއިން މަސައްކަތް ފަށައިފި

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕުން، ހަނގުރާމައިގެ ހާލަތުގައި އޮތް އީރާނަށް ލިބިފައިވާ ޖާގަ އަތުލައި، އެ ޖާގަ އިޓަލީއަށް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބަކު ފީފާއަށް ގޮވާލައިފިއެވެ. މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ފަށާފައިވާއިރު، މިވަގުތު ސުލްހައިގެ ވާހަކަތަކަށް ފުރުސަތު ދިނުމުގެ ގޮތުން ހަމަލާބަދަލުކުރުން ވަނީ މެދުކަނޑާލާފައެވެ. ރައ...

ވޯލްޑް ކަޕްގައި ބައިވެރިވުމަށް ފުރިހަމައަށް ތައްޔާރު: އީރާން
Sports

ވޯލްޑް ކަޕްގައި ބައިވެރިވުމަށް ފުރިހަމައަށް ތައްޔާރު: އީރާން

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމު ބައިވެރިވުމަށް، ދައުލަތުގެ މުއައްސަސާތައް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އީރާނުން ބުނެފިއެވެ. މިކަން ހާމަކުރެއްވީ އީރާނު ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ، ބުދަ ދުވަހު ދައުލަތުގެ ބްރޯޑްކާސްޓަރު އައި.އާރު.އައި.ބީ އަށް ދެއްވި ބަޔާނެއްގައެވެ. އައި.އާރު.އައި.ބީ އަށް ދެއްވި ބަޔާނުގައި އީރާން ތަރުޖަމާނު ވިދާޅުވީ، މުބާރާތުގައި ޓީމު ފުރިހަމައަށް ބައިވެރިވުމަށް...

އީރާން ''ޔަގީނުން ވެސް'' ވޯލްޑް ކަޕްގައި ކުޅޭނެ: ފީފާގެ ރައީސް
Sports

އީރާން ''ޔަގީނުން ވެސް'' ވޯލްޑް ކަޕްގައި ކުޅޭނެ: ފީފާގެ ރައީސް

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާއި ދެކޮޅަށް ހަނގުރާމައެއް ކުރަމުންދިޔަ ނަމަވެސް، މި އަހަރުގެ އޮންނަ ވޯލްޑް ކަޕްގައި އީރާން “ޔަގީނުންވެސް” ބައިވެރިވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ. ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމަ އާއި ގުޅިގެން، އޭޝިއާގެ އެންމެ މޮޅު އެއް ޓީމުގެ ގޮތުގައި 2025 ވަނަ އަހަރުގެ މާރިޗު މަހު ވޯލްޑް ކަޕުން ޖާގަ ހޯދި އީރާނަށް، އެ މުބާރާތުގައި ކުޅުމުގެ ގާބިލުކަމާއި އިޚްތިޔާރު އޮތްތޯ ވަނީ ސުވާލު އުފެދިފައެވެ. […]

އީރާން ވޯލްޑްކަޕްގައި ކުޅޭނެ، އެއީ ވަރަށް ވަރުގަދަ ޓީމަކަށް ވާތީ ވަރަށް އުފާވޭ: އިންފަންޓީނޯ
Sports

އީރާން ވޯލްޑްކަޕްގައި ކުޅޭނެ، އެއީ ވަރަށް ވަރުގަދަ ޓީމަކަށް ވާތީ ވަރަށް އުފާވޭ: އިންފަންޓީނޯ

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި އީރާނުގެ ގައުމީ ޓީމު ބައިވެރިވާނެކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރަސްމީކޮށް ކަށަވަރުކޮށްދެއްވައިފިއެވެ. އިންފަންޓީނޯ ވިދާޅުވީ މުބާރާތުގެ ރަސްމީ ތާވަލާ އެއްގޮތަށް އީރާނުގެ މެޗުތައް އެމެރިކާގައި ކުރިއަށްދާނެ ކަމަށެވެ. ތުރުކީގެ އަންޓަލްޔާގައި ކޮސްޓަރީކާ އަތުން 5-0 އިން އީރާން މޮޅުވި އެކުވެރިކަމުގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، އީރާން ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށެވެ. ”އީރާން ވޯލްޑްކަޕްގައި ކުޅޭ...

ވޯލްޑް ކަޕް: އިނގިރޭސިވިލާތުގެ ފުރަތަމަ މެޗު ކްރޮއޭޝިއާ ދެކޮޅަށް، ސްކޮޓްލެންޑަށް ބްރެޒިލް އާއި ކުރިމަތިލާންޖެހޭނެ
Sports

ވޯލްޑް ކަޕް: އިނގިރޭސިވިލާތުގެ ފުރަތަމަ މެޗު ކްރޮއޭޝިއާ ދެކޮޅަށް، ސްކޮޓްލެންޑަށް ބްރެޒިލް އާއި ކުރިމަތިލާންޖެހޭނެ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތުގެ ޓީމުގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާ ކުރިމަތިލާންޖެހިފައިވާއިރު، ސްކޮޓްލެންޑަށް ބްރެޒިލްއާ ދެކޮޅަށް ކުޅެންޖެހޭނެކަން ކަށަވަރުވެއްޖެއެވެ. ތާރީޚުގައި ފުރަތަމަ ފަހަރަށް 48 ޓީމު ބައިވެރިވާ މި ބޮޑު މުބާރާތް، 2026 ވަނަ އަހަރުގެ ޖޫން މަހުގެ 11 އިން ޖުލައި މަހުގެ 19 އާ ދެމެދު ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 104 މެޗު މި ތިން ގައުމުގެ 16 ސިޓީގައި ކުޅޭނެއެވެ. އިނގިރޭސިވިލާތުގެ މެޗުތައް: […]

އަރުމޭނިއާ ކޮޅަށް 9 ލަނޑު ޖަހައި ޕޯޗުގަލުން ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކޮށްފި
Sports

އަރުމޭނިއާ ކޮޅަށް 9 ލަނޑު ޖަހައި ޕޯޗުގަލުން ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކޮށްފި

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގ ގްރޫޕް “އެފް”ގެ އެންމެ ފަހު ބުރުގައި، ޕޯޗުގަލްގެ ޤައުމީ ފުޓްބޯޅަ ޓީމުން އަރުމޭނިއާގެ މައްޗަށް ތާރީޚީ ކާމިޔާބީއެއް ހޯދައި، ވޯލްޑް ކަޕުން ސީދާ ޖާގައެއް ކަށަވަރުކޮށްފިއެވެ. ނޮވެމްބަރ 16 ވަނަ ދުވަހު ޕޯޓޯގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 9-1 ގެ ބޮޑު ނަތީޖާއަކުން އަރުމޭނިއާގެ މައްޗަށް ޕޯޗުގަލުން ކުރި ހޯދައިގެންނެވެ. މި ބަލިވުމަކީ އަރުމޭނިއާގެ ޤައުމީ ޓީމުގެ ތާރީޚުގައި އެންމެ ބޮޑެތި ބަލިވުންތަކުގެ ތެރެއިން އެއް […]

ރޮނާލްޑޯ އަށް ގައުމީ ޖޯޒީގައި ފުރަތަމަ ރަތްކާޑު، ޕޯގަލް ބަލިވެއްޖެ
Sports

ރޮނާލްޑޯ އަށް ގައުމީ ޖޯޒީގައި ފުރަތަމަ ރަތްކާޑު، ޕޯގަލް ބަލިވެއްޖެ

ފުޓްބޯޅަ ތާރީޚުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް، އޭނާގެ ބައިނަލްއަޤްވާމީ ކެރިއަރުގައި ޤައުމީ ޓީމުގެ މެޗެއްގައި ފުރަތަމަ ފަހަރަށް ރަތްކާޑު ދައްކައިފިއެވެ. ރޮނާލްޑޯ އަށް މި ރަތްކާޑު ދެއްކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އަޔަލޭންޑާ ދެކޮޅަށް ޕޯޗުގަލް ރޭ ކުޅުނު މެޗުގައެވެ. މި މެޗުގައި ޕޯޗުގަލް ވަނީ 2-0 އިން އަޔަރލެންޑް އަތުން ބަލިވެ ވޯލްޑްކަޕްގެ ޖާގައަކަށް އިތުރަށް އިންތިޒާރުކުރަން ޖެހިފައެވެ. މެޗުގެ 61 ވަނަ […]

ކޮލިފައިންގައި ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯއަށް
Sports

ކޮލިފައިންގައި ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯއަށް

ވޯލްޑް ކަޕް ކޮލިފައިންގައި ލަނޑު ޖެހުމުގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފިއެވެ. ރޭ ވޯލްޑް ކަޕް ކޮލިފައިންގައި ޕޯޗުގަލް ޕޯޗުގަލް އަމިއްލަ ދަނޑުގައި ނުކުތީ ހަންގޭރީއާއި ދެކޮޅަށެވެ. މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މި މެޗުގައި ޕޯޗުގަލުން ޖެހި ދެ ގޯލު ވެސް ޖަހައިދިނީ އުމުރުން 40 އަހަރުގެ ރޮނާލްޑޯއެވެ. މި ލަޑުތަކާއިއެކު އޭނާވެފައި ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއަށެވެ. ރޮނާލްޑޯ ކޮލިފައިންގައި މިހާތަނަށް 41 […]