''ސްޕޭންގެ ކާމިޔާބީ މުޅި ރާއްޖޭގައި އުފަލާއެކު ފާހަގަކުރޭ''، ރައީސް މުޢިއްޒުގެ ތަހުނިޔާ
ފީފާ ވަރލްޑް ކަޕް 2026 ގެ ތަށި ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ކާމިޔާބުކުރުމާ ގުޅިގެން، އެ ޤައުމުގެ ވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. މި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް ވަކިވަކިން ތަހުނިޔާގެ މެސެޖު ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްޕެއިންގެ ޓީމުން ހޯދި މި ބޮޑު ކާމިޔާބީއަކީ އެ ޓީމުގެ ކުޅުންތ...