މެސީގެ ފުރަތަމަ ވޯލްޑް ކަޕް ހެޓްރިކާއެކު އާޖެންޓީނާއިން އަލްޖީރިއާ ބަލިކޮށްފި
ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އަލްޖީރިއާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ. މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ އޭނާގެ ކެރިއަރުގައި ވޯލްޑް ކަޕެއްގައި ހެދި ފުރަތަމަ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ތިން ލަނޑާއެކު މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތް ޖަރުމަނުގެ މިރޮސްލާވް ކްލޯސާއާ (16 ލަނޑު) އެއްވަރުކޮށްފައެވެ. އަދި އޭނާ […]