މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ވޯލްޑް ކަޕް 2026

302 Stories filed
28 އަހަރަށްފަހު ވޯލްޑް ކުޅޭ ސްކޮޓްލޭންޑަށް ތާރީޚީ މޮޅެއް
Sports

28 އަހަރަށްފަހު ވޯލްޑް ކުޅޭ ސްކޮޓްލޭންޑަށް ތާރީޚީ މޮޅެއް

1998 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރަމުން އަންނަ ސްކޮޓްލޭންޑުން، ގްރޫޕް ސީގައި ހެއިޓީއާ ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ. މިއީ 1990 ވަނަ އަހަރު ސްވިޑަން އަތުން މޮޅުވި ފަހުން ވޯލްޑް ކަޕް މުބާރާތެއްގައި ސްކޮޓްލޭންޑުން ހޯދި ފުރަތަމަ މޮޅެވެ. ބޮސްޓަންގެ ގިލެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯން މެކްގިން އެވެ. ޗޭ އެޑަމްސް ފޮނުވާލި ހަމަލާއެއް ހެއިޓީގެ ކީޕަރު […]

ގިނަ ބައެއްގެ ފޭވަރިޓް ބްރެޒިލް އާއި މޮރޮކޯގެ މެޗު އެއްވަރު
Sports

ގިނަ ބައެއްގެ ފޭވަރިޓް ބްރެޒިލް އާއި މޮރޮކޯގެ މެޗު އެއްވަރު

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ވިނީޝިއަސް ޖޫނިއާ ކާމިޔާބުކުރި ލަނޑާއެކު، ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލުން މޮރޮކޯއާ ވާދަކޮށް 1-1 އިން އެއްވަރުވެއްޖެއެވެ. މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި 80,663 ސަޕޯޓަރުން ހާޒިރުވެފައިވެއެވެ. މެޗުގެ ކުރީކޮޅު މޮރޮކޯއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި އިސްމާއިލް ސައިބާރީ ވަނީ ލަނޑެއް ޖަހައި އެފްރިކާގެ ޗެމްޕިއަނުންނަށް ކުރިހޯދައިދީފައެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ލިބުނީ ބްރެޒިލްގެ ލޫކަސް ޕަކޭޓާ އަތުން […...

ގަތަރުން ސުވިޒަލޭންޑް ހިފަހައްޓައިފި
Sports

ގަތަރުން ސުވިޒަލޭންޑް ހިފަހައްޓައިފި

ވޯލްޑް ކަޕް ގްރޫޕް ބީގައި ސުވިޒަލޭންޑުން މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ގަތަރުގެ ބޫއަލަމް ކޫކީ ބޮލުން ޖެހި ލަނޑާއެކު 1-1 އިން ދެ ޓީމު އެއްވަރުވެއްޖެއެވެ. މި މުހިންމު ލަނޑާއެކު ގަތަރުގެ ކުޅުންތެރިން ވަނީ ދަނޑުމަތީގައި ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ސުވިޒަލޭންޑަށް ލީޑު ނަގައިދިނީ ޕެނަލްޓީއަކުން ބްރީލް އެމްބޯލޯއެވެ. މިއީ ވިސާގެ މައްސަލަތަކެއް ކުރިމަތިވުމަށްފަހު އޭނާ އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ލިބުނުތާ ހަފުތާއ...

ބޮސްނިއާގެ ސަޕޯޓަރުން ފަލަސްތީނުގެ ހައްގުގައި އަޑުއުފުލައިފި
Sports

ބޮސްނިއާގެ ސަޕޯޓަރުން ފަލަސްތީނުގެ ހައްގުގައި އަޑުއުފުލައިފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ކުޅުނު ފުރަތަމަ މެޗުގެ ކުރިން، އެ ގައުމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކެނެޑާގެ ޓޮރޮންޓޯގެ މަގުތަކުގައި ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލައިފިއެވެ. މުބާރާތް ބާއްވާ ގައުމު ކަމަށްވާ ކެނެޑާއާ ދެކޮޅަށް ކުޅުނު މި މެޗުގެ ކުރިން ބޮސްނިއާގެ ސަޕޯޓަރުން ވަނީ މަގުތަކުގައި ހިނގާލުމެއް ބާއްވައި “ފަލަސްތީނާ!” އޭ ކިޔައި އަޑުއުފުލާފައެވެ. އާންމުވެފައި ވީޑިއޯތަކާއި ރިޕޯޓްތަކުން ފެންނަ ގޮތުގައި، ބޮސްނިއާގެ ގައުމީ ކުލަތައް ކަމަށްވާ ނޫ ކުލައާއި، […...

މެޗުތަކުގައި ހުސް ގޮނޑި ގިނަވުން ފީފާއިން އެޅުވީ ސަޕޯޓަރުންގެ ބޮލުގައި
Sports

މެޗުތަކުގައި ހުސް ގޮނޑި ގިނަވުން ފީފާއިން އެޅުވީ ސަޕޯޓަރުންގެ ބޮލުގައި

މެކްސިކޯގެ ގުއަޑަލަހާރާގައި ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި ވޯލްޑް ކަޕް މެޗުގައި ސްޓޭޑިއަމްގެ ގިނަ ގޮނޑިތަކެއް ހުސްކޮށް ފެނުނު ނަމަވެސް، އެއީ ސަޕޯޓަރުން ދަނޑުގެ ކޮންކޯސްތަކުގައި (ހިނގާ މަގުތަކުގައި) ތިބުމުން ދިމާވި ކަމެއް ކަމަށް ފީފާއިން ހުކުރު ދުވަހު ބުނެފިއެވެ. 45,664 މީހުންގެ ޖާގަ އޮންނަ ގުއަޑަލަހާރާ ސްޓޭޑިއަމްގެ މެދުތެރޭގެ ސެކްޝަންތަކުންނާއި އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ހުސް ގޮނޑިތައް ފެންނަން ހުއްޓެވެ. ނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ބައިވެރިވެވަޑައ...

ބަލޯގަންގެ ދެ ގޯލާއެކު އެމެރިކާއިން ޕެރަގުއޭގެ މައްޗަށް ކުރި ހޯދައިފި
Sports

ބަލޯގަންގެ ދެ ގޯލާއެކު އެމެރިކާއިން ޕެރަގުއޭގެ މައްޗަށް ކުރި ހޯދައިފި

32 އަހަރަށްފަހު އެމެރިކާގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި، ފޯލަރިން ބަލޯގަން ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 4-1 ގެ ނަތީޖާއަކުން ޕެރަގުއޭ ބަލިކޮށް އެމެރިކާއިން ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ. ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ 1930 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް މެޗެއްގައި އެމެރިކާއިން ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. ކެޕްޓަން […]

ލާރިންގެ ލަނޑާއެކު ކެނެޑާއިން ވޯލްޑް ކަޕްގެ ތާރީޚްގައި ފުރަތަމަ ޕޮއިންޓް ހޯދައިފި
Sports

ލާރިންގެ ލަނޑާއެކު ކެނެޑާއިން ވޯލްޑް ކަޕްގެ ތާރީޚްގައި ފުރަތަމަ ޕޮއިންޓް ހޯދައިފި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކެނެޑާ އަމިއްލަ ގައުމުގައި ކުޅުނު ފުރަތަމަ މެޗުގައި ބޮސްނިއާ-ހެރްޒެގޮވިނާއާ ވާދަކޮށް 1-1 އިން އެއްވަރުވެ، ވޯލްޑް ކަޕްގެ ތާރީޚުގައި އެ ގައުމުގެ ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ. ޓޮރޮންޓޯގައި ކުޅުނު މި މެޗުގައި ކެނެޑާއަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ ފަހުކޮޅު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސައިލް ލާރިންއެވެ. މެޗުގެ ފުރަތަމަ ހާފުގައި ބޮސްނިއާއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި މި ލަނޑު އެ […]

ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކޮށް ދެކުނު ކޮރެއާ އަށް ކާމިޔާބު ފެށުމެއް
Sports

ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކޮށް ދެކުނު ކޮރެއާ އަށް ކާމިޔާބު ފެށުމެއް

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ފަހަތުން އަރައި 2-1 އިން ޗެކް ރިޕަބްލިކް ބަލިކޮށް ދެކުނު ކޮރެއާއިން މުހިންމު މޮޅެއް ހޯދައިފިއެވެ. އެސްޓާޑިއޯ ގުއަޑަލަޖާރާގައި ކުޅުނު މި މެޗުގައި ކޮރެއާ މޮޅުކޮށްދިން ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޯ ހިޔޮން-ގޫ އެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން ދެކުނު ކޮރެއާއިން ކުޅެމުން ދަނިކޮށް، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޗެކް ރިޕަބްލިކުންނެވެ. މެޗުގެ 59 ވަނަ މިނެޓުގައި […]

މެކްސިކޯ އިން 2-0 އިން ސައުތު އެފްރިކާ ބަލިކޮށް ފެށުން ރަނގަޅުކޮށްފި
Sports

މެކްސިކޯ އިން 2-0 އިން ސައުތު އެފްރިކާ ބަލިކޮށް ފެށުން ރަނގަޅުކޮށްފި

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ގޮތުން މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާގައި ކުޅުނު ފުރަތަމަ މެޗު، 2-0 ގެ ނަތީޖާއަކުން ސައުތު އެފްރިކާ ބަލިކޮށް މެކްސިކޯ އިން ކާމިޔާބުކޮށްފިއެވެ. މެޗުގެ ވަރަށް ކުރީކޮޅު، 8 ވަނަ މިނެޓުގައި މެކްސިކޯ އިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. ސައުތު އެފްރިކާގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސައޫދީ ލީގުގައި ކުޅޭ ޖޫލިއަން ކީނޯނެސް އެވެ. މިއީ މި […]

މެކްސިކޯ އާއި ދެކުނު އެފްރިކާގެ މެޗާއެކު ފޯރިގަދަ ހުށަހެޅުންތަކުން ވޯލްޑް ކަޕް ހުޅުވައިފި
International

މެކްސިކޯ އާއި ދެކުނު އެފްރިކާގެ މެޗާއެކު ފޯރިގަދަ ހުށަހެޅުންތަކުން ވޯލްޑް ކަޕް ހުޅުވައިފި

2026 ވަނަ އަހަރުގެ ފީފާ މެންސް ވޯލްޑް ކަޕް މެކްސިކޯ ސިޓީގެ ތާރީޚީ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފިއެވެ. 2010 ވަނަ އަހަރުގެ މުބާރާތް ހުޅުވި މެޗުގެ ހަނދާންތައް އާކޮށްދިން މި މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ މެކްސިކޯ އާއި ދެކުނު އެފްރިކާއެވެ. މި ސްޓޭޑިއަމަކީ ތިން ވޯލްޑް ކަޕެއްގެ (1970، 1986 އަދި 2026) މެޗުތައް ބޭއްވި ފުރަތަމަ ދަނޑެވެ. ހުޅުވުމުގެ ރަސްމިއްޔާތުގެ މުހިންމު ބައިތައް މި ރަސްމިއްޔާތުގެ […]

ވޯލްޑް ކަޕް ފަށާ ރަސްމިއްޔާތުގައި މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތައް ފެންނާނެ
International

ވޯލްޑް ކަޕް ފަށާ ރަސްމިއްޔާތުގައި މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތައް ފެންނާނެ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށުމުގެ ތައްޔާރީތައް ވަމުންދާއިރު، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު މެކްސިކޯ ގަޑިން މެންދުރުފަހު 1:30 ގައި ފެށޭއިރު، ދެކުނު އެފްރިކާގައި ބޭއްވި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަސްމީ އެންތަމް “ވާކާ ވާކާ (ދިސް ޓައިމް ފޯ އެފްރިކާ)” ފްރެޝްލީގްރައުންޑާ އެކު ތައްޔާރުކޮށް ހުށަހަޅަދިން ކޮލަމްބިއާގެ މަޝްހޫރު ތަރި ޝަކީރާ އާއި، […]

މި ވޯލްޑް ކަޕްގައި މަރުގެ ގްރޫޕަކީ ގްރޫޕް ''އެލް'' ކަމުގައި ވެދާނެ
Sports

މި ވޯލްޑް ކަޕްގައި މަރުގެ ގްރޫޕަކީ ގްރޫޕް ''އެލް'' ކަމުގައި ވެދާނެ

އިނގިރޭސިވިލާތް، ކްރޮއޭޝިއާ، ޕެނަމާ އަދި ގާނާ ހިމެނޭ ގްރޫޕް އެލް އަކީ ވޯލްޑް ކަޕްގެ ފުރަތަމަ ބުރުގެ އެންމެ އުނދަގޫ އެއް ގްރޫޕެވެ. 48 ޓީމު ހިމެނޭ ބޮޑު މުބާރާތަކަށް ބަދަލުވުމާއެކު، މަތީ ފަންތީގެ ގިނަ ޓީމުތަކެއް އެއް ގްރޫޕެއްގައި ހިމެނިގެން އުފެދޭ “ގްރޫޕް އޮފް ޑެތް” އެއް އޮތުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ނަމަވެސް، ޖެހިޖެހިގެން ދެ ފަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ރަނަރަޕްކަން ހޯދި އިނގިރޭސިވިލާތާއި، 2018 ގެ ވޯލްޑް ކަޕް ފައިނަލް އަދި […]

ރޮނާލްޑޯ އާއި ޕޯޗުގަލަށް ވޯލްޑް ކަޕްގެ ކާމިޔާބުކުރުމަށް އައު ފުރުސަތެއް، އެއް ގްރޫޕެއްގައި ކޮލަމްބިއާ، އުޒްބެކިސްތާން އަދި ކޮންގޯ
Sports

ރޮނާލްޑޯ އާއި ޕޯޗުގަލަށް ވޯލްޑް ކަޕްގެ ކާމިޔާބުކުރުމަށް އައު ފުރުސަތެއް، އެއް ގްރޫޕެއްގައި ކޮލަމްބިއާ، އުޒްބެކިސްތާން އަދި ކޮންގޯ

ވޯލްޑް ކަޕް 2026 މިރޭ ފަށާއި، މި މުބާރާތުގެ ގްރޫޕް ކޭ ގައި ކޮލަމްބިއާ، އުޒްބެކިސްތާން އަދި ކޮންގޯއާ އެކު ވޯލްޑް ކަޕްގެ ކާމިޔާބީ ހޯދުމަށް ރޮނާލްޑޯ އާއި ޕޯޗުގަލްއަށް މި މުބާތްވެގެން ދާނީ ލިބޭ އައު ފުރުސަތަކަށެވެ. މި ފހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަޚުރުވެރި ކެރިއަރު ނިންމާލުމުގެ ކުރިން ވޯލްޑް ކަޕް ތަށި ހޯދުމަށް ހަގީގަތުގައި ލިބޭނީ އެންމެ ފުރުސަތެކެވެ. ފަސް ފަހަރު […]

ވޯލްޑް ކަޕްގެ ވޯމްއަޕް މެޗުގައި ނައިޖީރިއާ އަތުން ޕޯޗުގަލަށް މޮޅެއް، ރޮނާލްޑޯއަށް މާޔޫސް މެޗެއް
Sports

ވޯލްޑް ކަޕްގެ ވޯމްއަޕް މެޗުގައި ނައިޖީރިއާ އަތުން ޕޯޗުގަލަށް މޮޅެއް، ރޮނާލްޑޯއަށް މާޔޫސް މެޗެއް

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ނައިޖީރިއާ އަތުން 2-1 އިން ޕޯޗުގަލް މޮޅުވެއްޖެއެވެ. ނަމަވެސް މި މެޗަކީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ގިނަ ފުރުސަތުތަކެއް ބޭކާރުވެ، މާޔޫސްކަމާ ކުރިމަތިލާންޖެހުނު މެޗެކެވެ. ލެއިރިއާގައި ބުދަ ދުވަހު ކުޅުނު މި މެޗުގައި، އުމުރުން 41 އަހަރުގެ ރޮނާލްޑޯއަށް ދެ ހާފުގައިވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ހަމައެކަނި ގޯލްކީޕަރު ބީޓްކޮށްލަން ލިބުނު މި ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ސަބަބުން، ބައިނަލްއަގުވާމީ މައިދާ...

އީރާން ބައިވެރިކުރުވުމަކީ ބޮޑު ކާމިޔާބެއް، ޓިކެޓްގެ އަގުތައް ދިފާއުގައި އިންފަންޓީނޯ
Sports

އީރާން ބައިވެރިކުރުވުމަކީ ބޮޑު ކާމިޔާބެއް، ޓިކެޓްގެ އަގުތައް ދިފާއުގައި އިންފަންޓީނޯ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ކުރިއަށް އޮތް ވޯލްޑް ކަޕްގެ ޓިކެޓްތަކުގެ އަގުތަކުގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. އޭނާ ވިދާޅުވީ ޓިކެޓް ވިއްކުމުގައި ފީފާއިން ގޯހެއް ހަދާފައިވާނަމަ، އުތުރު އެމެރިކާގައި ޓިކެޓް ވިއްކާ އެންމެންވެސް ހަދަނީ ގޯސް ކަމަށެވެ. 48 ގައުމު ބައިވެރިވާ އަދި 104 މެޗު ކުޅޭ މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ޓިކެޓްތައް 140 ޑޮލަރަށް ލިބެން ހުރި ނަމަވެސް، ނިއުޔޯކްގައި ކުޅޭ ފައިނަލް މެޗުގެ އާދައިގެ ސީޓެއްގެ އަގު ވަނީ 8,680 ޑޮލަރަށް އުފުލިފައެވެ. […]