މެކްސިކޯގައި އީރާނު ޓީމު ތިބޭ ހޮޓަލުގެ ކައިރިއަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ ހިތްވަރުދީފި
ވޯލްޑް ކަޕްގައި ވާދަކުރާ އީރާން ގައުމީ ޓީމު މެކްސިކޯގެ ޓިޖުއާނާގައި މަޑުކޮށްގެން ތިބި ހޮޓަލުގެ ބޭރުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ، ޓީމަށް ހިތްވަރު ދީފިއެވެ. ލޮސް އެންޖެލިސްގެ ވޯލްޑް ކަޕް ސްޓޭޑިއަމާ 150 މޭލު ދުރުގައި ހުންނަ މެރިއޮޓް ހޮޓަލުގައި އީރާން ޓީމު ތިބިއިރު، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. އީރާން ޓީމަށް ކުރިމަތިވެފައިވާ ސިޔާސީ ގޮންޖެހުންތަކާއި ދަތިތަކާއެކުވެސް، ހޮޓަލުގެ ތެރޭގައި އޮތީ އުފާވެރި މާހައުލެކެވެ. އެމެރިކާގެ އެކި ސަރަހައްދުތަކުން ދަތުރުކޮށ...