ފެސިލިޓީތަކަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ޚިދުމަތް މެދުކަނޑާލަން އެސްއެމްއީ ޑިޖިޓަލްއިން ނިންމައިފި
އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތްތައް މެދުކަނޑާލުމަށް އެ ބޭންކުން ނިންމައިފިއެވެ. އެގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ ޚިދުމަތްތައް މެދުކަނޑާލަން ފަށާނީ އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މިއީ އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންގެ އެކައުންޓްތައް ބެލެހެއްޓުމަށް އެހީތެރިވެދިނުމުގެ މަގުސޫދުގައި އަޅާ ފިޔަވަޅެއް ކަމަށް އެ ބޭ...