އިންޑިއާއިން އޮސްޓްރޭލިއާއަށް މީހުން ދަތުރު ކުރުން މަނާކޮށްފައި ވަނިކޮށް، ދަތުރު ކުރި ބަޔަކު ޖަލު ހުކުމް ތަންފީޒު ކުރަން ޖެހިދާނެ ކަމަށް އޮސްޓްރޭލިއާއިންބުނެފިއެވެ.

އެ ގައުމުން އިންޑިއާއިން ދަތުރު ކުރުން މަނާކުރީ އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ. މި އެންގުމާ ހިލާފަށް އޮސްޓްރޭލިއާސަ ދާ މީހުންނަށްގިނަވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާން ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

Ad
rt

މިދިޔަ އަންގާރަ ދުވަހު އޮސްޓްރޭލިއާއިން ވަނީ އެގައުމަށް ދާން އޮތް އިންޑިއާގެ ސީދާ ފްލައިޓުތައް ކެންސަލްކޮށްފައެވެ. އަދި އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީއޮސްޓްރޭލިއާއަށް ދިޔުމުގެ 14 ދުވަސް ކުރިން އިންޑިއާއަށް ގޮސްފައިވާ މީހަކަށް، އަންނަ ހޯމަ ދުވަހުން ފެށިގެން އެގައުމަށް ނުވަދެވޭނެ ކަމަށް ބުނެފައެވެ. އެހެންކަމުންއިންޑިއާއިން އެ ގައުމަށް ދާން ބޭނުންވާ މީހުން އެހެން ގައުމެއްގައި 14 ދުވަސް ހޭދަ ކުރަން ޖެހޭނެއެވެ.

އޮސްޓްރޭލިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެ ގަވާއިދާ ހިލާފުވާ މީހުން ޖަލަށް ލުމުގެ އިތުރުން 66،000 އޮސްޓްރޭލިއާ ޑޮލަރުން ޖޫރިމަނާ ކުރެވިދާނެއެވެ. މިގަވާއިދަށް ބަދަލު ގެނައުމާ ބެހޭ ގޮތުން ދެން ގޮތެއް ނިންމާނީ މި މަހުގެ 15އިގަ އެވެ.