ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށް އޮޮސްޓްރޭލިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޭވިޑް ޖަސެޕް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދުު ލަތީފު އާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.

Ad
rt

މި ބައްދަލު ކުރެއްވުމުގައި މުއިއްޒު ވިދާޅުވީ ފެށިގެންދާ ވެރިކަމުގެ ދައުރުގައި ދެގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މީގެ އިތުރުން އޮސްޓްރޭލިއާއާ ރާއްޖޭއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ފާހަގަ ކުރައްވާ އިންތިހާބީ ރައީސް ވަނީ ތައުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާ، ރާއްޖޭގެ އިންސާނީ ވަސީލަތް ބިނާކުރުމަށް އެ ގައުމުން ފޯރިކޮށްދެމުންދާ އެހީތެރި ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ކުރިއަށް މިއޮތް ދައުރުގައި ވެސް މިހާރެކޭ އެއްފަދައިން ގުޅުންތައް އިތުރަށް ފުޅާވެ، ބަދަހިވުމަށް އެދިވަޑައިގަންނަވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޮސްޓްރޭލިއާ ސަފީރުގެ ވާހަކަފުޅުގައި ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތައްކޮށް، ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.

މުއިއްޒު ގެންގުޅުއްވާ "ޕްރޯ-މޯލްޑިވްސް" ހާރިޖީ ސިޔާސަތަށް ވެސް ޑޭވިޑް ޖަސެޕް ވަނީ ތައުރީފުކުރައްވާފައެވެ.