އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސް ފަށައިފި
އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސް ފަށައިފިއެވެ. މި ކޮންފަރެންސް ކުރިއަށްދަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައެވެ. އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. މިނިސްޓަރ އަމީރު ވިދާޅުވީ އިސްލާމިކް ޓްރެޝަރީ މާކެޓް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށާއި އަމާޒަކީ އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހުރި ފުރުސަތުތައް ބެލުން ކަމަށެވެ....