އަރަބި ބަސް އުނގަންނައިދިނުމުގެ މަޝްރޫއެއް އިލްމު އިންސްޓިޓިއުޓުން ފަށަނީ
ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ޢަރަބި ބަހަށް އަހަންމިއްޔަތުކަން ދެވޭ މިންވަރު އިތުރުކޮށް، މަދަރުސީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ފޭރާން ހެޔޮ އަދި ނަތީޖާ ނެރެވެނިވި ގޮތެއްގައި ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޤްޞަދުގައި، ޢިލްމު އިންސްޓިޓިއުޓުން މަޝްރޫޢެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިކަން އިޢުލާން ކުރެއްވީ ޢަރަބި ބަސް އުނގަންނައިދިނުމުގެ ބޮޑު މަޝްރޫޢު އިއުލާން ކުރެއްވުމަށް އެއިންސްޓިޓިއުޓުގައި ކުރިއަށްގެންދިޔަ ނޫސްކޮންފަރެންސް އެއްގަ އެވެ. މަޝްރޫޢުގެ އަމާޒަކީ، ބައިނަލްއަޤްވާމީ ގޮތުނ...