މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއާރްއެމް

23 Stories filed
މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއާރްއެމް އިން ހާއްސަ ޖަލްސާއެއް ބާއްވަނީ
Raajje

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއާރްއެމް އިން ހާއްސަ ޖަލްސާއެއް ބާއްވަނީ

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭ އެމްއާރްއެމް އިން ވިދާޅުވީ ނަސްރުގެ ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ ޖަލްސާ ބާއްވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެރޭ 20:45 ގައި ޝީ ބިލްޑީންގެ ހޯލުގައި ކަމަށެވެ. ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު، ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންނާއި އެކު ރާއްޖެ […]

ޗާގޯސްގެ މައްސަލައިގެ ސައްހަ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާކުރުމަށް އެމްއާރްއެމް އިން ގޮވާލައިފި
Raajje

ޗާގޯސްގެ މައްސަލައިގެ ސައްހަ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާކުރުމަށް އެމްއާރްއެމް އިން ގޮވާލައިފި

ޗާގޯސްގެ މައްސަލައިގެ ސައްހަ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ. އެ ޕާޓީން މިހެން ގޮވައިލީ ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށް ބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ޕާޓީގެ ހުރި ކަންބޮޑުވުންތައް ހާމަކޮށް ނެރުނު ބަޔާނުގަ އެވެ. އެ ބަޔާނުގައި ރާއްޖެއަކީ އިސްލާމްދީނުގެ އަޤީދާތަކުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޤައުމެއްގެ ގޮތުގައި ދ...

އެމްއާރްއެމް އިން މެންބަރުން ވަކިވަނީ އެހެން ޕާޓީތަކުގެ އިންތިޚާބުތަކަށް، އެދެނީ އެހެން ނުހެދުމަށް
Raajje

އެމްއާރްއެމް އިން މެންބަރުން ވަކިވަނީ އެހެން ޕާޓީތަކުގެ އިންތިޚާބުތަކަށް، އެދެނީ އެހެން ނުހެދުމަށް

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ މެމްބަރުންތަކެއް އެ ޕާޓީ ދޫކޮށް އެހެން ޕާޓީތަކަށް ދާތީ އެހެން ނުހެދުމަށް އެދިއްޖެ އެވެ. އެމްއާރްއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ބައިވެރިވުމަށް އެ ޕާޓީގެ ބައެއް މެމްބަރުން ކެނޑުމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އެ ޕާޓީން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. އެ ޕާޓީން ބުނީ އިތުރު މެންބަރުން އެ ޕާޓީއަށް ގުޅުމަށް އަބަދު ވެސް މަރުހަބާ […]

އެމްއާރުއެމްގެ އިސްމަގާމުތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް އާންމުކޮށްފި
Raajje

އެމްއާރުއެމްގެ އިސްމަގާމުތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް އާންމުކޮށްފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިސް މަގާމުތަކަށް ކުރިމަތިލި ބޭފުޅުންގެ ލިސްޓު އާންމުކޮށްފިއެވެ. އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ޕާޓިގެ އެތެރޭގެ އިންތިހާބަށް ވާދަކުރާ މެމްބަރުންގެ ލިސްޓު އެ ޕާޓީން އާންމުކޮށްފައިވާއިރު، އޭގެ ތެރެއިން ޕާޓީގެ ޒައީމް ކަމާއި، ރައީސް އަދި ނައިބުރައީސްގެ އިތުރުން ޒުވާނުންގެ ކައުންސިލްގެ ރައީސް، ނައިބުރައީސް އަދި އަންހެނުންގެ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ކަމަށް ކުރިމަތިލައްވ...

އިތުބާރުގެ މައްސަލާގައި އަސާސެއްނެތް: އެމްއާރްއެމް
Raajje

އިތުބާރުގެ މައްސަލާގައި އަސާސެއްނެތް: އެމްއާރްއެމް

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމަށްބުނެ އިދިކޮޅު ކޯލިޝަންގެ މެންބަރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކީ އެއްވެސް އަސާސެއްނެތް، ސަރުކާރު ކޯލިޝަން ތެރޭގައި ފިތުނަވެރިކަން އުފެއްދުމަށް ސިޔާސީ ބޭނުމަކަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ބުނެފިއެވެ. އެޕާޓީން މިހެން ބުނީ އިއްޔެ މިނިސްޓަރު ޒަހާގެ ދިފާއުގައި އާންމުކުރި ނޫސް ބަޔާނެއްގަ އެވެ. އެމްއާރްއެމްއިން ބުނީ މިނިސްޓަރ ޒަ...

ޒަހާގެ އިތުބާރުގެ މައްސަލަ: ނޯޓިސް ފޮނުވައިފި
Parliament

ޒަހާގެ އިތުބާރުގެ މައްސަލަ: ނޯޓިސް ފޮނުވައިފި

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު މައްސަލައެއް ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅާފައިވާއިރު، އެ މައްސަލައިގެ ނޯޓިސް މަޖިލީހުން ފޮނުވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ބުނީ، މަޖިލީހުގެ 10 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް، މިއަދު އެކަމަނާއަށް ފޮނުވިފައިވާ ކަމަށެވެ. މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މަ...

އިދިކޮޅުން މަސައްކަތްކުރަނީ ކޯލިޝަން ރޫޅެލެވޭތޯ: ޔުމްނާ
Raajje

އިދިކޮޅުން މަސައްކަތްކުރަނީ ކޯލިޝަން ރޫޅެލެވޭތޯ: ޔުމްނާ

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދައިގެން އުޅެނީ ކޯލިޝަން ރޫޅާލުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ. އިދިކޮޅު ކޯލިޝަނުން ފިޝަރީޒް މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސައެއް މިއަދު މަޖިލީހަށް ވެއްދުމުން، އެކަމަށް އިޝާރާތްކުރަށްވާ ޒަހާ ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގ...

އަނީސާގެ ސުވާލެއް: މީ ހަމަ ރައްޔިތުންގެ މަންދޫބުންބާ؟
Raajje

އަނީސާގެ ސުވާލެއް: މީ ހަމަ ރައްޔިތުންގެ މަންދޫބުންބާ؟

ރައްޔިތުންނަށް ދެ އިރު ކެވޭނެ ފަދަވެސް ނެތިފައި ތިބި ވަގުތެއްގައި ރައްޔިތުންގެ މަންދޫބުން ބޮޑު ޚަރަދުކޮށްގެން ބޭނުން ވަނީ ވެރިކަމުގެ ނިޒާމާމެދު ޚިޔާލު ހޯދަން ވޯޓު ނަގަން ކަމަށް ރައްޔިތުންގެ މަޖިލިސްގެ ފުރަތަމަ ނައިބު ރައީސް، އަނީސާ އަޙްމަދު ވިދާޅުވެއްޖެއެވެ. އަނީސާ ކުރެއްވި ޓުވީޓެއްގައި މިގޮތަށް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރު މަޖިލިސްއަށް ހުށަހަޅުއްވާފައި ވަނިކޮށް ކުރީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމު ރިޔާސީ ނިޒާމ...