މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިސް މަގާމުތަކަށް ކުރިމަތިލި ބޭފުޅުންގެ ލިސްޓު އާންމުކޮށްފިއެވެ.
އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ޕާޓިގެ އެތެރޭގެ އިންތިހާބަށް ވާދަކުރާ މެމްބަރުންގެ ލިސްޓު އެ ޕާޓީން އާންމުކޮށްފައިވާއިރު، އޭގެ ތެރެއިން ޕާޓީގެ ޒައީމް ކަމާއި، ރައީސް އަދި ނައިބުރައީސްގެ އިތުރުން ޒުވާނުންގެ ކައުންސިލްގެ ރައީސް، ނައިބުރައީސް އަދި އަންހެނުންގެ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ އެންމެ ކެންޑިޑޭޓެކެވެ.
އެގޮތުން ޕާޓީގެ ޒައީމް ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރިމަތިލައްވާފައިވާއިރު، ރައީސް ކަމަށް ކުރިމަތިލެއްވި ދަރިކަލުން ފާރިސް މައުމޫން އެކަންޏެވެ. މީގެ އިތުރަށް ޕާޓީގެ އަންހެން ނައިބުރައީސް ކަމަށް ކުރިމަތިލެއްވީ އައިމިނަތު ނާދިރާ އެކަންޏެވެ. އަދި ޕާޓީގެ ނައިބު ރައީސް ކަމަށް އިތުރު ދެ ބޭފުޅަކު ކުރިމަތިލާފައިވެއެވެ.
02 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމް.އާރް.އެމް ގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި އިންތިޚާބު ކުރާ ޕާޓީގެ އިސްމަޤާމުތަކާއި ކޮމިޓީތަކަށް ކުރިމަތިލި ފަރާތްތައް. pic.twitter.com/cg3KiRSUlU
— Maldives Reform Movement (@MRM_Office) September 24, 2021
ޕާޓީގެ އެކްޒެކެޓިވް ކޮމިޓީއަށް 10 ފިރިހެން މެމްބަރުން އައްޔަންކުރާއިރު، އެ މެމްބަރު ކަމަށް 13 ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރު ކަމަށް ކުރިމަތިލާފައި ވަނީ 10 މެމްބަރުންނެވެ. އެ މަގާމަށް އައްޔަން ކުރަނީ ވެސް 10 މެމްބަރުންނެވެ.
ޒުވާނުންގެ ކައުންސިލްގެ ފިރިހރން މެމްބަރު ކަމަށް ފަސް ބޭފުޅަކު އައްޔަންކުރާއިރު، 7 ބޭފުޅަކު ކުރިމަތިލާފައިވެއެވެ. އަދި އަންހެން މެމްބަރު ކަމަށް ވެސް 9 ބޭފުޅުން ކުރިމަތިލާފައިވެއެވެ. ޕާޓީގެ އަންހެން ކައުންސިލްއަށް 9 މެމްބަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!