އުމަރުގެ ތުހުމަތެއް، އުޅެނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބާއްވަން
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތްކުރަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބޭއްވުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ތުހުމަތުކުރަށްވައިފިއެވެ. އަންނަ ރިޔާސީ ރޭހުގައި ވެސް ވާދަކުރަށްވާނެކަން މިހާރު ވެސް ޢިއުލާންކުރަށްވާފައިވާ އުމަރު މި ތުހުމަތު ކުރަށްވާފައި ވަނީ މިއަދު އާންމުކުރެއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި އުމަރު ވިދާޅުވީ، މި ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ ހަމައެކަނި ޚަރަދު ޚަރަދު ކުޑަކ...