ސިޔާސީ މުވައްޒަފުންގެ އަދަދު މަޖިލީހުން ފާސް ކުރަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް!
ސަރުކާރެއް އެކުލަވާލުމަށް ފަހު އުފައްދާ ސިޔާސީ މުވައްޒަފުންގެ އަދަދާއި މިނިސްޓްރީތަކުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެ އިސްލާހު ހުށަހެޅުއްވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއަށެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުން މިނިސްޓްރީތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި މިނިސްޓްރީތަކުގެ އަދަދާއި މަސައްކަތު ދާއިރާ ފާސް ކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެ...