އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ ރައީސް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވާފައިވާ ''އިސްލާމީ ނަޒަރިއްޔާތު'' ފޮތް ރޭ ނެރެފިއެވެ.
އިލްމު އިންސްޓިޓިއުޝަންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އެވިޑް ކޮލެޖްގެ ޗެއާމަން އަބުދުﷲ މުޝްތާޤް ރަޝާދެވެ.
އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާކަން ވެސް ކުރައްވާފައިވާ ޝަހީމް ލިޔުއްވި މި ފޮތުގައި ގައުމު ބިނާކުރުމާއި، ދައުލަތް ހިންގުމާއި، ވެރިކަން ހިންގުމުގެ އިދާރީ ނިޒާމާއި، ޓޫރިސްޓުންނަށް ރައްކާތެރިކަން ދިނުމާއި، އިސްލާމްދީނުގައި އަންހެނުންގެ މަގާމާއި، ދީނީ ފަތުވާ ދިނުމުގެ ނިޒާމާއި، އެ ނިޒާމު ހަރުދަނާ ކުރުން އަދި ޖިހާދު ކުރުމުގެ ފަލްސަފާ ފަދަ ބައިތައް ވަނީ ހިމަނުއްވާފައެވެ.
"Islaamee Nazariyyathu" Foi nerumuge Rasmiyyathu pic.twitter.com/e9imMjzVqH
— IOCC Maldives (@IOCCMv) November 6, 2023
ޝަހީމް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ޒަކާތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނުގެ ތަސައްވުރުތަކުގެ މައްޗަށް ''ޒަކާތާއިގުޅޭ ޒަމާނީ ފިޤުހީ އުސޫލުތަކާއި ޤާނޫނުގެ ތަސައްވުރު''ގެ ނަމުގައި ލިޔުއްވި ފޮތެއް ވެސް ވަނީ ނެރުއްވާފައެވެ. މީގެ އިތުރުން ވެސް ''ލިޔާންގެ މައްސަލާގައި ޑީއެންއޭގެ ޙުއްޖިއްޔަތު''، ''ނަބީކަލޭފާނުގެ ޙަޔާތްޕުޅު'' ފަދަ ގިނަ ފޮތްތަކެއް ލިޔުއްވާފައެވެ.
ޝަހީމް ރޭ ނެރުއްވި ''އިސްލާމީ ނަޒަރިއްޔާތު'' ފޮތް، ޝަހީމްގެ ކޮއްކޮމެންގެ ޕްރީސްކޫލުން ގަންނަން ލިބެން ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!