މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އާބަންކޯ

65 Stories filed
ހުޅުމާލެ ދެވަނަ ފިޔަވަހިން 15 ބިމެއް ވިއްކަނީ
Business

ހުޅުމާލެ ދެވަނަ ފިޔަވަހިން 15 ބިމެއް ވިއްކަނީ

ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް 15 ބިމެއް ވިއްކަން އާބަންކޯއިން ބިޑަށް ހުޅުވާލައިފިއެވެ. އާބަންކޯއިން ބުނެފައިވާ ގޮތުގައި އަލަށް ހުޅުވާލި މި ފުރުސަތުގައި ވިއްކަން ހަމަޖެހިފައިވަނީ ފިޔަވަހި ދޭއްގެ ބީޗު ސައިޑުން 1،600 އާއި 2،300 އަކަފޫޓޫގެ 10 ބިމާއި ބީޗު ޕްރޮންޓުން 1،200 އާއި 1،800 އަކަފޫޓުގެ ފަސް ބިމެވެ. ބިން ގަތުމަށް އެދި ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނާއި 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ކަމަށް އާބަންކޯއިން ބުންޏެވެ. […]

‏ހިޔާ އެޕާޓްމަންޓެއްގެ ބެލްކަނީގައި އަލިފާނުގެ ހާދިސާއެއް
Raajje

‏ހިޔާ އެޕާޓްމަންޓެއްގެ ބެލްކަނީގައި އަލިފާނުގެ ހާދިސާއެއް

ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ހިޔާ ފްލެޓްތައް ހުންނަ ހުޅުމާލޭގެ ބެލެނިވެރިފަރާތް އާބަންކޯ އިން މިރޭ ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ހިޔާ ފްލެޓްގެ އެޕާޓްމަންޓް H5-17-02 ގެ ބެލްކަނީގައިކަމަށެވެ. އެ އެޕާޓްމަންޓްގެ ބެލްކަނީގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށް ނިއްވާލާފައިވާއިރު، އެ އެޕާޓްމަންޓްގައި ދިރިއުޅޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެ ކުންފުނިން ބުންޏެވެ. ”‏މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން މި ހާދިސާ ހިނ...

ތޮއްޑޫ ސްމާޓް އައިލެންޑަކަށް ހަދަން އާބަންކޯގެ އެހީ
Business

ތޮއްޑޫ ސްމާޓް އައިލެންޑަކަށް ހަދަން އާބަންކޯގެ އެހީ

އއ. ތޮއްޑޫ ސްމާޓް އައިލެންޑެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އާބަންކޯ އިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފެވެ. އަދި ތޮއްޑޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމްއެވެ. މި އެއްބަސްވުމުގެ ދަށުން ތޮއްޑޫގެ ބަނދަރު ސަރަގައްދާއި، ފެރީ ޓާމިނަލް ސަރަހައްދާއި، ކާގޯ ވެއާހައުސްގެ އިތުރުން ރަށުގެ އާންމު ރައްޔިތުން އަދި ފަތުރުވެރިން މޫދަށް އެރޭ ސަރަހައ...

'އާބަންކޯ ޕޭ އެންޑް ވިން' ޕްރޮމޯޝަން، ކޮންމެ ތިން މަހުން އެއްމަހު އުމްރާ ދަތުރެއް ލިބޭ
Business

'އާބަންކޯ ޕޭ އެންޑް ވިން' ޕްރޮމޯޝަން، ކޮންމެ ތިން މަހުން އެއްމަހު އުމްރާ ދަތުރެއް ލިބޭ

‘އާބަންކޯ ޕޭ އެންޑް ވިން’ ގެ ނަމުގައި ކޮންމެ ތިން މަހުން އެއްމަހު އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިއީ ސޯޝަލް ހައުސިންގ ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރީގެ އާބަންކޯ (ކުރީގެ އެޗްޑީސީ) އިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެ ކުންފުނިން ބުނީ އަލަށް ލޯންޗް ކުރި “ޕޭ އެންޑް ވިން” ޕްރޮގްރާމަކީ ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ތައާރަފްކުރި ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގައި […]

އެޗްޑީސީ ރީބްރޭންޑުކޮށް ''އާބަންކޯ'' ގެ ނަން ދީފި
Business

އެޗްޑީސީ ރީބްރޭންޑުކޮށް ''އާބަންކޯ'' ގެ ނަން ދީފި

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭންޑްކޮށް އެ ކުންފުނީގެ ނަން ބަދަލުކޮށްފިއެވެ. އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހާއި ދިމާކޮށް، އެކުންފުނީގެ ނަން ވަނީ “އާބަންކޯ” ގެ ނަމަށް ބަދަލުކޮށްފައެވެ. މި ނަމަށް ގެނައި ބަދަލާއި އެކު އެ ކުންފުނިން ބުނީ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ އަމާޒު މުޅިން އާ ހަރުފަތަކަށް ގެންދިއުމަށް ބޭނުންޖެހިފައިވާ ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަގަބު ހޯދާފައިވާކަން ފާހަގަކޮށް އެ ކުންފުނީގެ މިހާރުގެ އަމާޒަކީ […]