ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް 15 ބިމެއް ވިއްކަން އާބަންކޯއިން ބިޑަށް ހުޅުވާލައިފިއެވެ.
އާބަންކޯއިން ބުނެފައިވާ ގޮތުގައި އަލަށް ހުޅުވާލި މި ފުރުސަތުގައި ވިއްކަން ހަމަޖެހިފައިވަނީ ފިޔަވަހި ދޭއްގެ ބީޗު ސައިޑުން 1،600 އާއި 2،300 އަކަފޫޓޫގެ 10 ބިމާއި ބީޗު ޕްރޮންޓުން 1،200 އާއި 1،800 އަކަފޫޓުގެ ފަސް ބިމެވެ.
ބިން ގަތުމަށް އެދި ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނާއި 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ކަމަށް އާބަންކޯއިން ބުންޏެވެ.
ބިން ގަންނަން ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރެޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާ ބަހައްޓަން ޖެހެއެވެެ.
ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން https://bids.urbanco.mv/?active=true&search= މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ. މި ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ މޭ މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން 15 ބިމެއް ވިއްކަން ނިންމާފައިވާ އިރު، އާބަންކޯއިން ވަނީ މިދިޔަ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހިން 134 ގޯތި ވިއްކައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!