މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އީރާން

511 Stories filed
އީރާންގެ ކުރީގެ ރައީސް އަޙުމަދީނީޖާދުގެ ޝަހީދުކޮށްލާފައިވާ ކަމުގެ ރިޕޯޓްތަކެއް
International

އީރާންގެ ކުރީގެ ރައީސް އަޙުމަދީނީޖާދުގެ ޝަހީދުކޮށްލާފައިވާ ކަމުގެ ރިޕޯޓްތަކެއް

އީރާންގެ ކުރީގެ ރައީސް މަޙްމޫދު އަޙުމަދީނީޖާދު ދިރިއުޅުއްވާ އަމިއްލަފުޅު ގެކޮޅަށް ދެވުނު ވަރުގަދަ ހަމަލާއެއްގައި އެމަނިކުފާނު ޝަހީދުވެފައިވާ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފިއެވެ. އީރާނުގެ ލޭބަރ ނިއުސް އެޖެންސީ (އައިއެލްއެންއޭ) އާއި ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާންގެ އިރުމަތީ ސަރަޙައްދެއް ކަމަށްވާ ނަރުމަކްގައި ހުންނަ އަޙުމަދީނީޖާދުގެ އަމިއްލަފުޅު ގެކޮޅަށް އަމާޒުކޮށް ދެވުނު މި ހަމަލާގައި، އުމުރުފުޅުން 69 އަހަރުގެ އަޙުމަދީނީޖާދުގެ އިތުރުން އެމަނިކުފާނުގެ ބޮޑީގާޑުންގ...

އީރާންގެ ތާރީޚްގައި ހިންގާ އެންމެ ވަރުގަދަ އޮޕަރޭޝަން އިސްރާއީލާއި އެމެރިކާ އާއި ދެކޮޅަށް ފަށަނީ
International

އީރާންގެ ތާރީޚްގައި ހިންގާ އެންމެ ވަރުގަދަ އޮޕަރޭޝަން އިސްރާއީލާއި އެމެރިކާ އާއި ދެކޮޅަށް ފަށަނީ

އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ތާރީޚުގައި ހިންގޭނެ އެންމެ ވަރުގަދަ އަސްކަރީ އޮޕަރޭޝަން، ކުރިއަށް އޮތް މަދު މިނިޓުތަކުގެ ތެރޭގައި އިސްރާއީލާއި އެމެރިކާގެ ބާރުތަކާ ދެކޮޅަށް ފަށާނެ ކަމަށް އީރާނުން އިއުލާނުކޮށްފިއެވެ. އީރާނުން ބުނާ ގޮތުގައި މި އޮޕަރޭޝަނަކީ “އިސްރާއީލާއި އެމެރިކާގެ ޓެރަރިސްޓުންނާ” ދެކޮޅަށް ދެވޭނެ އެންމެ ވަރުގަދަ ރައްދެވެ.   އޮޕަރޭޝަންގެ ފުޅާ މިނާއި އަސްކަރީ އަންދާޒާތައް މި އޮޕަރޭޝަންގައި އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ކަމަށްވާ “އަޔަން ޑޯމް” އާއި “ޑޭވިޑްސް ސްލިންގް” ފޫއަޅުވާލ...

މެދުއިރުމަތީގައި ތިބި ދިވެހިން ކައިރި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
Raajje

މެދުއިރުމަތީގައި ތިބި ދިވެހިން ކައިރި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގައި އުޅޭ ހުރިހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށް ރާއްޖޭގެ ހާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފި އެވެ. ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވަނީ މެދުއިރުމަތީގައި ފަށާފައި މިވާ ހަގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ހަމަލާ އަމާޒުވަ...

ޚާމަނާއީ އާއި ޢާއިލީ ބައެއް މެމްބަރުން ޝަހީދުވެފައިވާކަން ކަށަވަރުކޮށްދީފި
International

ޚާމަނާއީ އާއި ޢާއިލީ ބައެއް މެމްބަރުން ޝަހީދުވެފައިވާކަން ކަށަވަރުކޮށްދީފި

އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދުވުމާއި ގުޅިގެން، އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން މުޅި ގައުމުގައި 40 ދުވަހުގެ ހިތާމަފާޅުކުރުން އިއުލާނުކޮށްފިއެވެ. މި ހިތާމަފާޅުކުރުން އިއުލާނުކޮށްފައިވަނީ 2026 ފެބްރުއަރީ 28 ވަނަ ދުވަހު ތެހެރާނުގައި ހުންނަ އެންމެ މަތީ ވެރިޔާގެ ގަނޑުވަރަށް އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާތަކާ ގުޅިގެންނެވެ. ދައުލަތުގެ މީޑިއާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެންމެ މަތީ ވެރިޔާގެ އިތުރުން އެމަނިކުފާނުގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުން...

ޚާމަނައީ ޝަހީދުކޮށްލާފައިވާކަމަށް ޓްރަމްޕް އިޢުލާނުކޮށްފި
International

ޚާމަނައީ ޝަހީދުކޮށްލާފައިވާކަމަށް ޓްރަމްޕް އިޢުލާނުކޮށްފި

އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނައީ ޝަހީދުކޮށްލާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ. ރައީސް ޓްރަމްޕް މިކަން ހާމަކުރެއްވީ ރޭ ދަންވަރު (ހޮނިހިރު، 28 ފެބްރުއަރީ 2026) އެވެ. މި އިޢުލާނު ނެރުއްވާފައިވަނީ އީރާނުގެ އަސްކަރީ އަދި ލީޑަރޝިޕްގެ މުހިންމު އަމާޒުތަކަށް ހަމަލާދިނުމަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ހިންގި ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކަށް ފަހުގައެވެ. މީގެ ތެރޭގައި އެމެރިކާގެ “އޮޕަރޭޝަން އެޕިކް ފިއުރީ” އަދި އިސްރާއީލުގެ “އޮޕަރ...

އީރާނުން އިސްރާއީލަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
International

އީރާނުން އިސްރާއީލަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި

އެމެރިކާއާއި އިސްރާއީލުން ގުޅިގެން މިއަދު އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި އިސް ވެރިންނަށް އަމާޒުކޮށް ދިން ހަމަލާތަކެއްގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން އިސްރާއީލަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ޑްރޯން ފޮނުވާލައިފިއެވެ. މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ތަލް އަވީވް، ހައިފާ އަދި މެދުތެރޭގެ ސަރަހައްދުތަކުގައި ނުރައްކަލުގެ ސައިރަން އަޅައި، މަސްރަހު ވަނީ އިންތިހާއަށް ނުތަނަވަސްވެފައެވެ. އީރާނުގެ އެންމެ މަތީ ވެރިޔާއަށް އަމާޒުކޮށް ދިން ހަމަލާ މިއަދު ހޮނިހިރު ދުވަހު އެމެރިކާއ...

އީރާނުންގެ ހަމަލާ ހަ ގައުމެއްގައި ހުރި އެމެރިކާގެ ބޭސްތަކަށް، އިސްރާއީލަށް ގިނަ ހަމަލާތަކެއް
International

އީރާނުންގެ ހަމަލާ ހަ ގައުމެއްގައި ހުރި އެމެރިކާގެ ބޭސްތަކަށް، އިސްރާއީލަށް ގިނަ ހަމަލާތަކެއް

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައެއްގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވަނިކޮށް، މިއަދުގެ ކުރީކޮޅު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތައް އީރާނުން ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި ސަރަހައްދުގެ ހަ ގައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ. ފެބްރުއަރީ 28، 2026 އާ ހަމައަށް މަސްރަހު ގޯސްވެފައި އޮތ...

ހަނގުރާމައަށް އީރާނުން ތައްޔާރުވާގޮތް
International

ހަނގުރާމައަށް އީރާނުން ތައްޔާރުވާގޮތް

އެމެރިކާއާއި ޒަޔަނިސްޓް އިޒްރޭލުން އީރާނަށް ހަމަލާދޭން ތައްޔާރުވަމުން ދާއިރު އީރާނުން ވެސް އޮތީ ދީފާނެ ކޮންމެ ހަމަލާއަކަށް ވެސް ފިސާރި ރަނގަޅަށް ތައްޔާރުވެގެންނެވެ. އީރާނުން ވަނީ 2025 ޖޫންމަހު ކުރި 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާއާއި އިޒްރޭލުން ދިން ގެއްލުންތަކުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއްކޮށްފައެވެ. މުހިންމު މިސައިލް ފެސިލިޓީތަކާއި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ވައިގެ މަރުކަޒުތައް ވަނީ މަރާމާތުކޮށްފައެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާނުލެވޭވަރަށް ރައްކާތެރިކަމުގ...

އީރާނުގެ މުހިންމު މަރުކަޒުތައް ރައްކާތެރިކުރުމަށް ވަރުގަދަ ކޮންކްރީޓް ޝީލްޑްތައް ބިނާކުރަމުންދާ ސެޓެލައިޓް ފޮޓޯތަކެއް
International

އީރާނުގެ މުހިންމު މަރުކަޒުތައް ރައްކާތެރިކުރުމަށް ވަރުގަދަ ކޮންކްރީޓް ޝީލްޑްތައް ބިނާކުރަމުންދާ ސެޓެލައިޓް ފޮޓޯތަކެއް

ފެބްރުއަރީ 2026 އާ ހަމައަށް ލިބިފައިވާ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ހާމަވާގޮތުގައި، އެމެރިކާ ނުވަތަ އިސްރާއީލުން ދީފާނެ ވައިގެ ހަމަލާތަކަކުން ރައްކާތެރިވުމަށްޓަކައި، އީރާނުގެ މުހިންމު އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތަކެއްގެ މަތީގައި ކޮންކްރީޓްގެ ބޮޑު “ނިވާފަތްގަނޑެއް” ނުވަތަ “ސާކޯފަގަސް” އެއް ބިނާކުރުމުގެ މަސައްކަތް އީރާނުން ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި މަސައްކަތް ކުރިއަށްދަނީ މެދުއިރުމަތީގައި މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެ، އެމެރިކާގެ އަސްކަރީ ބާރުތައް އެ ސަރަހައްދުގައި ވަ...

އީރާނާއެކު މަހެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް: ޓްރަމްޕް
International

އީރާނާއެކު މަހެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް: ޓްރަމްޕް

އީރާނާއެކު ވެވޭ އެއްބަސްވުމެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމެއް އެކުލަވައިލުމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ތާވަލަކީ ކުރިއަށް އޮތް މަހެއްހާ ދުވަސް ކަމަށާއި، މިކަން އަވަހަށް ހިނގަންޖެހޭނެ ކަމަށެވެ. އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ތެހެރާނަށް ބޮޑެތި ނުރައްކާތަކަކާ ކުރ...

މަޝްވަރާ ކުރިއަށް ނުގެންދެވި އީރާނާއި އެމެރިކާގެ އެއްބަޔަކު އަނެއްބަޔަކަށް އިންޒާރު ދީފި
International

މަޝްވަރާ ކުރިއަށް ނުގެންދެވި އީރާނާއި އެމެރިކާގެ އެއްބަޔަކު އަނެއްބަޔަކަށް އިންޒާރު ދީފި

މިދިޔަ ހުކުރު ދުވަހު ތުރުކީގެ އިސްތަންބޫލްގައި ބޭއްވުމަށް ރޭވިފައި އޮތް އީރާނާއި އެމެރިކާގެ މަޝްވަރާތައް، ބައްދަލުވުން ބާއްވާނެ ތަނަކާއި މަޝްވަރާކުރާނެ ދާއިރާތަކާ މެދު އެއްބަސްނުވެވުމުގެ ސަބަބުން ހުއްޓުމަކަށް އަތުވެއްޖެއެވެ. އެކްސިއޯސް އަދި ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށް ނުގޮސް ހުއްޓުނީ ހައްލުނުކުރެވޭ ދެ މައްސަލައެއްގެ ސަބަބުންނެވެ. ތަނާ މެދު އުފެދުނު ދެބަސްވުން އީރާނުން ބޭނުންވީ މަޝްވަރާތައް އޮމާންގެ މަސްކަޓަށް ބަދަލުކުރުމަށެވެ. އެއީ އެ ގައުމުން އިތުބާރުކުރާ މ...

ޓްރަމްޕް ހީކުރާގޮތެއްނުވާނެ، އޭނާ އެ އުޅެނީ ހުވަފެނެއްގައި: އީރާން
International

ޓްރަމްޕް ހީކުރާގޮތެއްނުވާނެ، އޭނާ އެ އުޅެނީ ހުވަފެނެއްގައި: އީރާން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުޅުއްވަނީ ހުވަފެނެއްގެ ތެރޭގައި ކަމަށާއި ހަނގުރާމައެއް ފަށައިފިނަމަ އޭގެ ނިމުން ކަނޑައަޅާނީ އީރާނުން ކަމަށް ޓްރަމްޕް އީރާނާ ދެކޮޅަށް ދެއްވަމުން ގެންދަވާ އިންޒާރުތަކަށް ރައްދު ދެމުން، އީރާނުން ބުނެފިއެވެ. 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިންތިހާއަށް ގޮސްފައިވާ މި ދަނޑިވަޅުގައި އީރާނުން މިފަދަ އިންޒާރެއް ދީފައިވަނީ ޕާޝިއަން ގަލްފަށް އެމެރިކާގެ ބިޔަ އަސްކަރީ ފްލީޓެއް ފޮނުވާލުމާ ގުޅިގެންނެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަ...

އީރާނަށް ހަމަލާދިނުމަށް ޔޫއޭއީގެ ވައިގެ ސަރަހައްދާއި ބިން ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމުގެ ޔަގީކަން ދީފި
International

އީރާނަށް ހަމަލާދިނުމަށް ޔޫއޭއީގެ ވައިގެ ސަރަހައްދާއި ބިން ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމުގެ ޔަގީކަން ދީފި

އީރާނާ ދެކޮޅަށް ހިންގާ އެއްވެސް “ޢަދާވާތްތެރި އަސްކަރީ ހަރަކާތެއްގައި” ޔޫއޭއީގެ ވައިގެ ސަރަހައްދު، ބިން ނުވަތަ ކަނޑުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭނެކަމުގެ ޔަގީންކަން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ހޯމަ ދުވަހު އަލުން ދީފިއެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނާ ދެކޮޅަށް ދޭ އެއްވެސް ހަމަލާއަކަށް ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްނުދިނުމަށްވެސް އެގައުމުން އިލްތިޒާމްވާ ކަމަށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ޔޫއޭއީން ގަބޫލުކުރަނީ މަޝްވަރާ ކުރުމާއި،...

ސާފް ފުޓްސަލް އާއި ސުޕަ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުތަކަށް އެއް މިލިއަން ރުފިޔާ ދޭން ރައީސް ނިންމަވައިފި
Raajje

ސާފް ފުޓްސަލް އާއި ސުޕަ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުތަކަށް އެއް މިލިއަން ރުފިޔާ ދޭން ރައީސް ނިންމަވައިފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށާއި ސުޕަ ކަޕް ކާމިޔާބުކުރި ފުޓުބޯޅަ ޓީމަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެފައިވާ ގޮތުގައި މި ބޯނަސް ދިނުމަށް ނިންމާފައިވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށެވެ. ރާއްޖޭގެ ފުޓްސަލް ޓީމުން ވަނީ މި މުބާރާތުގެ ހުރިހާ މެޗެއް ކާމިޔާބުކޮށ...

މި ގައުމަށް ދޭ ކޮންމެ ހަމަލާއެއް ބަލާނީ ފުރިހަމަ ހަނގުރާމައެއްގެ ގޮތުގައި، ވަރުގަދަ ރައްދު ދޭނަން: އީރާން
International

މި ގައުމަށް ދޭ ކޮންމެ ހަމަލާއެއް ބަލާނީ ފުރިހަމަ ހަނގުރާމައެއްގެ ގޮތުގައި، ވަރުގަދަ ރައްދު ދޭނަން: އީރާން

އީރާނުގެ ސަރަހައްދަށް ދެވޭ ކޮންމެ ބާވަތެއްގެ ހަމަލާއަކީ ވެސް އެ ގައުމާ ދެކޮޅަށް ކުރެވޭ “ފުރިހަމަ ހަނގުރާމައެއް” ކަމުގައި ބަލާނެ ކަމަށާއި، އެފަދަ ކަމަކަށް އެންމެ ހަރުކަށި އިބާރާތުން ރައްދު ދޭނެ ކަމުގެ އިންޒާރު އީރާނުގެ އިސް އޮފިޝަލަކު ދެއްވައިފިއެވެ. މި އިންޒާރު ދެއްވާފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި އިތުރު އަސްކަރީ ވަސީލަތްތައް މެދުއިރުމައްޗަށް އައުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ނަން ހާމަނުކުރުމަށް އެދި ވާހަކަދައްކަވަމުން ބައި...