އީރާނުގެ ހަމަލާތަކެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އެކަކު ގެއްލިއްޖެ
އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ސީދާ އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އެކަކު ގެއްލިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު އިއުލާންކޮށްފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނިގޮތުގައި ހުކުރު ދުވަހު ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން އީރާނުން ދިން މި ހަމަލާގައި އިތުރު ހަތަރު ސިފައިން ޒަޚަމްވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މި ހަމަލާގައި މަރުވި މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެ...