Skip to main content
Topic Archive

#އިންޑީޔާ

11 Stories filed
ޔުނިވަސިޓީއެއްގައި މޯދީގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތަށް ނުދިޔަ ދަރިވަރުން ޖޫރިމަނާކޮށްފި
International

ޔުނިވަސިޓީއެއްގައި މޯދީގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތަށް ނުދިޔަ ދަރިވަރުން ޖޫރިމަނާކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުފަންދުވަސް ފާހަގަކުރުމަށް އިންޑިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް (އައިއައިއެމް) ޖަންމޫގައި ބޭއްވި ހަރަކާތަކަށް ނުދިޔަ ދަރިވަރުން ޖޫރިމަނާކުރަން އަންގައި ނޯޓިސް ފޮނުވި މައްސަލައެއްގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ. މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވި މި ހަރަކާތުގައި ބައިވެރިނުވި ދަރިވަރުންގެ އަތުން 500 ރުޕީސްގެ ޖޫރިމަނާއެއް ނަގާނެ ކަމުގެ އިންޒާރު ދީފައިވަނީ އެ ތަނުގެ ސްޓޫޑެންޓްސް ކައުންސިލުން ނެރުނު އެންގުމެއްގައެވެ. އައިއައިއެމް ޖަންމޫގެ ސް...

އެޕްސްޓީންގެ ލަފަޔަށް މޯދީ އިޒްރޭލުގައި 'ނަށައި ލަވަކިޔައި' ހެއްދެވިކަމަށް ބުނާ ވާހަކައަށް އިންޑިއާގެ ރައްދު
International

އެޕްސްޓީންގެ ލަފަޔަށް މޯދީ އިޒްރޭލުގައި 'ނަށައި ލަވަކިޔައި' ހެއްދެވިކަމަށް ބުނާ ވާހަކައަށް އިންޑިއާގެ ރައްދު

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމުކުރި “އެޕްސްޓީން ފައިލްސް” ގެ ތެރޭގައި ހިމެނޭ އީމެއިލެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނަން ފެންމަތިވުމާ ގުޅިގެން، އިންޑިއާ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ދޮގުކޮށްފިއެވެ. މި ލިޔެކިޔުންތަކަކީ ޖެފްރީ އެޕްސްޓީންއާ ގުޅުންހުރި މައްސަލަތަކުގެ ތަހުގީގަށް ހާމަކުރި ލިޔެކިޔުންތަކެކެވެ. ފެންމަތިވެފައިވާ އީމެއިލަކީ 2017 ވަނަ އަހަރު އެޕްސްޓީން ގަތަރުގެ އޮފިޝަލަކަށް ފޮނުވި އީމެއިލެކެވެ. އެ އީމެއި...

އިސްރާއިލާއި ދެކޮޅަށް އިންޑިއާއިން ފިޔަވަޅު އެޅުމަށް ދީނީ ޖަމިއްޔާތަކުން ގޮވާލައިފި
International

އިސްރާއިލާއި ދެކޮޅަށް އިންޑިއާއިން ފިޔަވަޅު އެޅުމަށް ދީނީ ޖަމިއްޔާތަކުން ގޮވާލައިފި

ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އިންޑިއާ ސަރުކާރުން ވަގުތުން ފިޔަވަޅު އެޅުމަށް އެގައުމުގެ އިސް މުސްލިމް ޖަމްޢިއްޔާތަކާއި ދީނީ ޢިލްމުވެރިން ސަރުކާރަށް ގޮވާލައިފި އެވެ. މިފަދައިން އިންޑިއާގެ ސަރުކާރަށް ގޮވާލި ފަރާތްތަކުގެ ތެރޭގައި އޯލް އިންޑިއާ މުސްލިމް ޕަރސަނަލް ލޯ ބޯޑު، ޖަމްޢިއްޔަތުލް ޢުލަމާއެ ހިންދު، ޖަމާޢަތެ އިސްލާމީ ހިންދު، މަރްކަޒީ ޖަމްޢިއްޔަތު އަހްލެ ހަދީޘް އަދި ސްޓޫޑެންޓްސް އިސްލާމިކް އޯގަނައިޒޭޝަން އޮފް އިންޑިއާ ފަދަ ޖަމްޢިއްޔާތައް ހިމެނެއެ...

ޕާކިސްތާނާއެކު ހަނގުރާމައެއް ފަށައިފިނަމަ އިންޑިއާ އަށް ރާއްޖޭގެ ސަޕޯޓެއް ނުލިބޭނެ: ރިޕޯޓް
International

ޕާކިސްތާނާއެކު ހަނގުރާމައެއް ފަށައިފިނަމަ އިންޑިއާ އަށް ރާއްޖޭގެ ސަޕޯޓެއް ނުލިބޭނެ: ރިޕޯޓް

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ، ދިވެހިރާއްޖެއިން އިންޑިއާއަށް ސަޕޯޓް ނުދޭނެ ކަމަށް އިންޑިއާ އޮންލައިން ނޫހެއްކަމަށްވާ އިންޑިއާ.ކޮމްގައި ޝާޢިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ. މިއީ ކަޝްމީރުގައި ހިނގި ބޮޑު ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމައިގެ ވެށްޓެއް އުފެދިފައިވާ ދަނޑިވަޅެއްކަން ފާހަގަކޮށް، އޭޕްރިލް 22 ވަނަ ދުވަހު ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި މި ޓެރަރިސްޓް ހަމަލާގައި 26 މީހުން މަރުވެފައިވާކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފަވެ...

ރައީސްގެ ދަތުރުފުޅުގެ ސަބަބުން އިންޑިއާ-ރާއްޖެ ގުޅުން އިތުރަށް ބަދަހިވާނެ: ޒަމީރު
Raajje

ރައީސްގެ ދަތުރުފުޅުގެ ސަބަބުން އިންޑިއާ-ރާއްޖެ ގުޅުން އިތުރަށް ބަދަހިވާނެ: ޒަމީރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މިއީ ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސްގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކ...

މޯލްޑިވިއަންގެ 2 ފްލައިޓެއްގައި 234 ދިވެހިން މާދަމާ އިންޑިއާއިން ރާއްޖެއަށް ގެންނަނީ
Raajje

މޯލްޑިވިއަންގެ 2 ފްލައިޓެއްގައި 234 ދިވެހިން މާދަމާ އިންޑިއާއިން ރާއްޖެއަށް ގެންނަނީ

މޯލްޑިވިއަންގެ 2 ފްލައިޓެއްގައި 234 ދިވެހިން މާދަމާ އިންޑިއާއިން ރާއްޖެއަށް އަންނާނެކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ. ފޮރިން މިނިސްޓްރީން ބުނީ ދިވެހިން ގެންނަނީ 16 ސިޓީއަކުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޯރ، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީއެވެ. މޯލްޑިވިއަންގެ އެއަރބަސް މަތިންދާބޯޓު ދަތުރުކުރާނީ މާލެ – ދިއްލީ – ޓްރިވެންޑްރަމް – މާލެ ރޫޓުންނެވެ. މި ފްލައިޓް ހުޅ...

އިންޑިއާ އިން ހަނދަށް ފޮނުވި އުޅަނދު އަދި ދެނެގަނެވޭ ވަރެއް ނުވޭ: ނާސާ
International

އިންޑިއާ އިން ހަނދަށް ފޮނުވި އުޅަނދު އަދި ދެނެގަނެވޭ ވަރެއް ނުވޭ: ނާސާ

ހަނދުގެ ދިރާސާތަކެއް ހެދުމަށް މި މަހު ކުރީކޮޅު އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޮގަނައިޒޭޝަން(އައިއެސްއާރުއޯ) އިން ހަނދަށް ފޮނުވާލި “ވިކްރަމް” ހަނދުގެ ސަތަހައިގައި އޮތް ތަން ފާހަގަކުރަން ދަތިވެފައިވާ ކަމަށް ނާސާ އިން ބުނެފި އެވެ. ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަރުދުކުރި އެ މިޝަންގެ ދަށުން ފޮނުވާލި ޖައްވީ އުޅަނދު ހަނދަށް ޖެއްސުމުގެ ފުރަތަމަ ކަންކަން ދިޔައީ ރޭވުމާ އެއްގޮތަށެވެ. ނަމަވެސް ހަނދުގެ ބިމާ ގާތްގަނޑަކަށް 2.1 ކިލޯމީޓަރު ކައިރިވެފައި ވަނިކޮށް އުޅަނދުގެ މަގު އޮޅި، […]

ފެންބޮޑުވުމުގެ ސަބަބުން އިންޑިޔާއިން 100 އަށްވުރެ ގިނަ މަރު
International

ފެންބޮޑުވުމުގެ ސަބަބުން އިންޑިޔާއިން 100 އަށްވުރެ ގިނަ މަރު

އަވަށްޓެރި އިންޑިޔާގެ އުއްތަރަ ޕްރަދޭޝް އާއި ބިހާރުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި އުއްތަރަ ޕްރަދޭޝް އިން ވަނީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފެންބޮޑުވުމާ ގުޅިގެން 93 މީހުން މަރުވެފައެވެ. ބިހާރުން ވަނީ 29 މީހުން މަރުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން އާއްމު ދިރިއުޅުމަށްވެސް ވަނީ އަސަރުކޮށްފައެވެ. އެގޮތުން ރޭލު ދަތުރުތައް...

ކަޝްމީރުގެ ސިޔާސީ ލީޑަރަކު ބަންދުކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް
International

ކަޝްމީރުގެ ސިޔާސީ ލީޑަރަކު ބަންދުކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް

އިންޑިޔާގެ އާއްމު ސަލާމަތާ ބެހޭ ޤާނޫނުގެ ދަށުން، ކަޝްމީރުގެ މަޝްހޫރު ސިޔާސީ ލީޑަރަކު ބަންދުކުރުމުން، ގިނަ ބައެއްގެ ފާޑުކިޔުން އިންޑިޔާ ސަރުކާރަށް އަމާޒުވެއްޖެއެވެ. ކުރިން ކަޝްމީރުގެ ޗީފް މިނިސްޓަރުކަންވެސް ކޮށްފައިވާ އަދި އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަންވެސް ކޮށްފައިވާ ފާރޫޤު އަބްދުﷲ، ބަންދުކޮށްފައިވާ ޤާނޫނުގެ ދަށުން، އެއްވެސް ދައުވާއެއް ނުއުފުލާ އަދި އެއްވެސް ހުކުމެއް ނުކޮށް، ދެ އަހަރު ދުވަސްވަންދެންވެސް ހައްޔަރުކޮށްފައި ބެހެއްޓިދާނެއެވެ. އުމުރުން 81 އަހަރުގެ ފާރޫޤު، މި ޤާނޫނުގެ ދ...

International

އިންޑީޔާއިން ހަނދަށް ފޮނުވި "ވިކްރަމް" އާއި ގުޅުން ކެނޑި، މިޝަން ނާކާމިޔާބު

ހަނދުގެ ދިރާސާތައް ހެދުމަށް އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންސް (އިސްރޯ) އިން ހަނދަށް ފޮނުވާލި ޖައްވީ އުޅަނދު “ވިކްރަމަ” އާއި ގުޅުން ކެނޑި، މިޝަން ނާކާމިޔާބު ވެއްޖެއެވެ. އިންޑިއާގެ ޖައްވީ އުޅަނދު ޖައްސަން ހަމަޖެހިފައި އޮތީ ހަނދުގެ ދެކުނު ފަޅީގައެވެ. މިއީ މީގެ ކުރިން ހަނދުގައި ޖެއްސި އުޅަނދުތައް ތިރިކޮށްފައިވާ ސަރަޙައްދެއް ނޫންކަން ފާހަގަކޮށްލެވެ އެވެ. “މިޝަން ޗަންދުރަޔާން-2″ގެ ނަމުގައި ފެށި މިޝަންގެ ދަށުން “ވިކްރަމް” ނަން ދީފައިވާ ޖައްވީ އުޅަނދު ލޯންޗުކުރީ މިދިޔަ ޖުލައި މަހުގެ 22 […...

އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ހައްޔަރުކޮށްފި
International

އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ހައްޔަރުކޮށްފި

އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ޗިދަމްބަރަމްއަށް، ކޮރަޕްޝަނާއި މަނީލޯންޑްރިންގެ ތުހުމަތުކޮށް ހައްޔަރުކޮށްފިއެވެ. އިންޑިއާގެ ސެންޓަރަލް އިންޓަލިޖެންސް ބިއުރޯ (ސީއައިބީ) ގެ އޮފިޝަލުން އޭނާ ހައްޔަރު ކޮށްފައިވަނީ ނިއުދިއްލީގައި ހުންނަ އޭނާގެ ގެކޮޅުންނެވެ. އިންޑިއާގެ ފައިސާއާބެހޭ ކުށްތަކާއި ދެކޮޅަށް މަސައްކަތްކުރާ ސީއައިބީއާއި ތަންފީޒީ ޑައިރެކްޓްރޭޓުން ތުހުމަތުކުރާ ގޮތުގައި ޗިދަމްބަރަމް ފިނޭންސް މިނިސްޓަރަކަށް ހުރި ދުވަސްވަރު މަޤާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން މަނީލޯންޑްރިންގ ހަރަކާތްތަކެއްގ...