އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ބޭނުންވާ ސާމާނު ހިފައިގެން 15 ވަރަކަށް ދުވަހުގެ ތެރޭގައި ބޯޓު ބަނދަރުކުރާނެ: ލަތީފް
ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކަން ބޭނުންވާ ސާމާނު ހިފައިގެން އަންނަ ބޯޓު 15 ވަރަކަށް ދުވަހުގެ ތެރޭގައި ދިއްދޫގައި ބަނދަރުކުރާނެކަމަށް ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. ލަތީފް މިފަދައިން ވިދާޅުވީ، ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ އެޅުމަށް އިއްޔެ ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ލަތީފްގެ ވާހާގައި ވަނީ ދިއްދޫ ރައީސްގެ ތިން ވަޢުދުފުޅެއް އޮތްކަމަށް ވިދާޅުވެފައެވެ. އެއީ ހއ. އ...