މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރާއްޖޭގެ މޫސުން

359 Stories filed
އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ، ހުޅުލެ އަދި ހުޅުމާލެ އަށް
Raajje

އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ، ހުޅުލެ އަދި ހުޅުމާލެ އަށް

ރާއްޖެއަށް ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެ ސަރަހައްދަށެވެ. މާލެއަށް 159.3 މިލިމީޓަރު, ހުޅުލެއަށް 143.4 މިލިމީޓަރު އަދި ހުޅުމާލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށް މޫސުމާ ބެހޭ […]

ކޮމަންޑޫ އަށް އުދައަރައި ގޭގެއަށް ލޮނުވަދެ ގެއްލުންވެއްޖެ
Thiladhunmathi News

ކޮމަންޑޫ އަށް އުދައަރައި ގޭގެއަށް ލޮނުވަދެ ގެއްލުންވެއްޖެ

ށ. ކޮމަންޑޫ އަށް އުދައަރައި އެރަށު ބައެއް ގޭގެއަށް ލޮނުވަދެ ގެއްލުންވެއްޖެއެވެ. ކޮމަންޑޫ ކައުންސިލުން ބުނީ އެރަށަށް އުދައެރުމުގެ ސަބަބުން އާއްމު ރައްޔިތުންގެ ގޭގެއަށް ލޮނު ވަދެ ބޮޑެތިގެއްލުންތަކެއް ވަނީ ލިބިފަިއިއެވެ. ރައްޔިތުންގެ މުދަލާއި ގޯތިތެދޮރޮ ސަލާމަތް ކުރުމަށްޓައި ކައުންސިލާއި، ސަރޓް ޓީމް، އެމްޓީސީސީ، ޕޮލިސް އަދި އާއްމު ރައްޔިތުން ދަނީ މަސައްކަތް ކުރަމުން ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެއެވެ. އެރަށަށް މިހާލަތު ދިމާވެފައިވާތީ، ރައްޔިތުންގެ މުދަލާއި ގޯތިތެދޮރޮ ސަލާމަތް ކުރުމަށްޓައި ކައުން...

ޒަރޫރީކަމެއްގައި ނޫނީ މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދު ނުދުއްވަން އެދިއްޖެ
Raajje

ޒަރޫރީކަމެއްގައި ނޫނީ މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދު ނުދުއްވަން އެދިއްޖެ

މާލޭގެ މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން  ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އެހެންވެ މަގުތަކުގައި ފެންހިނދި މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވ...

''މާލެ އާއި 4 ރަށެއްގައި ފެންބޮޑުވެފައިވޭ، 144 ގެއަކުން އެހީތެރިކަމަށް އެދިފައި''
Raajje

''މާލެ އާއި 4 ރަށެއްގައި ފެންބޮޑުވެފައިވޭ، 144 ގެއަކުން އެހީތެރިކަމަށް އެދިފައި''

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިހާތަނަށް މާލޭގެ އިތުރުން ހަތަރު ރަށެއްގައި ފެންބޮޑުވެ، 144 ގެއަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. މިއަދު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އަދާހަމަ ހާމަކުރަމުން އެންޑީއެމްއޭ އިން ބުނީ، މިރެއާއި ހަމައަށް މާލެ އާއި 4 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މާލޭގެ އިތުރުން ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ރަށްތަކަކީ، ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ، ދ ކުޑަހުވަދ...

މާލޭގައި ފެން ބޮޑުވެ ބައެއް ގޭތަކަށް ފެން ވަދެ ވެހިކަލްތަކެއް މައްޗަށް ގަހެއް ވެއްޓިއްޖެ
Raajje

މާލޭގައި ފެން ބޮޑުވެ ބައެއް ގޭތަކަށް ފެން ވަދެ ވެހިކަލްތަކެއް މައްޗަށް ގަހެއް ވެއްޓިއްޖެ

މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ، ބައެއް ގޭތަކަށް ފެންވަންނަމުންދާތީ ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަމުން އެބަދެއެވެ. މާލެ އަށް ރޭއްސުރެ އަންނަނީ ވިއްސާރަކުރަމުންނެވެ. މި ވިއްސާރާގައި ހެނދުނު 7 ޖަހާކަށް ހާއިރުއްސުރެ ހުކުރުން ފޭބުމާ ހަމައަށް ބޯކޮށް ވަނީ ވާރޭވެފިފައެވެ. މާލޭގައި ފެން ބޮޑުވި ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނައިރު ފުލުހުން ވެސް އަންނަނީ އެކަމުގައި ބައިވެރިވަމުންނެވެ. މާލެއަށް ވެހެމުންދާ ވާރޭގެ ސަބަބުން ބައެއް ގެތަކަށް ފެން ވަންނަމުންދާތީ، ގެ...

ވައިގަދަވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށް 8 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި 
Raajje

ވައިގަދަވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށް 8 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި 

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ހަތް އަތޮޅެއް ހިމެނޭ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ރީނދޫ ސަމާލުގެ މެސެޖުގައި މޫސުން ގޯސްވާނެކަމަށް ބުނެފައިވާ އަތޮޅުތަކަކީ ހއ. އަތޮޅުގެ އިތުރުން ހދ. ށ. ނ. ރ. ބ. ޅ. އަދި ކ. އަތޮޅެވެ. މި އަތޮޅުތައް ހިމެނޭ ސަރަހައްދަށް މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖްގައި، އެ މެސެޖުގެ ވަގުތުގައި މޫސުން ގޯސްވާނެ […]

މާލޭގައި ފެން ބޮޑުވާތީ ފެން ހިންދަން ސިފައިން ނުކުމެއްޖެ
Raajje

މާލޭގައި ފެން ބޮޑުވާތީ ފެން ހިންދަން ސިފައިން ނުކުމެއްޖެ

މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވާތީ ފެންހިންދުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެއެވެ. އެމްއެންޑީއެފުން ބުނީ، މާލެއަށް ބޯކޮށް ވާރޭ ވެހޭތީ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރަމުން އަންނަ ކަމަށެވެ. މިހާރު މާލެއަށް ވެހެމުންދާ ބޯ ވާރޭގައި މި ހާތަނަށް ތިން ގެއަކަށް ފެންވަންނަމުންދާކަމަށް ރިޕޯޓުކުރުމުން އެ ގޭތަކަށް ފެން ވަނުމުން ސަލާމަތްކޮށް ދިނުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިފައިން ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެއެވެ. ”މާލެއަށް...

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވާން އެދިއްޖެ
Raajje

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވާން އެދިއްޖެ

ކުރިއަަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވާނެތީ، ސަމާލުވުމަށް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އެދިއްޖެއެވެ. މެޓް އޮފީހުން މިރޭ ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތިވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ޑިސެމްބަރުމަހުގެ ފަހުކޮޅު ވެސް ރ...

އެންމެ ގިނަ ވާރޭ ވެހުނީ ހުޅުމާލެ، މާލެ އަދި ގޮއިދޫ އަށް
Raajje

އެންމެ ގިނަ ވާރޭ ވެހުނީ ހުޅުމާލެ، މާލެ އަދި ގޮއިދޫ އަށް

ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ވިއްސާރާގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ މާލޭ ސިޓީގެ ހުޅުމާލެ، މާލެ އަދި ބ. ގޮއިދޫއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރެކޯޑުން ދައްކައިފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން 31 ޑިސެމްބަރު 2023 ގެ ހެނދުނު 8:00 އިން 1 ޖެނުއަރީ 2024 ގެ ހެނދުނު 8:00 އަށް ނަގާފައިވާ ރެކޯޑަށް ބަލާއިރު ހުޅުމާލެ އަށް ވަނީ 179.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެ ވަނަ […]

ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް ނޫނީ ނުކުރަން އެދިއްޖެ
Raajje

ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް ނޫނީ ނުކުރަން އެދިއްޖެ

ރާއްޖެ އަށް ކުރަމުންދާ ގަދަ ވިއްސާރާގައި ވެރިރަށް މާލެ އާއި ގްރޭޓާ މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާތީ، ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް ނޫނީ ނުކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެ އެވެ. ފުލުހުން މިއަދު ބުނީ، ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީ، ބުރިޖު އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތައް އެކަމަށަ ސަމާލުވާން އެދޭ ކަމަށެވެ. މީގެ […]

ކ. ގުރައިދޫގައި ފެން ބޮޑުވި ތިން ގެއަކުން މީހުން ބަދަލުކޮށްފި
Raajje

ކ. ގުރައިދޫގައި ފެން ބޮޑުވި ތިން ގެއަކުން މީހުން ބަދަލުކޮށްފި

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި މިހާތަނަށް ވިހި ގެއެއްގައި ފެންބޮޑުވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެންއޭ)އިން ބުނެފިއެވެ. އެންޑީއެންއޭ އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް ހަ ރަށަކުން ލިބިފައިވާ ކަމަށެވެ. އެ ރަށްތަކަކީ ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން؛ ފޮނަދޫ، ސ.މަރަދޫ  އަދި ކ. ގުރައިދޫ އެވެ. މީގެ ތެރެއިން ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން އެހެން ތަންތަނަށް މީހުން ބަދަލުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން […]

މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު
Raajje

މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު

މުޅި ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މި ސަމާލުގެ ވަގުތު 13:30 އާއި ހަމަ އަށް ވަނީ ދީފައެވެ. މީގެ އިތުރުން މެޓުން ވަނީ ނ. […]

ހަތަރު ބިން ހެލުމެއް، ރާއްޖެ އަށް އަސަރެއްނުކުރޭ: މެޓް
Raajje

ހަތަރު ބިން ހެލުމެއް، ރާއްޖެ އަށް އަސަރެއްނުކުރޭ: މެޓް

ކާލްސްބާގް/މިޑް އިންޑިއަން ރިޖަށް 4 ބިންހެލުން އައިސްފައިވާ ކަމަށާއި ނަމަވެސް މި ބިންހެލުންތަކުގެ އަސަރު ރާއްޖެއަށް ނުކުރާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ބުނެފިއެވެ. މި ހަތަރު ބިން ހެލުމަކީ ރޭ މެންދަމުން ފެށިގެން މިއަދު ހެދުނާއި ދޭތެރޭ ކާލްސްބާގް/ މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރިކޯޑް ކުރެވިފައިވާ ބިންހެލުންތަކެކެވެ. މީގެ ތެރެއިން އެންމެ ބާރުގަދައީ 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިން ހެލުމެކެވެ. ’’މި ބިންހެލުންތައް އައީ 900 އެއްހާ ކިލޯމިޓަދުރުން، […]

އުތުރާއި މެދު ރާއްޖެތެރެއަށް ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްފި
Raajje

އުތުރާއި މެދު ރާއްޖެތެރެއަށް ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްފި

ކުރިއަށް އޮތް ތިން ދުވަސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ލަފާކޮށްފިއެވެ. މެޓް އޮފީހުން މިއަދު ބުނީ 24 ޑިސެމްބަރު 2023 އިން ފެށިގެން ރާއްޖެއަށް އިރުވައި މޫސުމުގެ ދުވަސްތައް ވަނީ ލައިގެންފައެވެ. އެއާއިއެކު ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ބުނެފަވެއެވެ. އަދި ޚާއްޞަގޮތެއްގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. […]

ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި
Raajje

ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ނ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 09:05 އިން ފެށިގެން މެންދުރު 12:00 […]