ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ވިއްސާރާގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ މާލޭ ސިޓީގެ ހުޅުމާލެ، މާލެ އަދި ބ. ގޮއިދޫއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރެކޯޑުން ދައްކައިފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން 31 ޑިސެމްބަރު 2023 ގެ ހެނދުނު 8:00 އިން 1 ޖެނުއަރީ 2024 ގެ ހެނދުނު 8:00 އަށް ނަގާފައިވާ ރެކޯޑަށް ބަލާއިރު ހުޅުމާލެ އަށް ވަނީ 179.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

Ad
rt

ދެ ވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނު މާލެ 118.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ތިން ވަނަ އަށް އެންމެ ގިނައިން ވެހުނު ގޮއިދޫ އަށް 105.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކ. ދިއްފުށި، މ. މުލި، ގދ. ކާޑެއްދޫ، ކ. ގާފަރު އަދި ހދ. ހަނިމާދޫ އަށެވެ.

މީގެ ތެރެއިން ދިއްފުއްޓަށް 72 މިލިމީޓަރު، މުއްޔަށް 66 މިލިމީޓަރުގެ، ކާޑެއްދޫ އަށް 48 މިލިމީޓަރު، ގާފަރަށް 46.8 އަދި ހަނިމާދޫ އަށް 46.2 މިލިމީޓަރުގެ ވާރޭ ވެހިފަވެއެވެ.

މި މުއްދަތުގެ ތެރޭގައި ދެން އެންމެ ގިނައިން ވާރޭ ވެހުނު ރަށްތަކުގެ ތެރޭގައި ށ. ފުނަދޫ، އއ. ތޮއްޑޫ، ބ. ދަރަވަންދޫ، ށ. ކޮމަންޑޫ، ރ. އަލިފުށި އަދި ހދ. މަކުނުދޫ ހިމެނެއެވެ.

މި ވިއްސާރާގައި ފެން ބޮޑުވުމުގެ ހާދިސާތައް ހިނގައި އާންމު ދިރިއުޅުމަށް ބުރޫ އަރާފަވެއެވެ.