މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި މިހާތަނަށް ވިހި ގެއެއްގައި ފެންބޮޑުވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެންއޭ)އިން ބުނެފިއެވެ.

އެންޑީއެންއޭ އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް ހަ ރަށަކުން ލިބިފައިވާ ކަމަށެވެ.

Ad
rt

އެ ރަށްތަކަކީ ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން؛ ފޮނަދޫ، ސ.މަރަދޫ އަދި ކ. ގުރައިދޫ އެވެ.

މީގެ ތެރެއިން ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން އެހެން ތަންތަނަށް މީހުން ބަދަލުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

‘’ފެން ބޮޑުވުމުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން އަންނަނީ ކުރަމުން.’’ އެންޑީއެމްއޭ އިން ބުނެފަވެއެވެ.

މީގެ އިތުރުންވެސް މާލޭގެ ބައެއްގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްގެ އެހީތެރިކަމާއިއެކު އަންނަނީ ކުރަމުން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.