މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޔާމީން

146 Stories filed
ރައީސް ޔާމީނަކީ ދޭ އަނިޔާއަށް ފަސް އެނބުރި ބައްލަވާނެ ބޭފުޅެއް ނޫން: އަދުރޭ
Raajje

ރައީސް ޔާމީނަކީ ދޭ އަނިޔާއަށް ފަސް އެނބުރި ބައްލަވާނެ ބޭފުޅެއް ނޫން: އަދުރޭ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ، ދޭ އަނިޔާއަކަށް ފަސް އަބުރި ބަލާނެ ބޭފުޅެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ޔާމީންނަށް ކޮށްފައިވާ ޖަލުހުކުމާއި ގުޅިގެން 900 ދުވަސް ހަމަވެފައިވާތީ، ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމަކީ ނުހައްގުން ކޮށްފައިވާ ސިޔާސީ ހުކުމެއްކަން ވިދާޅުވަމުން އަންނައައުން ރޭ ވެސް ވަނި ތަކުރާރުކޮށްފައެވެ. އ...

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ
Raajje

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަން ސާބިތުވެ, 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ މައްސަލާގެ […]

ޗާގޯސް މައްސަލާގައި މިރޭ ބާއްވާ ޖަލްސާގައި ޔާމީންގެ ތަގްރީރެއް
Raajje

ޗާގޯސް މައްސަލާގައި މިރޭ ބާއްވާ ޖަލްސާގައި ޔާމީންގެ ތަގްރީރެއް

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައިގެ ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން މިރޭ ބާއްވާ ޖަލްސާގައި އިދިކޮޅު ލީޑަރު، ކުރީގެ ރައީސްގެ ޢަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމްގެ ތަގްރީރެއް ހިމަނައިފިއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމ...

ކޯޓު އަމުރެއް ނެތި ބޭންކް އެކައުންޓް ބަލާތީ ޔާމީންގެ ނުރުހުން
Raajje

ކޯޓު އަމުރެއް ނެތި ބޭންކް އެކައުންޓް ބަލާތީ ޔާމީންގެ ނުރުހުން

ކޯޓު އަމުރެއް ނެތި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދާފައިވާތީ ޔާމީން ކްރިމިނަލް ކޯޓުގައި މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ. ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނި އަދި އަހުމަދު ކްރިކް ރިޒާގެ މައްޗަށް ދައުވާ ކުރެ އެވެ. އެ މައްސަލާގައި ކޯޓު އަމުރެއް ނެތި ބޭންކް […]

ޕީޖީން ދުލެއް ނުދިން: ޔާމީން އަތުން 52 މިލިއަން ހޯދަން ހައި ކޯޓަށް
Raajje

ޕީޖީން ދުލެއް ނުދިން: ޔާމީން އަތުން 52 މިލިއަން ހޯދަން ހައި ކޯޓަށް

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަތުން 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ޔާމީން އެ މައްސަލާގައި ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނު ހައި ކޯޓުން ކުރިން ބާތިލްކުރި އެވެ. […]

ޔާމީންގެ ފުއްގިރި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި
Raajje

ޔާމީންގެ ފުއްގިރި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތް މަޑުޖައްސާލަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ. ފުއްގިރި މައްސަލާގައި ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހެކިބަސް ނެގުން މާދަމާ ކުރިއަށް ގެންދަން އޮތީ ހަމަޖައްސައިފަ އެވެ. އެ މައްސަލަ އަންނަ ހޯމަ ދުވަހާ ހަމައަށް މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އެންގީ އެ މައްސަލާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ބައެއް […]

ޔާމީން ރިޝްވަތެއް ނުހިފާ, ސިޔާމާއެކު ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް: ވަކީލުން
Raajje

ޔާމީން ރިޝްވަތެއް ނުހިފާ, ސިޔާމާއެކު ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް: ވަކީލުން

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނަންގަވާފައި ނުވާ ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އަތުން ޑޮލަރުގެ ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ. 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތު […]

ފުއްގިރި މައްސަލަ ކުރިއަށް ގެންދާ ގޮތުން ޔާމީން ނުރުހުން ފާޅުކުރައްވައިފި
Raajje

ފުއްގިރި މައްސަލަ ކުރިއަށް ގެންދާ ގޮތުން ޔާމީން ނުރުހުން ފާޅުކުރައްވައިފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ އެ މަނިކުފާނު މިއަދު ކޯޓުގައި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. އެހެން މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. […]

ފުއްގިރި މައްސަލާގެ ހެކިބަސް ނެގުމުގެ އަޑުއެހުން ލައިވް ނުކޮށްފާނެ
Raajje

ފުއްގިރި މައްސަލާގެ ހެކިބަސް ނެގުމުގެ އަޑުއެހުން ލައިވް ނުކޮށްފާނެ

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ ލައިވް ނުކުރުމުގެ ވިސްނުމެއް އެބައޮތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ. ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީނަށް ދައުވާ ކުރާއިރު، އެ މައްސަލާގައި ސަން އިންޖިނިއަރިން އާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށާއި ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ […]

ފުއްގިރި މައްސަލާގެ ނިންމުންތައް ސުޕްރީމް ކޯޓުގައި ޔާމީން އިސްތިއުނާފް ކުރަނީ
Raajje

ފުއްގިރި މައްސަލާގެ ނިންމުންތައް ސުޕްރީމް ކޯޓުގައި ޔާމީން އިސްތިއުނާފް ކުރަނީ

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން ހައި ކޯޓުން ނިންމާފައިވާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތުން ނިންމައިފި އެވެ. ފުއްގިރި މައްސަލާގައި ޔާމީނާއި ސަން އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓާއި ކްރިކް ރިޒާގެ މައްޗަށް ދައުވާ ކުރަނީ ފުއްގިރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި ކްރިކް ރިޒާ މެދުވެރިކޮށް ޔާމީން އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވަ...

ފުއްގިރި މައްސަލާގައި ޔާމީންގެ ޝަރީއަތްތައް ހައި ކޯޓުން ހުއްޓުވައިފި
Raajje

ފުއްގިރި މައްސަލާގައި ޔާމީންގެ ޝަރީއަތްތައް ހައި ކޯޓުން ހުއްޓުވައިފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތްތައް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރިކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އެންގީ އެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކެއް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި […]

52 މިލިއަން ދައްކަން ޔާމީނަށް އެންގުމުން ހައި ކޯޓުގައި ޕީޖީ ހޫނުފެނަށް
Raajje

52 މިލިއަން ދައްކަން ޔާމީނަށް އެންގުމުން ހައި ކޯޓުގައި ޕީޖީ ހޫނުފެނަށް

ވ. އާރަށް މައްސަލާގައި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަމުރުކުރި މައްސަލާގައި ހައި ކޯޓުގައި ދައުލަތް މިއަދު ހޫނުފެނަށް ވެއްޓިއްޖެ އެވެ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރަށް ލޯންޑާކުރި 52 މިލިއަން ރުފިޔާ ހަ މަސް ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް އަމުރުކުރި އެވެ. އެ އަމުރު […]

52 މިލިއަން ދައްކަން ޔާމީނަށް އެންގީ ގާނޫނީ އިމުން ބޭރުން: ވަކީލުން
Raajje

52 މިލިއަން ދައްކަން ޔާމީނަށް އެންގީ ގާނޫނީ އިމުން ބޭރުން: ވަކީލުން

ވ. އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް, ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އެންގި އެވެ. އެ ނިންމުން […]

ޔާމީންގެ ފުއްގިރި މައްސަލަ މަޑުޖައްސާލަން އެދެފި
Raajje

ޔާމީންގެ ފުއްގިރި މައްސަލަ މަޑުޖައްސާލަން އެދެފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރެދޭން އެ މަނިކުފާނުގެ ފަރާތްޕުޅުން މިއަދު ހައި ކޯޓުގައި އެދިވަޑައިގެންފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާކޮށް, އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. […]

52 މިލިއަން ދޭން ޔާމީނަށް އެންގި މައްސަލަ ހައިކޯޓުން ބަލައިގެންފި
Raajje

52 މިލިއަން ދޭން ޔާމީނަށް އެންގި މައްސަލަ ހައިކޯޓުން ބަލައިގެންފި

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރި އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފި އެވެ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރަށް އެ މައްސަލާގައި ލޯންޑާ ކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދޭން ކޯޓުން މިދިޔަ މަހު އަމުރެއް […]