ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދައިދިނުމަށް މުހިންމު ދެ ބަދަލެއް ގެންނަނީ
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި މުހިންމު ދެ ބަދަލެއް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މިޢިއްޒު، މިރޭ ނިންމަވައިފިއެވެ. އެމަނިކުފާނު މިކަން ޢިއުލާން ކުރެއްވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރީންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، އެފަރާތްތަކުގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހުގައެވެ. މުދާ ކްލިއަރެންސްގެ ދަތިތަކަށް ހައްލު ވިޔަފާރިވެރީންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، މުދާ ކުލިއާ ކުރަން ފްރީކޮށް ލިބޭ ވަގު...