މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ކީރިތި ޤުރުއާން ހިތުދަސްކޮށް 31 ޙާފިޡުން ދަސްވެނިވެއްޖެ
Raajje

ކީރިތި ޤުރުއާން ހިތުދަސްކޮށް 31 ޙާފިޡުން ދަސްވެނިވެއްޖެ

ކީރިތި ޤުރުއާން ހިތުދަސްކޮށް، އަލަށް 31 ޙާފިޡުން ދަސްވެނިވެއްޖެއެވެ. މި ޙާފިޡުންނަށް ސަނަދާއި އިނާމު ދިނުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 49 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި މެޑަލް ހަވާލުކޮށްފައިވެއެވެ. އޭގެ ތެރޭގައި އަލަށް ދަސްވެނިވި 31 ޙާފިޡުންގެ އިތުރުން، މީގެ ކުރިން ދަސްވެނިވެ ފަހުން ސަނަދު ހާސިލުކުރި 18 ޙާފިޡުން ހިމެނެއެވެ. ރަސްމިއްޔ...

ފޯޅަވައްސަކީ ރާއްޖެއަށް ލިބުން ހައްގު ތަނެއް: ރައީސް
Raajje

ފޯޅަވައްސަކީ ރާއްޖެއަށް ލިބުން ހައްގު ތަނެއް: ރައީސް

އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ދެކުނުގެ އިގްތިސާދީ ސަރަހައްދުން ދޫކޮށްލި ކަނޑުގެ ސަރައްހައްދު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކުރަމުން އަންނަ މަސައްކަތެއް ނޫން ކަމަށާއި، ފޯޅަވައްސަކީ ރާއްޖެއަށް ލިބުން ހައްގު ތަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ކަނޑުން ގެއްލުވާލި ބައި ހޯދުމުގެ މަސައްކަތްތައް ވަރަށް ހަލުއ...

އަހަރީ ބަޖެޓު ފާސްކުރުން ޑިސެމްބަރަށް ބަދަލުކުރަނީ
Raajje

އަހަރީ ބަޖެޓު ފާސްކުރުން ޑިސެމްބަރަށް ބަދަލުކުރަނީ

ދެ އިންތިހާބުގެ ރެފަރެންޑަމް ވޯޓުގައި ރައްޔިތުން ނިންމާގޮތަކަށް ބެލުމަށް ފަހު ދައުލަތުގެ އަހަރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދުވަހަކީ ޑިސެމްބަރު މަހުގެ ދުވަހަކަށް ހެދުމަށް ބޭނުންފުޅުވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން މުހިންމު ވާ އެއް ސަބަބަކީ ރައްޔިތުންނަށް ފައިދާހުރި ބަޖެޓެއް އެކުލަވާލުން ކަމަށެވެ. ރައީސް ވ...

ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކު އަދި ސުނާމީ ބިނާ މައިޒާން ޢީދަށް ނިންމަނީ
Raajje

ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކު އަދި ސުނާމީ ބިނާ މައިޒާން ޢީދަށް ނިންމަނީ

ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކުގެ އިތުރުން ސުނާމީ ބިނާ ސަރަހައްދުގެ މަސައްކަތް އީދު ދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެމަނިކުފާނު ހައުސިން މިނިސްޓަރުކަމާއި މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ތަރައްގީކުރެއްވި ޕާކުތައް ވީރާނާވެފައިވާތީ އަލުން އެތަންތަން ތަރައްގީކުރަން ފެށީ މީގެ ދެ އަރަހެއްހާ ދުވަހުގެ ކުރިން ކަމަށ...

މިނިވަން ޤައުމެއްގެ ގޮތުގައި ދެމިތިބުމަށްޓަކައި ތާރީޚަކީ އެންމެ އާރުލާ އެއް ސަބަބު: ރައީސް
Raajje

މިނިވަން ޤައުމެއްގެ ގޮތުގައި ދެމިތިބުމަށްޓަކައި ތާރީޚަކީ އެންމެ އާރުލާ އެއް ސަބަބު: ރައީސް

މިނިވަން ޤައުމެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ދެމިތިބުމަށްޓަކައި ތާރީޚަކީ އެންމެ ވަރުގަދަ އެއް ހަތިޔާރުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ތާރީޚްގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މާޒީގެ ވާހަކަތަކުގެ އެންމެ ޖުމްލައަކުން، ދިވެހި ކާބަފައި ޒަމާނުގެ އެންމެ ތަޞްވީރަކުން، ނުވަތަ ފެންނާންހުރި ޤަދީމީ އެންމެ އާޘާރަކުންވެސް އެ ކިޔައިދެނީ އެތައްހާސް ވާހަކައެއް ކަމަ...

ސަރުކާރާ އިދިކޮޅު 57 ރަށެއްގެ ކައުންސިލުން ބިން ހަވާލުނުކުރުމުން މަޝްރޫޢުތައް ނުފެށި އެބައޮތް: ރައީސް
Raajje

ސަރުކާރާ އިދިކޮޅު 57 ރަށެއްގެ ކައުންސިލުން ބިން ހަވާލުނުކުރުމުން މަޝްރޫޢުތައް ނުފެށި އެބައޮތް: ރައީސް

ސަރުކާރާ އިދިކޮޅު ވިސްނުމުގެ 57 ރަށެއްގެ ކައުންސިލުން ބިން ހަވާލުނުކުރުމުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ނުފެށި ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި “ދިވެހީންގެރާއްޖެ ތަރާވީސް” ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށްޓަކައި ރަސްމާލެ އާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަކ...

ރައްޔިތުންގެ އަޑުއައްސަވައިގެން ނޫނީ ރައީސް މިހާތަނަށް ބޮޑު ނިންމެވުމެއް ނުނިންމަވާ: ޝިޔާމް
Raajje

ރައްޔިތުންގެ އަޑުއައްސަވައިގެން ނޫނީ ރައީސް މިހާތަނަށް ބޮޑު ނިންމެވުމެއް ނުނިންމަވާ: ޝިޔާމް

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ސީދާ ބަސް ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، ރައްޔިތުންގެ އަޑުއައްސަވައިގެން ނޫނީ އެމަނިކުފާނު މިހާތަނަށް ބޮޑު ނިންމެވުމެއް ނުނިންމަވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި “ދިވެހީންގެރާއްޖެ ތަރާވީސް” ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ޝިޔާމް...

ދެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް: ރައީސް
Raajje

ދެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް: ރައީސް

ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރުވެސް ރައްޔިތުންނަށް އެންމެ ފައިދާވާނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި “ދިވެހީންގެރާއްޖެ ތަރާވީސް” ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ހުށައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ތަމްސީލްކުރަން ހޮވާ މަ...

''ވޭތުވި ދެ އަހަރު ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިއްޖެ''
Raajje

''ވޭތުވި ދެ އަހަރު ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިއްޖެ''

ވޭތުވި ދެ އަހަރަކީ ލާމަރުކަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު ދުވަސްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ވަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެނެވުނު ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޖިއޮގްރަފީ އުފެދިފައިވާ ގޮތުން އެންމެ އިހު ޒަމާނުއްސުރެ...

މާޒިޔާ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން އޮޑި ހޯދައިފި
Sports

މާޒިޔާ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން އޮޑި ހޯދައިފި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށް، ޕްރެޒިޑެންޓްސް ކަޕް 2026 ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އޮޑި ސްޕޯޓްސް ކްލަބުން ރޭ ހޯދައިފިއެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މެޗު ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޓީމުގެ ކުޅުންތެރިންނާއި މެޗުގެ އޮފިޝަލުންނާ ބައްދަލުކުރައްވައި ސަލާމްކުރައްވާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ ޕެނަ...

ރާއްޖޭގައި ތިއްބެވި ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސް، ރޯދަ ވީއްލުމެއް ދެއްވައިފި
Raajje

ރާއްޖޭގައި ތިއްބެވި ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސް، ރޯދަ ވީއްލުމެއް ދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންނަށް ރޯދަވީއްލުމެއް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މުލީއާގޭގައި މިއަދު ބޭއްވެވި މި ރޯދަވީއްލުމަށް ވަޑައިގެންނެވި ޢިއްޒަތްތެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރޯދަ މަހުގެ ތަހުނިޔާ ދަންނަވައި، އިޙްތިރާމް އަދާކުރައްވާފައި ކަމަށެވެ. ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނ...

''ކުރިއަށް އޮތް މަސްތަކުގައި ރާއްޖެ-ޔޫއޭއީގެ ގުޅުން އިތުރަށް ވަރުގަދަވުމަކީ އުންމީދު''
Raajje

''ކުރިއަށް އޮތް މަސްތަކުގައި ރާއްޖެ-ޔޫއޭއީގެ ގުޅުން އިތުރަށް ވަރުގަދަވުމަކީ އުންމީދު''

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޝައިޚް ރަޙްމާ ބިން ޢަބްދުއްރަޙްމާން އަލްޝާމްސީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގ...

ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނިންމާލިކަން ރައީސް ޢިއުލާން ކުރަށްވައިފި
Thiladhunmathi News

ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނިންމާލިކަން ރައީސް ޢިއުލާން ކުރަށްވައިފި

ހއ. ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ޢިއުލާން ކުރަށްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިއްދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފުރިހަމަކޮށް، އެ މަޝްރޫޢު މިހާރު ވަނީ އެއްކޮށް ނިންމާލާފައިކަމަށެވެ. HA. Dhidhoo reclamation completed. Details of project: Dredger Arrival : 03rd January 2026 Reclamation started: 04th January 2026 […]

ޖޭއެސްސީ އަށް ޝަފީޢު، އީސީ އަށް ރިފްޢަތު ޢައްޔަނުކުރަށްވައިފި
Raajje

ޖޭއެސްސީ އަށް ޝަފީޢު، އީސީ އަށް ރިފްޢަތު ޢައްޔަނުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދެ ކޮމިޝަނެއްގެ މެންބަރުކަމުގެ މަގާމަށް މިއަދު ދެ ބޭފުޅުން ޢައްޔަނުކުރަށްވައިފިއެވެ. މިގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަނީ އައު މެންބަރުން ޢައްޔަނުކުރައްވާފައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބުކުރި ފަނޑިޔާރެއްގެ ހައިސިއްޔަތުން، ކ. ދިއްފުށި، ސްވީޓްމީޑް އަލްއުސްތާޛު ޙަސަން ޝަފީޢު އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައ...

ރައީސް މިއަދު މައްޗަން ގޯޅި ރައްޔިތުންގެ ގާތަށް!
Raajje

ރައީސް މިއަދު މައްޗަން ގޯޅި ރައްޔިތުންގެ ގާތަށް!

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.   ކޮންގްރެސް ޕާޓީގެ ފަރާތުން މިއަދު މެންދުރު ފަހުން ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދިޔައީ މައްޗަން ގޯޅި ދާއިރާގައެވެ. މީގެ ކުރިން ރައީސް ވަނީ މާފަންނު ހުޅަނގު ދާއިރާގެ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތުގައިވެސް ބައިވެރިވެވަޑައިގެންފައ...