މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ކުމުންދޫ ރައްޔިތުން އެދޭ ލޮކޭޝަންގައި އައު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ދެ މަސް ތެރޭ ފަށަނީ
Thiladhunmathi News

ކުމުންދޫ ރައްޔިތުން އެދޭ ލޮކޭޝަންގައި އައު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ދެ މަސް ތެރޭ ފަށަނީ

ހދ. ކުމުންދޫ ރައްޔިތުން އެދޭ ލޮކޭޝަންގައި އައު ބަނދަރެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް، ގިނަވެގެން ދެ މަސް ތެރޭގައި ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ މެންދުރު ކުމުންދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވެވި ޖަލްސާއެއްގައެވެ. ރައީސް މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރެއްވި ރަސްމީ ދަތުރުފުޅުގ...

ކުޅުދުއްފުށި ސިޓީގައި ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް
Raajje

ކުޅުދުއްފުށި ސިޓީގައި ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް

ކުޅުދުއްފުށީ ސިޓީގައި ހޭންޑްބޯލް ބަލަން ތިބޭގޮތަށް ގާއިމުކުރެވޭ ސިޑިބަރިއާއެކު ހަގީގަތުގައި ގާއިމުވެގެން ދަނީ ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ކަމަށް ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދު ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. ރައީސްގެ ވާހަކަފުޅުގައި، ކުޅިވަރުގެ ދާއިރާއިން ކުޅުދު...

ކުމުންދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށްފަށައި މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފި
Thiladhunmathi News

ކުމުންދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށްފަށައި މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފި

ހދ. ކުމުންދޫ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށްފަށައި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ. ކުމުންދޫ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް  އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢު އެކެވެ. 102 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ކުމުންދޫގައި އާރްއޯ ޕްލާންޓެއް ބަހައ...

ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި
Thiladhunmathi News

ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މި ތަންތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި ދެރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ. ކުރިނބީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް […]

ނޭކުރެންދޫ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައި ހޭންޑްބޯޅަ ކޯޓު ހުޅުވައިފި
Thiladhunmathi News

ނޭކުރެންދޫ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައި ހޭންޑްބޯޅަ ކޯޓު ހުޅުވައިފި

ހދ. ނޭކުރެންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އިއްޔެ އަޅައި އެރަށު ހޭންޑްބޯޅަ ކޯޓު އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. ނޭކުރެންދޫ ހޭންޑްބޯޅަ ކޯޓު ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙއްމަދު މުޢިއްޒު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ނޭކުރެންދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މި ހޭންޑްބޯޅަ ކޯޓް ހުޅުއްވައި ދެއްވީ ވެސް ރައީސެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް […]

ވައިކަރަދޫގައި ފުރިހަމަ ފުޓްބޯޅަ ދަނޑަކާއި، އައުޓްޑޯ ޖިމެއް، ހޭންޑްބޯލް ކޯޓެއް އަދި ސްކޭޓް ޕާކެއް
Thiladhunmathi News

ވައިކަރަދޫގައި ފުރިހަމަ ފުޓްބޯޅަ ދަނޑަކާއި، އައުޓްޑޯ ޖިމެއް، ހޭންޑްބޯލް ކޯޓެއް އަދި ސްކޭޓް ޕާކެއް

ދ. ވައިކަރަދޫގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މިޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވައިކަރަދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ވައިކަރަދޫގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދެއްވުމަށް ސަރުކާ...

ކުމުންދޫ އާއި ކުރިނބީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ކުމުންދޫ އާއި ކުރިނބީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ކުމުންދޫ އަދި ކުރިނބީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އެ ދެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ދެ ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. މި ދެރަށުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށ...

ކުރިނބީ ބަނދަރުގެ މަސައްކަތް ނިމޭއިރު ގޮނޑުދޮށް ހިޔާތްކުރެވި މޫދަށް އެރޭ ސަރަހައްދަކާއި އޮޑި އެހެލާނެ ސަރަހައްދެއް
Thiladhunmathi News

ކުރިނބީ ބަނދަރުގެ މަސައްކަތް ނިމޭއިރު ގޮނޑުދޮށް ހިޔާތްކުރެވި މޫދަށް އެރޭ ސަރަހައްދަކާއި އޮޑި އެހެލާނެ ސަރަހައްދެއް

ހދ. ކުރިނބީ ބަނދަރު ތަރައްގީކުރުމުގެ ދެވަނަ ފިޔަވައްސެއްގައި މޫދަށް އެރޭ ސަރަހައްދަކާއި، އޮޑި އެހެލާނެ ސަރަހައްދަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފ...

ކުރިނބީ ޞިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން ސައުވީސް ގަޑިއިރު ޚިދުމަތް ލިބޭނެ: ރައީސް
Thiladhunmathi News

ކުރިނބީ ޞިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން ސައުވީސް ގަޑިއިރު ޚިދުމަތް ލިބޭނެ: ރައީސް

ހދ. ކުރިނބީ ޞިއްހީ މަރުކަޒުގެ އަލަށް އިމާރާތްކުރާ ޢިމާރާތުގެ މަސައްކަތް ނިމުމުން އެ މަރުކަޒުން 24 ގަޑިއިރު ޚިދުމަތް ދެވޭނެކަމުގެ ޔަޤީންކަން ރައީސް މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވާފައިވަނީ، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. މިއަދު ވަނީ ކުރިނބީ ޞިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރައްވާފަ...

ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން އެމްޓީސީސީއަށް، ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އަޅަން އެފްޑީސީއަށް
Thiladhunmathi News

ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން އެމްޓީސީސީއަށް، ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އަޅަން އެފްޑީސީއަށް

ހދ. ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ކުރިނބީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. […]

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އައު ޚިދުމަތްތަކެއް އިފްތިފާހުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އައު ޚިދުމަތްތަކެއް އިފްތިފާހުކޮށްފި

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ކޭޕީއެލް) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ކުޅުދުއްފުށީ ޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ ގޮތުން، މި އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދުއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ. ރައީސުލްޖުމްހޫރިއ...

ނޭކުރެންދޫ ސިއްޙީ މަރުކަޒު އެކްސްޓަންޝަން އިމާރާތުގެ ބިންގާ އަޅައިފި
Thiladhunmathi News

ނޭކުރެންދޫ ސިއްޙީ މަރުކަޒު އެކްސްޓަންޝަން އިމާރާތުގެ ބިންގާ އަޅައިފި

ހދ. ނޭކުރެންދޫ ޞިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ ބިންގާ އިއްޔެ އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ނޭކުރެންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނޭކުރެންދޫ ސިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމްއެވެ. މި...

ވައިކަރަދޫ އާއި ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ވައިކަރަދޫ އާއި ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ވައިކަރަދޫ އާއި ނޭކުރެންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ އެ ދެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ދެ ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. މި ދެރަށުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑި...

ކުޅުދުއްފުށި އެއާޕޯޓުގެ ޕެސެންޖަރ ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި
International

ކުޅުދުއްފުށި އެއާޕޯޓުގެ ޕެސެންޖަރ ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އިތުރަށް ތަރައްޤީކޮށް އެއެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އައު އިމާރާތެއް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި އެއަރޕޯޓުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ކުޅުދުއްފުށީ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގައެވެ. ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ...

ވައިކަރަދޫގައި އަންނަ އަހަރު ކުރީކޮޅު ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރަނީ
Thiladhunmathi News

ވައިކަރަދޫގައި އަންނަ އަހަރު ކުރީކޮޅު ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރަނީ

ހދ. ވައިކަރަދޫގައި އަންނަ އަހަރުގެ ކުރީކޮޅު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ދެއްވައިފިއެވެ. އެމަނިކުފާނު މިޔަގީންކަން ދެއްވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވައިކަރަދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ވައިކަރަދޫގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދިނުމަކީ އެރަށު ކައުންސިލުންވެސް...