އިސްލާމީ ޤައުމުތަކަށާއި އިސްލާމީ ޖަމާޢަތްތަކަށް ރައީސްގެ ރޯދަ ތަހުނިޔާ
1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް (ރޯދަ މަސް) ފެށުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށާއި ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް ފޮނުއްވި މި މެސެޖުތަކުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ސަރުކާރުތަކަށް ރަމަޟާން މަހުގެ ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ. އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ވަކިވަކީން ފޮނުއްވި މި މެސެޖުތަކުގައި ރައީސް މުޢިއްޒު ވ...