މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

73 Stories filed
"ޕޮލިސް އިނޮވޭޝަން އެންޑް ރިސަރޗް ކޮންފަރެންސް" މާޗު މަހު ބާއްވަނީ
Raajje

"ޕޮލިސް އިނޮވޭޝަން އެންޑް ރިސަރޗް ކޮންފަރެންސް" މާޗު މަހު ބާއްވަނީ

ދިވެހި ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް އާންމުންގެ މަޝްވަރާއަށް ހުޅުވާލައިފި އެވެ. “ޕޮލިސް އިނޮވޭޝަން އެންޑް ރިސަރޗް ކޮންފަރެންސް” ގެ ނަމުގައި ބާއްވާ މި ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ މާރޗު 18 އިން 21 ގެ ނިޔަލަށެވެ. މި ކޮންފަރެންސާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ މަގުސަދަކީ ރައްޔިތުންގެ މަޝްވަރާއާއި ބައިވެރިވުން ހިމެނޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ހެދު...

ފުލުހުންގެ ސަފުތަކަކީ ހަރުދަނާ ބަދަހި ސަފަކަށް ހެދިއްޖެ: އިމްރާން
Raajje

ފުލުހުންގެ ސަފުތަކަކީ ހަރުދަނާ ބަދަހި ސަފަކަށް ހެދިއްޖެ: އިމްރާން

ފުލުހުންގެ ސަފުތަކަކީ ހަރުދަނާ ބަދަހި ސަފަކަށް ހެދިއްޖެކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފުލުހުން ތަމްރީންކުރާ މަރުކަޒުގައި ހިންގި ފުރަތަމަ އަސާސީ ތަމްރީން ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. ފުލުހުންގެ ޚިދުމަތް މަދަނީ މުއައްސަސާއަކަށް ބަދަލުވެ، ފާއިތުވި 18 އަހަރުގެ ތެރޭގައި، މިހާރު މިދެކޭ ފަދަ ބޮޑު ކުރިއެރުމެއް ފުލުހުންގެ ޚިދުމަތަށް އައިސްފައި ނުވާކަން ފާހަގަކުރަ...

ޖަލުތަކަށް 220 ޖާގަ އާއި 241 އޮފިސަރުން އިތުރުކުރެވިއްޖެ: އިމްރާން
Raajje

ޖަލުތަކަށް 220 ޖާގަ އާއި 241 އޮފިސަރުން އިތުރުކުރެވިއްޖެ: އިމްރާން

ޖަލުތަކުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ކުރެވެންދާ މަސައްކަތުގެ ތެެރެއިން ޖަލުތަކަށް 220 ޖާގަ އިތުރުކުރެވި، 130 ޖާގަ އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅުނު އޮފިސަރުންނަށް ހިންގި ”ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 8 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން...

ކަރެކްޝަންސްއަށް 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ވަނީ ދީފައި: އިމްރާން
Raajje

ކަރެކްޝަންސްއަށް 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ވަނީ ދީފައި: އިމްރާން

މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށާއި، މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އަށް ސަރުކާރުން ދީފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، އެމްސީއެސްއިން ކުރިއަށް ގެންދާ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗް އިފްތިތާޙްކޮށްދެއްވުމަށްފަހު މިއަދު ދެއްކެވި ވާހަކައިގައެވެ. މިއަދު މެ...

ޖަލު ތެރެއިން މުޖުތަމައަށް ދިމާވަމުން އަންނަ މައްސަލަތައް ދަނީ އިތުރުވަމުން: އިމްރާން
Raajje

ޖަލު ތެރެއިން މުޖުތަމައަށް ދިމާވަމުން އަންނަ މައްސަލަތައް ދަނީ އިތުރުވަމުން: އިމްރާން

ރާއްޖޭގެ ޖަލުތަކުގައި ކުށްކުރާ މީހުން ގިނަވެ، ޖަލު ތެރެއިން މުޖުތަމައަށް ދިމާވަމުން އަންނަ މައްސަލަތައް ވެސް އިތުރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އިމްރާން މިހެން ވިދާޅުވީ ސްކޭމްތަކުން މީހުންނަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވާތީ، އެކަމާ ގުޅިގެން މުއައްސަސާތައް އެއް ތަނެއްގައި މަޝްވަރާ ކުރުމަށް ބޭއްވި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. 25 އަހަރަށް ޖަލަށްލާފައި ތިބޭ މީހުން، އެ މީހުން އަތުގައި ވަގުތު...

ހަށިވިއްކަން ފުރުސަތު ދީގެން ނުތިބެން، އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ: އިމްރާން
Raajje

ހަށިވިއްކަން ފުރުސަތު ދީގެން ނުތިބެން، އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ: އިމްރާން

ހަށިވިއްކުމަށް ފުރުސަތު ދީގެން ނުތިބޭ ކަމަށާއި އެކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ހޯމް މިނިސްޓްރީ، ދިވެހި ފުލުހުންގެ ހިދުމަތް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިހާރުކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ ސޯޝަލް މީޑިއާއިން މިހާރަކަށް އައިސް ގިނައިން ފެންނަނީ އެ މީޑިއާ (ހަށިވިއްކުން) ފުޅާވެފައިވާ މިންވަރު ކަމަށެވެ. އަދި ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން އެފަދަ ހަ...

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ  ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހޯދުނު ކާމިޔާބީތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ. އިމްރާން ވިދާޅުވީ އެކި މަރުހަލާތަކުގައި އަތުލައިގަނެ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށެވެ. އަދި އެންމެ އިސްކަމެ...

ރާއްޖޭގައި ފުރަތަމަ ފަހަރަށް "ހައި ސެކިއުރިޓީ" ޖަލެއް ހަދަނީ
Raajje

ރާއްޖޭގައި ފުރަތަމަ ފަހަރަށް "ހައި ސެކިއުރިޓީ" ޖަލެއް ހަދަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައި ސެކިއުރިޓީ ޖަލެއް ހަދަން ނިންމައި، އެ ޖަލު ގާއިމް ކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގެ “ޕީއެސްއެމް ނިއުސް” ގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު މިހެން ވިދާޅުވީ މިޖަލަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ގާއިމްކޮށްފައިވާ މިފަދަ ޖަލުތަކުގެ ޑިޒައިންތަކާއި އެއްގޮތަށް ބަލައި، އިމާރާތްކުރާ ޖަލެއް ކަމަށެވެ. ބޮޑެތި ކުށްތަކުގައި ހައްޔަރުކުރެވޭ މީހުންނާއި، މުޖުތަމަށް ނުރައްކާތެރި ކުށެވެރިން ބަންދު ކު...

ޤައުމެއް، ޤައުމެއްގެ ގޮތުގައި ކުރިއަރައިދަނީ ގައުމީ ލޯބީގެ އާރޯކަމާއި ބަދަހިކަމުގެ ސަބަބުން: އިމްރާން
Raajje

ޤައުމެއް، ޤައުމެއްގެ ގޮތުގައި ކުރިއަރައިދަނީ ގައުމީ ލޯބީގެ އާރޯކަމާއި ބަދަހިކަމުގެ ސަބަބުން: އިމްރާން

ޤައުމެއް، ޤައުމެއްގެ ގޮތުގައި ދެމިއޮވެ ކުރިއަރައިދާނީ ޤައުމުގެ ދަރިންގެ ހިތުގައި އޮންނަ ޤައުމީ ލޯބީގެ އާރޯކަމާއި ބަދަހިކަމާއި ވަރުގަދަކަމުގެ ސަބަބުން ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ޤައުމީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގައުމެއް، ގައުމެއްގެ ގޮތުގައި ކުރިއަރައިދާނީ ޤައުމަށް ކޮށްދެއްވިފައިވާ ޚިދުމަތުގެ ބޮޑުކަމާއި ފުރިހަމަކަމުން ކަމަށެވެ. އަދި ޤައުމަށްޓަކައި ވަމުންދާ ދިފާއީ އަދި ޤައުމީ ޤުރުބާނީތަކާއި، ފިދާތަކުގެ މަތިވެރިކަމުގެ...

ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލަކީ ޒުވާނުން ކުށްތަކާ ދުރުކުރުމަށް އެހީވެދޭނެ ތަނެއް: އިމްރާން
Raajje

ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލަކީ ޒުވާނުން ކުށްތަކާ ދުރުކުރުމަށް އެހީވެދޭނެ ތަނެއް: އިމްރާން

ހދ. ނޭކުރެންދޫ އިންޑަސްޓްރިއަލް ޕްރިޒަން އަކީ ރާއްޖޭގައި މިއަދު މިއޮތް ޒުވާނުން ކުށްތަކަށް އަރައިގަތުން ދުރުކޮށް އަނބުރާ މުޖުތަމައު އަށް ގެނައުމަށްޓަކައި ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން އެންމެމުހިންމު އެއް މަސައްކަތް ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވީ ނޭކުރެންދޫ ގައި ސަރުކާރުން އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. ހޯމް މިނިސްޓަރ އިމްރާން...

ނޭކުރެންދޫ ގައި އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއިކޮށްފި
News

ނޭކުރެންދޫ ގައި އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ނޭކުރެންދޫ ގައި ސަރުކާރުން އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ. ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަސައްކަތް ހަވާލުކުރީ ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދު އެވެ. ޔުނިކް ޗޮއިސް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޔާޒް އަލީ އެވެ. ނޭކުރެންދޫގެ […]

ނޭކުރެންދޫ ކަރެކްޝަނަލް ސެންޓަރުގެ މައްސަލާގައި ހޯމް މިނިސްޓަރު ދެއްވި ޖަވާބު އިތުރަށް ދިރާސާކުރަނީ
Thiladhunmathi News

ނޭކުރެންދޫ ކަރެކްޝަނަލް ސެންޓަރުގެ މައްސަލާގައި ހޯމް މިނިސްޓަރު ދެއްވި ޖަވާބު އިތުރަށް ދިރާސާކުރަނީ

ހދ. ނޭކުރެންދޫގައި ގާއިމްކުރާ ކަރެކްޝަނަލް ސެންޓަރުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ފޮނުއްވި ޖަވާބުގެ ތެދުދޮގު ބަލައި، ޖަވާބު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވުމަށް ނިންމައިފި އެވެ. އެ މައްސަލާގައި މަކުނުދޫ ދާއިރާގެ މެމްބަރު އަހުމަދު ރާއީ ސުވާލުކުރެއްވި މަޝްރޫއުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ މައުލޫމާތު ސާފުކުރުމަށާއި މިކަމާއި ގުޅޭގޮތުން މީގެ ކުރިން އެއްވެސް ފަހަރެއްގައި އިތުރުފުޅު ހައްދަވާފާނެތޯ އެވެ. އޭގެ ޖަވާބުގައި ހޯމް މިނިސް...

އަންނަން އޮތްޖީލުތަކަށް ޤައުމު ގެންގޮސްދިނުމަކީ މިޖީލުގެ ޒިންމާއެއް: އިމްރާން
Raajje

އަންނަން އޮތްޖީލުތަކަށް ޤައުމު ގެންގޮސްދިނުމަކީ މިޖީލުގެ ޒިންމާއެއް: އިމްރާން

އަންނަން އޮތްޖީލުތަކަށް މިޤައުމު ގެންގޮސްދިނުމަކީ މިޖީލުގެ ދިވެހިންގެ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާކަދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ ޤައުމެއް ބިނާވަނީ އެގައުމެއްގެ ބަހާތަކާއި ރުކުންތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމިއްޔަތު ބިނާވެގެންވަނީ އިސްލާމްދީނާއި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައިގެ މައްޗަށްކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރ ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ގ...

2033 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އަދާލަތުން: އިމްރާން
Raajje

2033 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އަދާލަތުން: އިމްރާން

2033 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އެ ދައުރުގައި ރައީސްކަން ކުރަށްވާނީ އަދާލަތު ޕާޓީ (އޭޕީ) އަށް ނިސްބަތްވާ ބޭފުޅެއްކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އަދާލަތު ޕާޓީގެ ސިޔާސީ ޚަރަކާތްތައް ފުޅާކުރަމުން އަންނައިރު، އެ ޕާޓީގެ ކުރިމަގުގެ ޕްލޭނެއް ވެސް މިހާރު ވަނީ އެކުލަވާލައި ފާސްކޮށްފައެވެ. އަދި އަތޮޅުތަކަށް ދަތުރުފަށައި، މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދ...

ޖަލަކީ އޯގާތެރި އަޅާލާ ތަނަކަށް ވެއްޖެ: އިމްރާން
Raajje

ޖަލަކީ އޯގާތެރި އަޅާލާ ތަނަކަށް ވެއްޖެ: އިމްރާން

ޖަލުތަކުގައި ކުރެވުނު ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އެންމެ އުފާކުރައްވާކަމަކީ ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ޘަޤާފަތާއި، ފަލްސަފާ މާޒީގެ ސަފްހާތަކަށްލާ، ޖަލަކީ އޯގާވެރިކަމާއެކު އަޅާލާ ތަނަކަށް ބަދަލުވެގެން ދިއުންކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ ޕްރިޒަން ބޭސްޑް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މި ސަރުކާރު އައީ ޖަލުތައް ރިފޯމް ކުރުމުގެ އެޖެންޑާ ހި...