މާއުނގޫދޫގައި ބޭއްވި ސަޤާފީ ހަވީރު ނައިބު ރައީސް ޝަރަފުވެރިކޮށް ދެއްވައިފި
މިއަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ށ.މާއުނގޫދޫގައި އިއްޔެ ބޭއްވި ސަޤާފީ ހަވީރު ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށް ދެއްވައިފިއެވެ. ށ. އަތޮޅު ކައުންސިލުން އިސްނަގައިގެން އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ރަސްމީ ހަރަކާތްތައް މިއަހަރު ބާއްވަން ކަނޑައަޅާފައި ވަނީ މާއުނގޫދޫއެވެ. މި ދުވަސް ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށްފަހު ނައިބު ރައީސް ވަނީ، ޤައުމީ ދުވަހާއި ގުޅުވައިގެން އެރަށުގައި ބޭއްވި ސަޤާފީ ހަވީރު ވެސް ޝަރަފްވެރިކޮ...