ހަންޏާމީދޫގެ އާ ހާބަރ ބޭސިން ފުންކޮށް ނިންމާލައިފި
އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި ނެރަށް ވަންނަން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ނިންމާލާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށި ލުމިގެ މަސައްކަތް ކަމަށެވެ. އެގޮތުން މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މި މަހުގެ ހަތަރު ވަނަ ދުވަހު އެރަށަށް […]