ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޭޕްރިލް މަހުއެވެ. މިހާރު ކުރިއަށްދަނީ ހާބަ ބޭސިން އާއި ނެރަށް ވަންނަން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތެވެ.

Ad
rt

ހާބާ ބޭސިން ފުކުރުމުގެ މަސައްކަތުގެ ދަށުން 8.5 އެމްއެސްއެލް (މީން ސީ ލެވެލް) ފުން ކުރާނެއެވެ. މި މަސައްކަތުގައި ބޭނުން ކުރަނީ އެ ކުންފުނީގެ ”ޖައްރާފާ 3“އެވެ.

މި މަސައްކަތް ކުރަނީ ތިން ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 471,380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 1788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 68.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.