ހަނިމާދޫ ބަނދަރުގެ ގްރޮއިން ޖަހަން ބޮޑުހިލަ ގެންގޮސްފި
ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމަށް ބޭނުންވާ ބޮޑުހިލަ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި ބޮޑުހިލަ ގެންގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި މަޝްރޫއުގެ 53،523 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި 31,576 މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 355 މީޓަރުގެ ބޭރުތޮއްޓަކާއި 50 މީޓަރުގެ ސަރަހައްދެއް...