ރ. ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފެށީ މިއަދުއެވެ.
މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ވެލި ބެކްފިލް ކުރުމާއި،250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި
ޕްރެސް ރިލީޒް:https://t.co/orfWswfvFW @MTCCPlc pic.twitter.com/8SzjuiriU5
— Adam Azim (@adamazim) September 14, 2021
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހިޔެ ތެރޭގައި ނިންމާ ގޮތަށް 8.96 މިލިއަން ރުފިޔާއަށެވެ.
އެމްޓީސީސީއަކީ ސަރުކާރުގެ ތަރައްގީގެ ބިޔަ އެންމެ ގިނަ މަޝްރޫޢުތައް ހިންގާ ސަރުކާރުގެ ކުންފުންޏެވެ. އެ ކުންފުނިންދަނީ ބިން ހިއްކުމާއި، އެއާޕޯޓްތައް ތަރައްގީ ކުރުމާއި، ބަނދަރުތައް ހެދުމާއި، މަގު ހެދުމާއި، ސަރުކާރުގެ ފެސިލިޓީތައް އިމާރާތް ކުރުންފަދަ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!