ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 16.94 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ ދަށުން 270 މީޓަރުގެ ބޭރު ތޮއްޓެއް ލާނެއެވެ.
މީގެއިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަޙައްދަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!