ސިއްޙީ ކުނި ރައްކާތެރިކަމާއެކު ނައްތާލަން ބާރަށުގައި ހެދި ޒަމާނީ ފެސިލިޓީގެ ޚިދުމަތް ފަށަނީ
ހއ. ބާރަށުގައި ސިއްޙީ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތިމާވެށްޓާއި ސިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާއިމުކުރި “ހެލްތް ކެއަރ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ” ގެ ޢަމަލީ މަސައްކަތްތައް މި ހިނގާ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން ބުނެފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން ބުނީ މި މަޝްރޫޢަކީ ސިއްޙީ ފަރުވާދޭ ތަންތަނުން އުފެދޭ ނުރައްކާތެރި ކެމިކަލްތަކާއި އެހެނިހެނ...