މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ކަނޑުމަތީގެ ހާދިސާތައް

164 Stories filed
ލޯންޗެއް ބަންޑުން ޖަހައިލުން: ގެއްލިގެން ހޯދަމުން ދަނީ އިންޑިއާ ދެ ރައްޔިތުން
Raajje

ލޯންޗެއް ބަންޑުން ޖަހައިލުން: ގެއްލިގެން ހޯދަމުން ދަނީ އިންޑިއާ ދެ ރައްޔިތުން

ވ. ފެލިދޫ ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއް ރޭ ބަންޑުން ޖަހައިލި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އިންޑިއާގެ ދެ ރައްޔިތުންކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާގެ ފަހުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ، މި ހާދިސާ ހިނގި ވަގުތު އެ ލޯންޗުގައި ޖުމުލަ ހަތް މީހުން ތިބިކަން މިހާރު ވަނީ ކަށަވަރު ކުރެވިފައިވާ ކަމަށެވެ. މި ހާދިސާގައި ލޯންޗުން ދަތުރުކުރީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. […]

ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ
Raajje

ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ

ވ. ފެލިދޫ ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައިވާގޮތުން މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ލޯންޗު ބަންޑުން ޖަހާލި އިރު އޭގައި ޖުމްލަ ފަސް މީހުން ދަތުރުކުރަމުން ދިޔަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މީގެ ތެރެއިން ތިން މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ. ލޯންޗެއް ބަންޑުން ޖަހައިލުން: ގެއްލިގ...

ލޯންޗެއް ބަންޑުންޖަހާލައި، މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި
Raajje

ލޯންޗެއް ބަންޑުންޖަހާލައި، މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި

ކ. ގުޅީފަޅު ކައިރިން ދަތުރުކުރަމުންދަނިކޮށް، ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައިފިއެވެ. މި ހާދިސާގައި ކަނޑުވި މީހުންނަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. “ބުލެޓް ސްޕީޑް” ނަމަކަށް ކިޔާ މި ލޯންޗު ބަންޑުންޖަހާލިއިރު، އޭގައި 9 ފަތުރުވެރިންނާއި، 2 ފަޅުވެރިންގެ އިތުރުން ލޯންޗުގެ ކެޕްޓަން ހިމެނޭހެން ޖުމްލަ 12 މީހުން ތިއްބެވެ. ލޯންޗު ބަންޑުންޖަހާލުމާ ގުޅިގެން ކަނޑުވެފައި ތިއްބައި މި އެންމެން ފުރަތަމަ ނަގާ...

މާލެ ސަރަހައްދުގައި ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
Raajje

މާލެ ސަރަހައްދުގައި ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މާލެ ސަރަހައްދުގެ ކަނޑުމަތީގައި ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ވިލިމާލެ އާއި ތިލަފުއްޓާ ދެމެދުގައި ކަމަށެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެކްސިޑެންޓުވި ދެ ލޯންޗަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ފާހަގަކުރެއެވެ. މި ތަނުން އެއް ލޯންޗްގައި 21 މީހުން ތިބިއިރު، އަނެއް ލޯންޗްގައި 4 މީހުން […]

ދޯނި ބަންޑުންޖަހާލި ހާދިސާގައި ނިޔާވީ ކެޕްޓަން، ބިދޭސީ މީހާ ހޯދުމުގެ މަސައްކަތްކުރިއަށް
Raajje

ދޯނި ބަންޑުންޖަހާލި ހާދިސާގައި ނިޔާވީ ކެޕްޓަން، ބިދޭސީ މީހާ ހޯދުމުގެ މަސައްކަތްކުރިއަށް

މިއަދު ހެނދުނު ކާފު އަތޮޅު އެނބޫދޫފިނޮޅު ކައިރިން “ބަލަމާ 6” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި، ގެއްލުނު ދެ މީހުންތެރެއިން ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހަތަރު މީހުންނާއެކު ދަތުރުކުރި މި ދޯނި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 07:27 ހާއިރުއެވެ. ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި ހަތަރު މީހުންގެ […]

މުދާ އުފުލާ ދޯންޏެއް ބަންޑުންޖަހައިލުން: ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

މުދާ އުފުލާ ދޯންޏެއް ބަންޑުންޖަހައިލުން: ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

މުދާ އުފުލާ ދޯންޏެއް ބަންޑުންޖަހާލައި މިއަދު ހިނގި ހާދިސާގައި ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ކ. ވާދޫ ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނީ މިއަދު ހެނދުނުއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި “ބަލްމާ 6” ނަމަކަށް ކިޔާ މި ދޯނި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 07:27 ހާއިރުއެވެ. މި […]

67 ފަތުރުވެރިންނާއިއެކު މާފުއްޓަށް ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓި ފަރަށް އަރައިފި
Raajje

67 ފަތުރުވެރިންނާއިއެކު މާފުއްޓަށް ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓި ފަރަށް އަރައިފި

މާލެއިން ފުރައިގެން ކ. މާފުއްޓަށް ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓި، އެމްބޫދޫ ފަރަށް އަރައިފި އެވެ. މެރެއިން ޕޮލިސް އިން މަޢުލޫމާތުދެއްވި ގޮތުގައި، މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ 72 މީހުން ތިބި ކަމަށްވެއެވެ. ފުލުހުން ބުނީ، މިއަދު ހެނދުނު 11:24 ހާއިރު ހިނގި މި ހާދިސާގައި، ފެރީގައި ތިބި އެންމެން މިހާރު ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކުރެވިފަކަމަށެވެ. އުޅަނދުގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ 67 ފަތުރުވެރިންނާއި، 3 ދިވެހިންގެ އިތުރުން 2 ބިދޭސީ […]

ސަފާރީއެއްގައި އަލިފާން ރޯވެއްޖެ
Raajje

ސަފާރީއެއްގައި އަލިފާން ރޯވެއްޖެ

ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ “ޔަސާވާ ޕްރިންސަސް” ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށެވެ. އެ ސަފާރީގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އަލިފާން ރޯވިއިރު މި ސަފާރީ އޮތީ ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައެވެ. ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.  

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ
Raajje

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. ފުލުހުންނަށް މިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު (21 ޑިސެންބަރު 2025)ގެ 10:17 އެހާކަންހާއިރުއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއްގެ ހަށިގަނޑެވެ. އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ ކ. އަތޮޅު ކ...

ދޯންޏެއްގެ އިންޖީނު ހުއްޓި ހާލުގައި ޖެހުމުން ފުލުހުން އެހީތެރިވެއްޖެ
Raajje

ދޯންޏެއްގެ އިންޖީނު ހުއްޓި ހާލުގައި ޖެހުމުން ފުލުހުން އެހީތެރިވެއްޖެ

ފުވައްމުލައް ސިޓީ އިން އަންހެނުންނާއި ކުޑަކުއްޖަކާއެކު މަހަށް ނުކުމެ އުޅެނިކޮށް އިންޖީނު ހުއްޓި ހާލުގައި ޖެހުނު ދޯންޏަކަށް ފުލުހުން އެހީތެރިވެއްޖެއެވެ. ފުލުހުން މިރޭ ބުނީ، ފުވައްމުލައް ސިޓީ އިން މަސްބާނަން ނިކުމެ އުޅުނު ”ސަވާރީ” ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު 2025 ޑިސެންބަރު 19 ވަނަ ދުވަހުގެ 15:50 އެހާކަންހާއިރު ފުލުހުންނަށް ލިބުނުކަމަށެވެ. މިކަމުގެ މައުލޫމާތު ފުވައްމުލައްސިޓީ ޕޮލިހަށް ލިބުމާއެކު ފުލުހުން އެސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 [...

ފުނައިދޫއިން ފީވަކަށް ދަނިކޮށް ކަނޑުވި މީހަކު ސަލާމަތްކޮށްފި
Thiladhunmathi News

ފުނައިދޫއިން ފީވަކަށް ދަނިކޮށް ކަނޑުވި މީހަކު ސަލާމަތްކޮށްފި

ށ. ފުނަދޫ އިން ފުރައިގެން އެ އަތޮޅު ފީވަކަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވެ ކަނޑުވި މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ. ފުލުހުން ބުނީ، ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށް ދާކަމުގެ މައުލޫމާތު މިއަދު 11:50 އެހާކަންހާއިރު އެ އިދާރާއަށް ލިބުނު ކަމަށެވެ. މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެސަރަހައްދަށް ގޮސް އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އެ ދޯނި ހޯދުމުގެ މަސައްކަތް ފެށިކަމަށް ފުލުހުން ބުންޏެވެ. ”އެ ސަރަހައްދު ބަލަމުންދަނިކޮށް ދޯނިން […]

މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަކަށް އަރައި އަޑިއަށްދަނީ
Raajje

މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަކަށް އަރައި އަޑިއަށްދަނީ

މާލެއިން ގދ. ފަރެސްމާތޮޑާއަށް މުދާ ބަރުކޮށްގެން ދަތުރުކުރި ‘ފަހިރޯޅި’ ނަމަކަށް ކިޔާ ބޯޓެއް ވ. ފެލިދޫ ކައިރި ފަރަކަށް އަރައި، ބޯޓު އަޑިއަށްދާން ފަށައިފިއެވެ. މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 12 މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށް، ފެލިދޫއަށް ގެންގޮސްފައެވެ. ފުލުހުން މިއަދު ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވަނީ 7 ނޮވެމްބަރު 2025 ވަނަ ދުވަހުގެ ފަތިހު 05:01 ހާއިރު ކަމަށެވެ. ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓު […]

ކޮޅުވެއްޓި ބަންޑުން ޖަހައިލުން: ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ އަދަދު 6 އަށް
Raajje

ކޮޅުވެއްޓި ބަންޑުން ޖަހައިލުން: ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ އަދަދު 6 އަށް

މިއަދު މާލޭގެ އެމްޕީއެލް އާއި ދިމާ ބޭރަށް ކޮޅުވެއްޓިއެއް ބަނޑުން ޖަހާލި ހާދިސާގައި މިހާތަނަށް 6 މީހަކު ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މި ހަ މީހުންގެ ތެރޭގައި ހިމެނެނީ 4 ފިރިހެނުންނާއި ދިވެއްސެކެވެ. މިހާދިސާގައި ގެއްލުނު މީހާ ކޮޅުވެއްޓި ތެރެއިން ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަނީ މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވައި ވަނީ މިއަދު މެންދުރ...

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަނީ
Raajje

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މެރިން ޕޮލިހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލޭ އެމްޕީއެލް އާއި ދިމާ ބޭރުގައެވެ. މި ހާދިސާގައި ތިން ފަޅުވެރިއަކު ވަނީ ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެކަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ. 16:58 ހާއިރު އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދި މީހާ ސިފައިންގެ ޑައިވަރުން ހޯދައި، އެމީހާ ”ނަގާފައިވާ” ކަމަށެވެ.  

ލޭންޑިން ކްރާފްޓް ހާދިސާ: ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެ
Raajje

ލޭންޑިން ކްރާފްޓް ހާދިސާ: ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެ

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލުނު ހާދިސާގައި ގެއްލުނު މީހުން ހޯދަމުން އަންނަނިކޮށް ތިންވަނަ މީހާގެ ހަށިގަނޑުވެސް ފެނިއްޖެއެވެ. އެމްއެންޑީއެފުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ 3 ވަނަ މީހާގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށެވެ. ”ބަންޑުން ޖަހާލައި، އަޑިއަށް ދިޔަ “އަލްމާކް-ފިޔަ” ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު ވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ފެނިފައި” އެމްއެންޑީއެ...