މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
''ކޮންމެ އަންހެނަކާއި އަންހެންކުއްޖަކު ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިކުރުމަށް މިއަދު ޢަޒުމް ކަނޑައަޅަންޖެހޭ''
Raajje

''ކޮންމެ އަންހެނަކާއި އަންހެންކުއްޖަކު ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިކުރުމަށް މިއަދު ޢަޒުމް ކަނޑައަޅަންޖެހޭ''

ކޮންމެ އަންހެނަކާއި އަންހެންކުއްޖަކު ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިކުރުމަށް މިއަދު ޢަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ. މިއީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަސްކަމަށް ވުމާއެކު، ރައީސް މިކަމަށް ގޮވާލެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤުވާމީ މި ދުވަހު، ކޮންމެ އަނ...

ވިހެއުމުގެ ތެރޭގައި ނަޒާހަތު ނިޔާވުމަކީ ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވިކަމެއް: ރައީސް
Raajje

ވިހެއުމުގެ ތެރޭގައި ނަޒާހަތު ނިޔާވުމަކީ ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވިކަމެއް: ރައީސް

އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)އަށް ވިހަން ގޮސް ހުއްޓައި ކުއްލިއަކަށް ހާލު ދެރަވެ، ކުއްލި ސިޒޭރިއަނެއް ހެދި އާއިޝަތު ނަޒާހަތު އަހްމަދުދީދީ ނިޔާވި ހާދިސާއަކީ ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވިކަމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ނަޒާހަތު ނިޔާވީ ސިޒޭރިއަނަށް ފަހުއެވެ. އޭނާ އަކީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރެއްގެ މަގާމު ފުރަމުން ދިޔަ މީހެކ...

ރައީސް މުޢިއްޒު މާދަމާ ރޭ މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރައްވަނީ
Raajje

ރައީސް މުޢިއްޒު މާދަމާ ރޭ މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާދަމާ ރޭ މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ. މިއީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ފެއްޓެވި ސިލްސިލާގެ ދެވަނަ ބައްދަލުވުމެވެ. މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން އޮތީ އާދީއްތަ ދުވަހުގެ ރޭ ވިލިމާލޭގައި ވިލިމާލޭގައި ދިރިއުޅޭ...

''ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރު ފެށޭނެ، ހާއްސަކުރާނީ ވިލިމާލޭގެ ރައްޔިތުންނަށް''
Raajje

''ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރު ފެށޭނެ، ހާއްސަކުރާނީ ވިލިމާލޭގެ ރައްޔިތުންނަށް''

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށާއި، އެ ޔުނިޓްތައް ޙާއްސަ ކުރެވިގެންދާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު ވަނީ، މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން، މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، 1...

ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ފީފާ ފެންވަރުގެ ދަނޑެއް
Raajje

ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ފީފާ ފެންވަރުގެ ދަނޑެއް

ވިލިމާލޭގެ ރައްޔިތުންނަށް އަމާޒުކޮށް، އެ ރަށުގައި ކުޅިވަރުގެ ބޮޑެތި ދެ މަޝްރޫޢެއް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިލިމާލޭގައި އުޅޭ ރައްޔިތުންނަށް ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ މިރޭ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ދެ މަޝްރޫޢަކީ ވިލިމާލޭގައި 1200 މީހުންގެ ޖާގައިގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމާއި، މިހާރުގެ ފުޓްބޯޅަ ދަނޑު ފީފާ ފެންވަރަށް ތަރައްގީކޮށްދެއްވުމެވެ. މިކަމާ ގުޅޭގޮތ...

''ދޮންބަންޑާރައިންގެ ޤައުމީ ޖިހާދުގެ ހަނދާންތައް ދިވެހި ޤައުމު ޝުކުރުވެރިކަމާއެކު އަބަދުވެސް ހަނދާންކުރޭ''
Raajje

''ދޮންބަންޑާރައިންގެ ޤައުމީ ޖިހާދުގެ ހަނދާންތައް ދިވެހި ޤައުމު ޝުކުރުވެރިކަމާއެކު އަބަދުވެސް ހަނދާންކުރޭ''

ދިވެހިރާއްޖެ ހޮޅީންގެ ނުރައްކަލުން ސަލާމަތްކޮށްދެއްވި ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު 3 ގަރުނު ވާން ކައިރިވީ އިރުވެސް މި ފަސްގަނޑުގައި ދިރިދިރި އެބަހުރިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ފަޚުރުވެރި ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. މިއަދަށް 281 އަހަރު ފުރޭ މި ޤައުމީ ޖިހާދުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފަ...

ރައީސް މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ފުރަތަމަ ބައްދަލުވުން ވިލިމާލެ ރައްޔިތުންނާއެކު
Raajje

ރައީސް މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ފުރަތަމަ ބައްދަލުވުން ވިލިމާލެ ރައްޔިތުންނާއެކު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާދަމަ ރޭ (23 ވާ އާދީއްތަ ދުވަަހުގެރޭ) ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނެކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް މުޢިއްޒު ވަނީ، މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން، މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، 17 ނޮވެމްބަރު 2025 ގައި “ރައްޔިތުންނާއެކު ކުރިއަށް-...

އިސްލާމްދީނުގެ އިމުން ބޭރުވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ރައީސް އެދިވަޑައިގެންފި
Raajje

އިސްލާމްދީނުގެ އިމުން ބޭރުވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ރައީސް އެދިވަޑައިގެންފި

ރާއްޖޭގައި އިސްލާމްދީނުގެ ޙުދޫދުން ބޭރުވާފަދަ ކަންކަން އެއްވެސް ބަޔަކު ނުކުރުމަށް ރައީސް މުޙައްމައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ. އޮލިމްޕަހުގައި ރޭ އެޅުވި ދިވެހި ފިލްމު “ލިލީ” ގެ ކާޕެޓް އިވެންޓަށް އިސްލާމްދީނާއި ދިވެހި ސަގާފަތާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން ފިރިހެނަކު ދިޔަ ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. އަދި އެކަމާއި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މު...

މާލޭ "ޒުވާނުންގެ ވެހި" ރަސްމީކޮށް ހުޅުވައިފި
Raajje

މާލޭ "ޒުވާނުންގެ ވެހި" ރަސްމީކޮށް ހުޅުވައިފި

ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމަޢުގެ އެކި ފަރާތްތަކާއެކު އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ސަރުކާރުން މާލޭގައި ތަރައްޤީކުރެއްވި ފުރަތަމަ “ޒުވާނުންގެ ވެހި” މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި މަރުކަޒަކީ ޒުވާނުންގެ “ތަރޑް ސްޕޭސް” ނުވަތަ ޒުވާނުންނަށް ޚާއްޞަ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް ތަރައްޤީކުރެއްވި ތަނެކެވެ. ލިލީމަގުގައި ހުންނަ، މުލީއާގެ ގަރާޖުގެ ގޮތުގައި ކުރިން ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ޒުވާނުންގެ ވެހީގެ ގޮތުގައި ތަރައްޤީކުރައްވައި ރަސްމީކޮށް އެތަން ހު...

ދިވެހި ކުޑަކުދިންނަކީ ޤައުމުގެ އުންމީދު އަދި ފާގަތި މުސްތަޤުބަލެއްގެ ބިންގާ: ރައީސް
Raajje

ދިވެހި ކުޑަކުދިންނަކީ ޤައުމުގެ އުންމީދު އަދި ފާގަތި މުސްތަޤުބަލެއްގެ ބިންގާ: ރައީސް

ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ކުޑަކުދިންނަކީ މި ޤައުމުގެ އުންމީދުގެ ހުޅުކޮޅުކަމުގައާއި، ފާގަތި މުސްތަޤުބަލެއްގެ ބިންގަލުގެ ގޮތުގައި ސިފަކުރަށްވައިފިއެެ. ރައީސް މިފަދައިން ވިދާޅުވީ، ކޮންމެ އަހަރެއްގެ ނޮވެންބަރު 20 ވަނަ ދުވަހު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރެއްވި މެސެޖެއްގައެވެ. އެ މަނިކުފާނުގެ މެސެޖުގައި ވަނީ، ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ރައްކާތެރިކަމާއި، އަބުރުވެރިކ...

ހުރިހާ ބައިނަލްއަޤުވާމީ ވައިގެބަނދަރުތަކުގައި ވެސް އީގޭޓް ހަރުކުރަނީ
News

ހުރިހާ ބައިނަލްއަޤުވާމީ ވައިގެބަނދަރުތަކުގައި ވެސް އީގޭޓް ހަރުކުރަނީ

ރާއްޖޭގެ ހުރިހާ ބައިނަލްއަޤުވާމީ ވައިގެބަނދަރުތަކުގައިވެސް 2026 ވަނަ އަހަރު، އީގޭޓްތައް ހަރުކޮށް، ބޭނުންކުރަން ފެށޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލުގައި، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭގޮތަށް އީގޭޓް ހަރުކުރުމަށް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވީ، 1 ޖަނަވަރީ 2026 ގެ ކުރިން، ވީއައިއޭގެ އެރައިވަލް އަދި ޑިޕާޗަރ ޓަރމިނަލް ހިމެނޭގޮތަށް، ކޮންމެ ޓަ...

މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ހުޅުވައިފި
Raajje

މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ހުޅުވައިފި

ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ، މިއަދު ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު މާފަންނުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މާލެ ސަރަޙައްދުގައި ފޯރުކޮށްދެއްވާ ޞ...

ރައީސްގެ ދެކަނބަލުން ފަލަސްޠީނުގެ ފުޓްބޯޅަ ޓީމާއެކު ވަގުތުކޮޅެއް
Raajje

ރައީސްގެ ދެކަނބަލުން ފަލަސްޠީނުގެ ފުޓްބޯޅަ ޓީމާއެކު ވަގުތުކޮޅެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ފަލަސްޠީނުގެ 17 އަހަރުންދަށުގެ ފުޓްބޯޅަ ޓީމަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ. މި ހާއްސަ ފަރިއްކޮޅު ބާއްވާފައިވަނީ އަންގާރަ ދުވަހު މެންދުރު ހޮޓެލް ޖެންގެ ބޯލްރޫމުގައެވެ. މި ފަރިއްކޮޅުގައި ސަރުކާރުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުވެސް ބައިވެރިވިއެވެ. ފަލަސްތީނުގެ ޓީމު ރާއްޖެއަށް މިކުރާ ދަތުރަކީ، އޭ.އެފް.ސީ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ކޮލިފައިންގައި ބައިވެރިވ...

މިފަހަރު މުސާރަ ލިބޭއިރު ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ޖުމުލަކޮށް މުސާރަތައް ބޮޑުވާނެ: ރައީސް
Raajje

މިފަހަރު މުސާރަ ލިބޭއިރު ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ޖުމުލަކޮށް މުސާރަތައް ބޮޑުވާނެ: ރައީސް

މިފަހަރު މުސާރަ ލިބޭއިރު ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ޖުމުލަކޮށް މުސާރަތައް ބޮޑުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު” ގައި ސަރުކާރުގެ ދެ އަހަރު ދުވަހުގެ މަސައްކަތްތަކުގެ މައްޗަށް ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތ...

''ދިވެހި ޒުވާނުން ބޭނުންވަނީ ކުށްތަކުން ދުރުވާން، ސިޔާސަތަކީ ޒުވާނުން އެކަންކަމުން ސަލާމަތްކޮށްދިނުން''
Raajje

''ދިވެހި ޒުވާނުން ބޭނުންވަނީ ކުށްތަކުން ދުރުވާން، ސިޔާސަތަކީ ޒުވާނުން އެކަންކަމުން ސަލާމަތްކޮށްދިނުން''

ދިވެހި ޒުވާނުން ބޭނުންވަނީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުން ދުރުވާންކަމަށާއި، އެކަމުން ޒުވާނުން ސަލާމަތްކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު”ގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ޒުވާނުން ބޭނުންވަނީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުން ދުރުވާންކަ...