މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ވަހީދު ސްޕެޝަލް އެންވޯއިގެ މަގާމުން އިސްތިއުފާދެއްވައިފި
Raajje

ވަހީދު ސްޕެޝަލް އެންވޯއިގެ މަގާމުން އިސްތިއުފާދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވާފައެވެ. މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި ރައީސް ވަޙީދު ވިދާޅުވީ، އެމެރިކާގެ ބިލިއަނަރު ޖެފްރީ އެޕްސްޓީންއާއި ގުޅުވައި ކުރެވޭ ދޮގު ތުހުމަތުތަކުގެ ސަބަބުން ބޮޑެތި...

ސަލީމްގެ ''އެޗްއާރުސީއެމްގެ ހަނދާންތައް'' ފޮތް ރައީސަށް އަރުވައިފި
Raajje

ސަލީމްގެ ''އެޗްއާރުސީއެމްގެ ހަނދާންތައް'' ފޮތް ރައީސަށް އަރުވައިފި

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް ލިބިވަޑައިގެންފައިވާ، ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސް، އަޙްމަދު ސަލީމް ލިޔުއްވި ”އެޗް.އާރު.ސީ.އެމް. ގެ ހަނދާންތައް” ފޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު ހަދިޔާ ކުރައްވައިފިއެވެ. މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވާފައެވެ. މި ފޮތުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފ...

އައިޔޫއެމްގެ ޗާންސެލަރު ޒާހިރު އިސްތިއުފާ ހުށަހަޅުއްވައިފި، ޚިދުމަތަށް ރައީސްގެ ޝުކުރު
International

އައިޔޫއެމްގެ ޗާންސެލަރު ޒާހިރު އިސްތިއުފާ ހުށަހަޅުއްވައިފި، ޚިދުމަތަށް ރައީސްގެ ޝުކުރު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ޗާންސެލަރު ކަމުގެ މަގާމުން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާ ދެއްވަން ހުށަހަޅުއްވައިފިއެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ޑރ. ޒާހިރާ ބައްދަލުކުރައްވައި، އެމަނިކުފާނު ދައުލަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޑރ. ޒާހިރަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގ...

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި
Raajje

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ގިރާވަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް މިއަދު ހެނދުނު ރަސްމީކޮށް ފަށާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒޔ އިޢުލާނު ކުރައްވައިފިއެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަސައްކަތް ކުރިއަށް ދަނީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ ބޮޑު ޑްރެޖަރެއް ކަމަށްވާ ‘އޮރަންޖީ’ ބޭނުންކޮށްގެންނެވެ. މި ޑްރެޖަރުގެ އެހީގައި ހިއްކުމުގެ މަސައްކަތް ބާރުދުވެލީގައި...

ނ.ގެ ދެވަނަ އެއާޕޯޓު ވިހަފަރުގައި އަޅަން ބިންހިއްކަން ފަށައިފި
Raajje

ނ.ގެ ދެވަނަ އެއާޕޯޓު ވިހަފަރުގައި އަޅަން ބިންހިއްކަން ފަށައިފި

ނ. އަތޮޅު ވިހަފަރުގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށުމަށް މިއަދު މެންދުރުފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ނ. ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައި، އިޢުލާންކުރެއްވީ 2024 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އަދި 2025 ވަނަ އަހަރުގެ ޖުލައި މަހު ނ.އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، 2026 ވަނަ އަހަ...

ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް އިތުރުކޮށް އެސްއީޒެޑުގެ އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންގަނޑަށް ބަދަލެއް
Raajje

ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް އިތުރުކޮށް އެސްއީޒެޑުގެ އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންގަނޑަށް ބަދަލެއް

ދިވެހިރާއްޖޭގައި ޤާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ތަކުގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެފަދަ ޒޯނެއްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ މިންގަނޑު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުން ކަނޑައަޅުއްވައިފިއެވެ. މި ބަދަލުތައް ގެންނަވާފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވި ޤަރާރެއްގެ މެދުވެރިކޮށެވެ. ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ގ...

ހުޅުމާލޭ "ޝަހީދު ޢަލީ" ސްކޫލް ރައީސް ރަސްމީކޮށް ހުޅުވައިދެއްވައިފި
Raajje

ހުޅުމާލޭ "ޝަހީދު ޢަލީ" ސްކޫލް ރައީސް ރަސްމީކޮށް ހުޅުވައިދެއްވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި “ޝަހީދު ޢަލީ” ސްކޫލް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި ސްކޫލް ހުޅުވުމާއެކު އެ ސްކޫލުގައި މިހާރު ވަނީ ކިޔަވައިދޭން ފަށާފައެވެ. މި ސްކޫލަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލި ޒަމާނީ ފެންވަރުގެ ސްކޫލެކެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީއަށް އަމާޒުކޮށްގެން އެ ސަރަޙައްދުގައި ތަރައްޤީކުރި ދާއިމީ ދެވަނަ ސްކޫލެވެ. ޖުމް...

''ކުރިމަގު އުޖާލާކުރެވޭނީ ތައުލީމުގެ ޒިންމާ އަދާކުރުމުގައި އެއްބާރުލުންދީ އިހްލާސްތެރިވި މިންވަރަކުން''
Raajje

''ކުރިމަގު އުޖާލާކުރެވޭނީ ތައުލީމުގެ ޒިންމާ އަދާކުރުމުގައި އެއްބާރުލުންދީ އިހްލާސްތެރިވި މިންވަރަކުން''

ޤައުމުގެ ކުރިމަގު އުޖާލާކުރެވޭނީ ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމުގައި އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބޮޑު ޗުއްޓީއަށްފަހު އައު ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ. މިއަދުގެ މުނާސަބާގައި ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމްދީނަށާއި ދިވެހި ޤައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ޤައުމުގައި...

''ތަޢުލީމު ފުޅާކުރުމަކީ ހަމަހަމަ މުއްސަނދި ޤައުމެއް ބިނާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް''
Raajje

''ތަޢުލީމު ފުޅާކުރުމަކީ ހަމަހަމަ މުއްސަނދި ޤައުމެއް ބިނާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް''

ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަކީ ހަމަހަމަ، މުއްސަނދި އަދި ސާބިތުކަމާއެކު ދެމިއޮންނަ ޤައުމެއް ބިނާކުރުމަށް ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ތަޢުލީމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަޢުލީމަކީ ދެމެހެއްޓެނިވި ތަރައްޤީއާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާ ކަމަށެވެ. އަދި ތަޢުލީމީ ނިޒާމު ބައްޓަންކުރުމު...

އައިންތު މިސް ނިޔާވުމުގެ ހިތާމާގައި ރައީސްގެ ތައުޒިޔާ
Raajje

އައިންތު މިސް ނިޔާވުމުގެ ހިތާމާގައި ރައީސްގެ ތައުޒިޔާ

ދިވެހިބަސް އުނގަންނައި ދެއްވުމާއި، ތައުލީމީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އާމިނަތު ޙަސަން (އައިންތު މިސް) ނިޔާވުމުގެ ހިތާމައިގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އުމުރުން 58 އަހަރުގައި އައިންތު މިސް ނިޔާވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހިބަސް ކުރިއެރުވުމާއި ކިޔަވައިދިނުމުގައި އައިންތު މިސް ކުރެއްވި މަސައްކަތްތައް ފާހަ...

އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް ނަގަހައްޓާނެ: ރައީސް
Raajje

އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް ނަގަހައްޓާނެ: ރައީސް

އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރެވެ. ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާންމަހުގެ...

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި 35 ރަށަކަށް ނިސްބަތްވާ 66 ޒުވާނުން 
Raajje

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި 35 ރަށަކަށް ނިސްބަތްވާ 66 ޒުވާނުން 

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ދަށުން ހިންގާ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 66 ޒުވާނުން ބައިވެރިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނު ފުރިހަމަކުރި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން، ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމް.އ...

އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރާ ލޮރީ ޑްރައިވަރުންނާއި ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި
Raajje

އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރާ ލޮރީ ޑްރައިވަރުންނާއި ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި މުދާ ހުސްކުރުމުގެ މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި، ބަނދަރުގެ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ރައީސަށް ވަނީ ހިއްސާކޮށްފައެވެ. ކުންފުނިތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަކުރެއްވުން ކުންފުނިތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި،...

މަރްޙޫމް ނައީމްގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ފަނޑުވުމެއް ނެތި ދެމިހުންނާނެ: ރައީސް
Raajje

މަރްޙޫމް ނައީމްގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ފަނޑުވުމެއް ނެތި ދެމިހުންނާނެ: ރައީސް

ދިވެހިރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަލްމަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ނައީމް އަވަހާރަވުމާ ގުޅިގެން ރައީސް ވަނީ އެ އާއިލާއަށާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ...

ރައީސް މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުން ފެބްރުއަރީ 5 ގައި
Parliament

ރައީސް މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުން ފެބްރުއަރީ 5 ގައި

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަވާނެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރާއްޖޭގެ ހާލަތު ބަޔާންކޮށްދީ އަދި ކުރިއަށް އޮތް އަހަރަށް ސަރުކާރުން ގެންގުޅޭނެ ސިޔ...