މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 973 ވަނަ ޞަފްޙާ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައްވައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައްވައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައްވައިފިއެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވައިލައްވާފައި މި ވަނީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމެއް ހުސްވެފައިވާތީއެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮގަސްޓް މަހުގެ 16، 17 އަދި 18 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށެވެ. އެ ކޮމިޝަނުގެ މެ...

އަލީ އާދިލް
ހޯމް ކަރަންޓީނުގައި ހުރި އުމުރުން ދުވަސްވީ މީހަކު މީދޫ އިން ނިޔާވެއްޖެ

ހޯމް ކަރަންޓީނުގައި ހުރި އުމުރުން ދުވަސްވީ މީހަކު މީދޫ އިން ނިޔާވެއްޖެ

ރ. މީދޫ ހޯމް ކަރަންޓީންގައި ހުރި އުމުރުން ދުވަސްވީ މީހަކު މިއަދު ނިޔާވެއްޖެ އެވެ. އުމުރުން 72 އަހަރުގެ އަންހެންމީހާ ނިޔާވެފައިވަނީ މިއަދު 10:40 ހާއިރު ކަމަށް މަޢުލޫމާތުލިބިފައިވެއެވެ. މީދޫ ކައުންސިލުން ބަޔެއް މީޑިޔާތަކަށް މަޢުލޫމާތުދެމުން ބެނެފައިވަނީ އެމީހާ އަކީ ދިގުމުއްދަތަކަށް ބޭސް ފަރުވާ ކުރަމުން ދިޔަ މީހެއް ކަމަށެވެ. ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދިޔަ އެމީހާ ހޯމް ކަރަންޓީންގައި ހުރީ އިންޑިއާއަށް ބޭސް ފަރުވާ ގޮސް ރަށައް އައިސް ކަމަށް ކައުންސިލުން ބުނެ އެވެ. އުމުރުން […]

އަލީ އާދިލް
މެމްބަރު ސައީދު ވިދާޅުވީ ތެދެއް، އެނދު އެބަ މަދުވޭ: މެމްބަރު ހަލީމް

މެމްބަރު ސައީދު ވިދާޅުވީ ތެދެއް، އެނދު އެބަ މަދުވޭ: މެމްބަރު ހަލީމް

މިއަދު އޮތް މަޖިލިސް ޖަލްސާގައި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ސައީދު، ރާއްޖޭގެ ހޮސްޕިޓަލްތަކުގައި އެނދު ނެތިގެން އުޅޭކަމަށް ވިދާޅުވުމުން، މެމްބަރު ސައީދު ވިދާޅުވީ ތެދެއް ކަމަށާއި، އެނދު މަދުވާ ކަމަށް ވިދާޅުވެ، ބިލެތްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ހަލީމް ސައީދުގެ ވާހަކައަށް ރަށްދު ދެއްވައިފިއެވެ. މިއަދު އޮތް މަޖްލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާގައި، 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތް ދަރަނިވެފައިވާ […]

އަޙްމަދު ވަހީދު
9 ރިސޯޓެއްގައި 6 ފަތުރުވެރިޔަކާއި، 10 މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވް ވެފައި އެބަތިބި: އެޗްޕީއޭ

9 ރިސޯޓެއްގައި 6 ފަތުރުވެރިޔަކާއި، 10 މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވް ވެފައި އެބަތިބި: އެޗްޕީއޭ

ނުވަ ރިސޯޓެއްގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި 6 ފަތުރުވެރިއަކާއި، 10 މުވައްޒަފަކު އެބަތިބިކަމަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ، މިއަދު އިރުއޮއްސި 6:00 އާއި ހަމައަށް ނުވަ ރިސޯޓެއްގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި 6 ފަތުރުވެރިއަކާއި، 10 މުވައްޒަފަކު އެބަތިބިކަމަށެވެ. އަދި ދެ ސިޓީއާއި، 10 ރަށެއްގައި ބަލި ޖެހިފައިވާ މީހުން ތިބި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ބަލި ޖެހިފައި ތިބި ފަތުރުވެރިންނާއި، މުވައްޒަފުންތިބި ރިސޯޓުތައް އެޗްޕީއޭއިން ހާމަ [...

ޔުމްނާ ޢަލީ
ފުށް ގުދަނަށް ފެނެއް ނުވަދޭ: އަމްރު

ފުށް ގުދަނަށް ފެނެއް ނުވަދޭ: އަމްރު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ފުށް ގުދަނަށް ފެން ނުވަންނަ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު އެހެން ވިދާޅުވެފައި ވަނީ ޗެނަލް 13 ގެ ޕްރޮގްރާމެއްގައި އިއްޔެ މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން އެސްޓީއޯ ފުށް ގުދަނަށް ފެން ވަދެ، އެއްކޮށް ފެންބޮޑުވެފައިވާ ކަމަށް ބުނެ ޚަބަރު ފެތުރުމާއި ގުޅިގެންނެވެ. ޗެނަލް 13 ގެ ޕްރޮގްރާމްގައި އެސްޓީއޯ ފުށް ގުދަނަށް ފެން ވަދެ، އެއްކޮށް ފެންބޮޑުވެފައިވާ ކަމަށް ބުނެފައިވާ ބައިގެ ވީޑިއޯ […]

އަޙްމަދު ވަހީދު
އިސްލާހުތަކާއިއެކު "އިންކަމް ސަޕޯޓް އެލަވަންސް" ދޭ ޤަވާއިދު އާންމުކޮށްފި

އިސްލާހުތަކާއިއެކު "އިންކަމް ސަޕޯޓް އެލަވަންސް" ދޭ ޤަވާއިދު އާންމުކޮށްފި

ކޯވިޑް-19 ގެ ބަލިމަޑު ކަމުގެ ސަބަބުން ކުރިމަތިވި ހާލަތާއި ގުޅިގެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ މީހުންނަށާއި މުސާރަ ނުލިބޭ ގޮތަށް ނޯޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ މީހުންނަށް ސަރުކާރުން ދެމުންއައި އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ ޤަވާއިދު ބަދަލު ތަކާއިއެކު މިއަދު ރައީސް އޮފީހުން އާންމުކޮށްފިއެވެ. އަދާކުރަމުންދިޔަ ވަޒީފާ އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ދިނުމަށް ތަޢާރަފް ކޮށްފައިވާ އިންކަމް ސަޕޯޓް އެލަވަންސް...

އިބްރާހިމް ޚަލީލް
އަލިފާން ރޯވެ އަޑިއަށް ދިޔަ ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އަލިފާން ރޯވެ އަޑިއަށް ދިޔަ ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ލ. ގަމު ބޭރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ އޭގެން ދަތުރުކުރި ބިދޭސީއަކު ގެއްލިގެން ހޯދަމުންދަނިކޮން އެމީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑުން އެމީހާ ހޯދުމަށްކުރި މަސައްކަތުން އެމީހާ ފެނިފައިވަނީ 48 މީޓަރުގެ އަޑިން ކަމަށެވެ. އެމީހާ މިހާރު ލ ގަން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ބުނެފައިވެއެވެ. މީގެ ކުރިން އެމްއެންޑީއެފްއިން ބުނެފައިވަނީ އެދޯނިން 10 މީހުން ދަތުރުކުރިކަމަށާއި ގެއްލިގެން ހޯދަމުން...

އިބްރާހިމް އަސްވާޤް
ހެނބަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 71 އިންސައްތަ ނިންމާލައިފި

ހެނބަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 71 އިންސައްތަ ނިންމާލައިފި

ނ. ހެނބަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 71 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެމްޓީސީސީއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި މަޝްރޫޢުގެ ތެރެއިން ބޭރުތޮށިލުމުގެ މަސައްކަތުގެ 78 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި އަދި އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 64 އިންސައްތަ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. ‏އިތުރަށް ބުނެފައި ވަނީ މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އ...

ޝިއުނާ އާދަމް
ދަނޑުވެރިކަމުގެ ފަންނީ މަޢުލޫމާތު ފޯރުކޮށްދޭ ޚާއްޞަ ހޮޓްލައިނެއް ޤާއިމްކޮއްފި

ދަނޑުވެރިކަމުގެ ފަންނީ މަޢުލޫމާތު ފޯރުކޮށްދޭ ޚާއްޞަ ހޮޓްލައިނެއް ޤާއިމްކޮއްފި

ދަނޑުވެރިކަމުގެ ފަންނީ އެންމެހާ މަޢު ލޫމާތެއް ފޯރުކޮށްދިނުމަށް ޚާއްޞަ ހޮޓްލައިނެއް ދަނޑުވެރިކަމާބެހޭ ވުޒާރާގައި ޤާއިމްކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މަޢުލޫމާތު ދޭގޮތުގައި މިފަދަ ހޮޓްލައިނެއް ޤާއިމްކުރީ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތު ވީހާވެސް ލުއިފަސޭހަކޮށް ދަނޑުވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށާއި ހޮޓްލައިން ނަމްބަރު 3339237 ގެ ޚިދުމަތް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން 14:00...

އަލީ އާދިލް
ބޯޓެއްގައި އަލިފާން ރޯވެ އަޑިއަށް ދަނީ، މީހަކު ގެއްލިގެން ހޯދަނީ

ބޯޓެއްގައި އަލިފާން ރޯވެ އަޑިއަށް ދަނީ، މީހަކު ގެއްލިގެން ހޯދަނީ

ލ. ގަމު ބޭރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ އޭގެން ދަތުރުކުރި ބިދޭސީއަކު ގެއްލިގެން ހޯދަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ އަލިފާން ނިންވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 3 ޖެހި އިރު ކަމަށެވެ. އެބޯޓުން 10 މީހުން ދަތުރުކުރިކަމަށާއި ގެއްލިގެން ހޯދަމުންދަނީ ބިދޭސީއެއް ބޯޓުގެ ކެޕްޓަންއާއި ހަވާލާދީ އެމްއެންޑީއެފް އިން ބުނެފައިވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ރޯވެފައިވަނީ އެޕޯލޯ ކުންފުނީގެ ބޯޓެކެވެ. އެމްއެންޑ...

އަލީ އާދިލް
އަޑިއަށް ދިޔަ ލޯންޗުގައި ތިބި 7 މީހުން ސަލާމަތްކޮށްފި

އަޑިއަށް ދިޔަ ލޯންޗުގައި ތިބި 7 މީހުން ސަލާމަތްކޮށްފި

ކ.ކޮށްދިޕަރު ކައިރީގައި އޮތް ފިނޮޅަކަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ލޯންޗުގައި ތިބި 7 މީހުން ސަލާމަތްކޮށްފިއެވެ. އެމްއެންޑީއެފް އިން ބުނީ މި ލޯންޗުން 7 މީހުން ދަތުރުކުރިކަމަށާއި މި އެންމެންގެވެސް ހާލު ރަނގަޅުކަމަށެވެ. އަދި ލޯންޗު އަޑިއަށް ދާން ފެށުމުން އެއްބަޔަކު ފިނޮޅަށް ފޭބިކަމަށާއި އަނެއް ބަޔަކު ލޯންޗު ކައުރީގައި މަޑުކުރީކަމަށެވެ. އަދި ލޯންޗް އަޑިއަށް ދިޔައީ ދިޔަވެ ކޮންޓްރޯލް ނުވެގެންކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. K. Kodhdhipparu kairiah adiah dhiya launch in dhathuru kuri […]

ޔުމްނާ ޢަލީ
އާލާކޮށްފައިވާ ފާނަ ނީލަމުން ގަތުމުގެފުރުސަތު ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާލައިފި

އާލާކޮށްފައިވާ ފާނަ ނީލަމުން ގަތުމުގެފުރުސަތު ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާލައިފި

ޫމޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ނީލަމުން ގަތުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާލައިފިއެވެ. ފާނައިގެ ވިޔަފާރި ނީލަން އުސޫލުން މިފަދައިން ހުޅުވާލީ މިސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވިހާވެސް ގިނަ ބަޔަކަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށާއި، މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާތީ މި މަސައްކަތް ކުރިއެރުވުމުގެ ގޮތުން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މަޢުލޫމާތު ދެއެވެ. ފާނައިގެ މަ...

އަލީ އާދިލް
ޗައިނާ އެއިޑްގެ ދަށުން ކެލާ އާއިއެކު އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމު ކޮށްދެނީ

ޗައިނާ އެއިޑްގެ ދަށުން ކެލާ އާއިއެކު އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމު ކޮށްދެނީ

ޗައިނާ-އެއިޑް މަޝްރޫޢޫގެ ދަށުން ހއ. ކެލާ ހިމެނޭހެން އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގެ 5 ރަށެއްގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން މަޝްރޫޢުތަކުގައި ސޮއިކުރެއްވިކަން ހާމަ ކުރަށްވާފައި އެވެ. މި އެއްބަސްވުމުގެ ދަށުން ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ހއ. ކެލާގެ އިތުރުން ކ. ކާށިދޫ، ޅ. އޮޅުވ...

ޝިއުނާ އާދަމް
ފުވައްމުލަކުގައި ތިބެގެން، ހުޅުމާލޭ ހޮސްޕިޓަލް ޑޮކްޓަރުންނަށް ދެއްކުމު ފުރުޞަތު

ފުވައްމުލަކުގައި ތިބެގެން، ހުޅުމާލޭ ހޮސްޕިޓަލް ޑޮކްޓަރުންނަށް ދެއްކުމު ފުރުޞަތު

ފުވައްމުލަކު ސިޓީ ތިބެގެން، ހުޅުމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދެއްކުމު ފުރުޞަތު އެ ސިޓީގެ ރައްޔިތުންނަށް ފަހިކޮށް ދީފިއެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދޭ ޑޮކްޓަރުންނަށް ދެއްކޭގޮތަށް ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލްގައި ފަށާފައިވަނީ އިއްޔެއެވެ. އިއްޔެ ފެށި މިޚިދުމަތުގައި ފުވައްމުލަކު ސިޓީގައި ތިބެގެން ހުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައިވަނީ ކަށީގެ މައްސަލަތަކުގައި ފަރުވާ ހޯދަން ބޭނުންވާ މީހުންނެވެ. އެގޮތުން ފުވައްމުލަކުގައި ތިބެގެން އެސިޓީގެ ހޮސްޕިޓަލް މެދުވެރިކ...

ޔުމްނާ ޢަލީ
ހެލްތު މިނިސްޓްރީގެ ޕީއެސް އަކަށް އައިޝަތު ސާމިޔާ

ހެލްތު މިނިސްޓްރީގެ ޕީއެސް އަކަށް އައިޝަތު ސާމިޔާ

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް އައިޝަތު ސާމިޔާ އައްޔަން ކުރައްވައިފިއެވެ. ހެލްތުގެ ޕީއެސްގެ މަގާމު ހުސްވީ މިދިޔަ ފެބްރުއަރީ މަހު އެ މަގާމުގައި ހުންނެވި ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ މަގާމުން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމުމާ ގުޅިގެންނެވެ. އެ ކޮމިޝަނުން ބުނީ އޭނާ ވަކި ކުރަން ނިންމީ މައްސަލައެއް ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އަލްފާޟިލާ އައިޝަތު ސާމިޔާ އަކީ 2017 […]

ޔުމްނާ ޢަލީ