ރ. މީދޫ ހޯމް ކަރަންޓީންގައި ހުރި އުމުރުން ދުވަސްވީ މީހަކު މިއަދު ނިޔާވެއްޖެ އެވެ.

އުމުރުން 72 އަހަރުގެ އަންހެންމީހާ ނިޔާވެފައިވަނީ މިއަދު 10:40 ހާއިރު ކަމަށް މަޢުލޫމާތުލިބިފައިވެއެވެ. މީދޫ ކައުންސިލުން ބަޔެއް މީޑިޔާތަކަށް މަޢުލޫމާތުދެމުން ބެނެފައިވަނީ އެމީހާ އަކީ ދިގުމުއްދަތަކަށް ބޭސް ފަރުވާ ކުރަމުން ދިޔަ މީހެއް ކަމަށެވެ. ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދިޔަ އެމީހާ ހޯމް ކަރަންޓީންގައި ހުރީ އިންޑިއާއަށް ބޭސް ފަރުވާ ގޮސް ރަށައް އައިސް ކަމަށް ކައުންސިލުން ބުނެ އެވެ.

Ad
rt

އުމުރުން 72 އަހަރުގެ އެ އަންހެންމީހާ ނިޔާވެފައި ވަނީ ބޯ އަނބުރާތީ މީދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ. އެ އަންހެންމީހާ ނިޔާވިއިރު ކޯވިޑް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް ކައުންސިލުން ހާމަކުރެއެވެ. އެހެން ނަމަވެސް މިދުވަސްވަރު މަރުވާ މީހުން ކޯވިޑަށް ޓެސްޓް ކުރާތީ އޭނާ ވެސް ޓެސްޓް ކުރާނެ އެވެ.

މިފަހަކަށް އައިސް މާލެއިން ހޯމް ކަރަންޓީނަށް ގޮސް ތިބޭ މީހުން ކަރަންޓީން ނިމުމުން ހަދާ މީހުން އަންނަނީ މި ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އެހެންކަމުން މިހާރު ޒަރޫރީ ބޭނުމެއް ނޫނީ މާލެއިން ރަށްރަށަށް ދިއުމުގެ ހުއްދައެއް ނުލިބޭނެއެވެ. އެގޮތަށް ނިންމީ އަތޮޅުތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.