މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 880 ވަނަ ޞަފްޙާ

ރައްޔިތުންނަށް ސަރުކާރު އޯކޭ ނުވި ސަބަބުތައް ލަތީފް ކިޔައިދީފި

ރައްޔިތުންނަށް ސަރުކާރު އޯކޭ ނުވި ސަބަބުތައް ލަތީފް ކިޔައިދީފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ނަތީޖާއިން ރައްޔިތުންނަށް ސަރުކާރު ‘އޯކޭ’ ނުވި ސަބަބުތައް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ކިޔައިދީފިއެވެ. ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންް ލަތީފް، މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަން ސަރުކާރު ސިފަކުރެއްވީ، ވިޔާނުދާ ބައެއްގެ ގޮތުގައެވެ. އަދި ކޯލިޝަން ސަރުކާރުގެ ވެރިންނަށް ރައްޔިތުން ”ޚަބަރުދާރޭ އެބުނަނީ” ސަބަބުތަކެއް ނެ...

އައިޝަތު އިލްމާ އަދުނާން
އީޕީއޭއިން ކަނުހުރާ ރިސޯޓު 20,000 ރުފިޔާއިން ޖޫރިމަނާކޮށްފި

އީޕީއޭއިން ކަނުހުރާ ރިސޯޓު 20,000 ރުފިޔާއިން ޖޫރިމަނާކޮށްފި

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޅ. ކަނުހުރާ އައިލެންޑް ރިޒޯޓު އެންޑް ސްޕާ ވިހި ހާސް ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އީޕީއޭއިން މިއަދު ނެރުރު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޖޫރިމަނާއަކީ، އެއެޖެންސީގެ ހުއްދަނެތި ތަރައްޤީގެ ބައެއް މަސައްކަތްތައް ކޮށްފައިވާތީ ކުރެވުނު ޖޫރިމަނާއެއް ކަމަށެވެ. އެނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކަނުހުރާ އައިލެންޑް ރިޒޯޓު އެންޑް ސްޕާ ގެ ފަރާތުން، އެއެޖެންސީގެ ހުއްދަނެތި ރިޒޯޓު ތަރައްޤީކުރުމުގެ ބައެއް މަސައްކަތް ކޮށްފައިވާކަމަށެވެ. ދިވެހިރާ...

އިބްރާހިމް އަސްވާޤް
ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވެއްޖެ: ޓޫރިޒަމް މިނިސްޓަރ

ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވެއްޖެ: ޓޫރިޒަމް މިނިސްޓަރ

ރާއްޖޭގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. ޑރ މައުސޫމް މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ބީބީސީ އިންޓަނޭޝަނަލްއަށް މިއަދު ދެއްވި އިންޓަވިއުއެއްގަ އެވެ. ޑރ. މައުސޫމް ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގޮތުގެ މިހާރުގެ ޓްރެންޑްތަކަށް ބަލާއިރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށެވެ. އަދި ކުރިން އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން އަންދާޒާ...

އާއިޝަތު ރަފާހް ޢަލީ
ހުޅުމާލެ މާސްޓަރ ޕްލޭނަށް އެވޯޑެއް

ހުޅުމާލެ މާސްޓަރ ޕްލޭނަށް އެވޯޑެއް

ކޮންމެ އަހަރަކު ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް (އޭއެމްޕީ) ގެ ފަރާތުން ދެމުންގެންދާ ދަ އާކިޓެކްޗަރ މާސްޓާ ޕްރައިޒްގެ އޮނަރަބަލް މެންޝަން އެވޯޑް އިން ލޭންޑްސްކޭޕް އާކިޓެކްޗަރ / އަރބަން ޕްލޭނިންގ އެވޯޑު، ހުޅުމާލެ މާސްޓާ ޕްލޭނަށް ލިބިއްޖެ އެވެ. ހުޅުމާލޭގެ މާސްޓާ ޕްލޭންއަކީ، ދެމެހެއްޓެނިވި ގޮތެއްގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ ޕްރޮޖެކްޓްތަކެއް ހިމެނިގެން ހަދާފައިވާ ޕްލޭނެއްކަމަށް އޭއެމްޕީގެ ވެބްސައިޓްގައި ފާހަގަކޮށްފައިވެއެވެ. ހުޅުމާލެމާސްޓަރޕްލޭން ގެމައިގަނޑު އަސާސަކީ މާލެ ސަރަހައްދުގެ ތޮއްޖ...

އަލީ އާދިލް
އަނގޮޅިތީމު ބަނދަރު ހަދަން ބޭނުންވާ ކޮންކްރީޓު ގާތަށް ގެންގޮސްފި

އަނގޮޅިތީމު ބަނދަރު ހަދަން ބޭނުންވާ ކޮންކްރީޓު ގާތަށް ގެންގޮސްފި

ރ. އަނގޮޅިތީމު ބަނދަރު ތަރައްގީކުރުމަށް ބޭނުންވާ ކޮންކްރީޓް ގާތައް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި ގާތަށް ގެންގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި ކޮންކްރީޓް ގާތަށްއެތުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މި މަޝްރޫއުގެ ދަށުން 42،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެސަރަހައްދެއްގައި...

އަޙްމަދު ވަހީދު
ހިދުމަތުގެ ނާޖާއިޒު ފާއިދާ ނުނަގަން ވެމްކޯއިން އެދިއްޖެ

ހިދުމަތުގެ ނާޖާއިޒު ފާއިދާ ނުނަގަން ވެމްކޯއިން އެދިއްޖެ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދޭ ހިދުމަތުގެ ނާޖާއިޒު ފައިދާ ނުނެގުމަށް އެ ކުންފުނިން އެދެފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ ގޭބިސީތަކުގެ ތިރިއަށް ކުނި ބޭރު ކުރުމަށް އެންގުމުން ގިނަ ބަޔަކު ނާޖާއިޒް ފައިދާ ނަގާ ކަމަށެވެ. އެގޮތުން ރަޖިސްޓްރީ ނުކުރާ ގެތަކުން ވެސް ކުނި ތިރީގައި ބަހައްޓާ ކަމަށާއި ވެމްކޯއިން ނުއުފުލާ ފަދަ ބަރު އަދި ބޮޑެތި ކުނި ފުންޏަށް ޖަހާފައި މަގުމަތީގައި ބަހައްޓާ ކަމަށް އެ ކުންފުނިން […]

އަޙްމަދު ވަހީދު
ދިވެހި ބަހުގެ އެކަޑަމީ "ޓިކްޓޮކް"އަށް، ހާއްސަ އެޕެއްވެސް އިފްތިތާޙްކޮށްފި

ދިވެހި ބަހުގެ އެކަޑަމީ "ޓިކްޓޮކް"އަށް، ހާއްސަ އެޕެއްވެސް އިފްތިތާޙްކޮށްފި

މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ދިވެހި ބަހުގެ އެކެޑެމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހްކޮށް، ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް އެ އެކަޑަމީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާއްސަ އެޕެއް ވެސް އިފްތިތާޙް ކޮށްފިއެވެ. މިގޮތުން ދިވެހިބަހުގެ އެކެޑެމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހު ކޮއްދެއްވީ އެ އެކެޑެމީގެ ރައީސް އަޝްރަފް ޢަލީ އެވެ. ދިވެހިބަހުގެ އެކެޑެމީން ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިއަ...

ޝިއުނާ އާދަމް
ރާއްޖެއަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައި އޮތުމަކީ ބޮޑު ނަސީބެއް: ޔުމްނާ

ރާއްޖެއަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައި އޮތުމަކީ ބޮޑު ނަސީބެއް: ޔުމްނާ

ރާއްޖެ ފަދަ ކުޑަ ގައުމަކަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައި އޮތުމަކީ ބޮޑު ނަސީބެއް ކަމަށް، ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. މިނިސްޓަރު ޔުމްނާ ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ނިސްބަތުން ކުޑަ އާބާދީއެއް އޮތް، ކުޑަ ޤައުމަކަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައިވުމީ ނުހަނު ބޮޑު ނަސީބެއް ކަމަށެވެ. ”އަންނާން އޮތް ޖީލުތަކަށް މި […]

ޝިއުނާ އާދަމް
13 އަހަރު ކުއްޖަކަށް ޖިންސީ ހާނިއްކަ ކުރިކަމުގެ ތުހުމަތުކުރެވޭ މީހަކު ހޯދަނީ

13 އަހަރު ކުއްޖަކަށް ޖިންސީ ހާނިއްކަ ކުރިކަމުގެ ތުހުމަތުކުރެވޭ މީހަކު ހޯދަނީ

އުމުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ. މި މައްސަލައިގައި ތުހުމަތުގައި ހޯދަން ފުލުހުން ޢިއުލާންކޮށްފައި ވަނީ، ތ. ތިމަރަފުށި، އަސަރީގެ، 59 އަހަރުގެ ހަސަން ނިޒާރު އެވެ. ފުހުން ވިދާޅުވެފައި ވަނީ، އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ބޭނުންވަނީ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާ ހ...

ޔުމްނާ ޢަލީ
ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް

ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދު ﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ، މި މަހުގެ 15 ވާ ބުރާސްފަތި އަދި 16 ވާ ހުކުރު ދުވަހުއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ، ދިވެހިރާއްޖޭގައި އިންޑިޔާ ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއު ތަކާއި ގުޅިގެން މަޝްވަރާ ކުރެއްވުން ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. މި ދަތުރުފުޅުގައި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ، ޑރ. އެސް ޖައިޝަންކަރް ބައް...

އާއިޝަތު ރަފާހް ޢަލީ
މާދަރީބަހުން މުޢާމަލާތްކުރާން އެނގުމަކީ ބަލި މީހާއަށް ލިބޭ އިތުރު ޝިފާއެއް: ޑރ މުހައްމަދު އަލީ

މާދަރީބަހުން މުޢާމަލާތްކުރާން އެނގުމަކީ ބަލި މީހާއަށް ލިބޭ އިތުރު ޝިފާއެއް: ޑރ މުހައްމަދު އަލީ

މާދަރީބަހުން މުޢާމަލާތްކުރާން އެނގުމަކީ ބަލި މީހާއަށް ލިބޭ އިތުރު ޝިފާއެއް ކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ. ޑރ މުހައްމަދު އަލީ މިހެން ވިދާޅުވެފައިވަނީ މިއަދު މުޅި ރާއްޖޭގައި ފާހަގަކުރާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގަ އެވެ. ޑރ މުހައްމަދު އަލީ  މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ބަލިމީހާއަށް ފަސޭހަކަމާއެކު ފަހުމުވާގޮތަށް ސާފު ސީދާ ދިވެހިބަހުން މުޢާމަލާތްކުރާން އެނގުމަކީ އެ ބައްޔެއްގެ ތަފުސީލު އޮޅުންފިލުވ...

އާއިޝަތު ރަފާހް ޢަލީ
ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މާލެ ސަރަޙައްދުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު ހާމަކުރައްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަދުން ފެށިގެން އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތް ބަލައިގަންނަމުންދާނެ ކަމަށެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރުތެރޭގައި އެރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތްތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއެވެ. އެގޮތުން މިއަހަރު މާލެއާއި ހުޅުމާލ...

އިބްރާހިމް އަސްވާޤް
އެމްޑީޕީއަށް އިހަވަންދޫއިން ލިބުނު ނާކާމިޔާބީ ރައީސް ގުޅުވާލީ މަސްވެރިކަމާ!

އެމްޑީޕީއަށް އިހަވަންދޫއިން ލިބުނު ނާކާމިޔާބީ ރައީސް ގުޅުވާލީ މަސްވެރިކަމާ!

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހއ. އިހަވަންދޫއިން އެމްޑީޕީ އަށް އަގުލަބިއްޔަތު ގެއްލިފައިވަނީ މަސްވެރި ދާއިރާއަށް މަސްވެރިކަމާ ގުޅޭ ސިޔާސަތުތަކަށް ގެނައި ބަދަލުގެ ސަބަބުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހއ. އިހަވަންދޫގެ އިތުރުން ގއ. އަދި ގދ. އަތޮޅު ފަދަ މަސްވެރި ރަށްރަށުގެ ކައުންސިލްތަކުގެ އަގުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުނީ ސަރުކާރުގެ މަސްވ...

ޖަލްވާން ޖާދުﷲ
މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 333،928 އަށް

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 333،928 އަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 333،928 އަށް އަރައިފި އެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ %23 އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ %21 އެވެ. 3 ވަނައިގައި ޔޫކްރެއިން އުޅޭއިރު 4 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖަރުމަނުވިލާތުންނެވެ. ޖަނ...

އިބްރާހިމް އަސްވާޤް
މިއަދު ފައިޒާ-ބަޔޯންޓެކް ވެކްސިން ޖަހައިދޭން ފަށައިފި

މިއަދު ފައިޒާ-ބަޔޯންޓެކް ވެކްސިން ޖަހައިދޭން ފަށައިފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ފައިޒާ-ބަޔޯންޓެކް ވެކްސިން ޖަހައިދޭން މިއަދު ފަށައިފި އެވެ. އެޗްޕީއޭއިން ބުނެފައިވަނީ ފައިޒާ ވެކްސިން ދޭނީ ރަޖިސްޓްރީ ކޮށް އެޕޮއިންމެންޓް ހައްދާފައިވާ މީހުންނަށް ކަމަށާއި، މިއަދު 9:00 ގައި ވެކްސިން ޖަހައި ދޭން ފަށައިފައި ވަނީ ހުޅުމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ރާއްޖެއަށް 5,850 ޑޯޒް ލިބިފައިވާއިރު ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން މިދިޔަ މަހުގެ 15 ވަނަ […]

އާއިޝަތު ރަފާހް ޢަލީ