ރާއްޖެއާއެކު ސޮއިކުރެވުނު އެއްބަސްވުންތަކާއި ފަހުމުނާމާތައް ތަންފީޒުކުރުމަށް އިސްކަންދެއްވާނެ ކަމުގެ ޔަޤީންކަން، ޕާކިސްތާނުގެ ސެނެޓުގެ ޗެއަރމަން ސައްޔިދު ޔޫސުފް ރަޒާ ގިލާނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވައިފިއެވެ. ޕާކިސްތާނު ސެނެޓުގެ ޗެއަރމަން މި ޔަޤީންކަން ދެއްވީ، ރައީސް މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލުކުރެއްވުމުގައި، ޗެއަރމަން ގިލާނީ ވަނީ ރައީސްއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުނ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އަތުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ބޭރު މީހަކު ކުރި ދައުވާގައި އެ ފައިސާ ނަޝީދު ދައްކަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި އެވެ. އިންޑިއާގެ މީހެއް ކަމަށްވާ ޑރ. އަލަކާ ސިންގް ދައުވާުކުރީ އޭނާ އިންވެސްޓްކުރި ކަނޑު އުޅަނދެއް އެހެން މީހަކަށް ވިއްކާލުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެއީ އެ އުޅަނދު އެހެން މީހަކަށް ވިއްކާލީ ބޭނުންވި އަގަށް […]
ހުސައިން ހަބީބް
ޕާކިސްތާނުގެ ނެޝެނަލް އެސެމްބްލީގެ ރައީސް ސަރްދާރު އަޔާޒް ޞާދިޤް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެއިތުރުން، ޕާކިސްތާނުގެ ރައްޔިތުންނާއި އެ ޤައުމުގެ މަޖިލިސް މެންބަރުންގެ ނަންފުޅުގައި ރައީސްއަށް ސަރްދާރު އަޔާޒް ޞާދިޤް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ޞާދިޤްގެ ވާހަކަފުޅުގައި،...
ޔުމްނާ ޢަލީ
ހުޅުމާލެ ހޮސްޕިޓަލްގައި ހިންގަމުންދާ ފާމަސީއެއްގެ މައްސަލާގައި އާސަންދަ ކުންފުނިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަނެ, ބޭރުކޮށްލައިފި އެވެ. ސަންޓްރިއާ ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް އާސަންދަ ކުންފުނިން 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރާ މައްސަލާގައި އާސަންދަ ކުންފުނިން ސިވިލް ކޯޓުގައި ވަނީ އެ ކުންފުނިން އެ ހުޅުމާލޭ ހޮސްޕިޓަލްގައި ހިންގާ ފާމަސީ ހުސްކުރަން ވަގުތީ އަމުރެއް ނެރެދޭން އެދިފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ކުރިން ނިންމީ އެތަން ހުސްކުރަން […]
ހުސައިން ހަބީބް
1 މިނިޓު
ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. ހާއްސަކޮށް ހުކުރު އަދި ހޮނިހިރު މި ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. […]
ޔުމްނާ ޢަލީ
ވިލިމާލޭގައި ފުލުހުން ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ރާއްޖޭގެ މަގުބޫލު ތިން ފިލްމީ ތަރިން ހިމެނޭހެން ހައްޔަރުކުރި މީހުންގެ ތެރެއިން، ތަހުގީގު ފުރިހަމަކުރުމަށްފަހު ތިން މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ މީހުންގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުންގެ ތަހުގީގު ފުރިހަމަވެފައިވާތީ އެ މީހުން މިހާރު […]
ޝިއުނާ އާދަމް
ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް، ފީލްޑް މާރޝަލް ސައްޔިދު ޢާޞިމް މުނީރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ބުދަދުވަހުގެ ރޭ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރައްވައި، އެ ގުޅުން ދަމަހައްޓަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަ...
ޔުމްނާ ޢަލީ
ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، ދަޑިމަގު، އަނޯނާގެ، ހަސަން ޛިހާން ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ބުނީ މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، ޏ. ފުވައްމުލަކުން ކަމަށެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލ...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި އެ ޤައުމުގެ ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު އައިވާން-އެ-ސަދްރުގައި މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ އައިވާން-އީ-ސަދްރުގައެވެ. ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރުން ރައީސް މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް މަރުޙަބާ ދެންނެވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އާއި އެ ޤައުމުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ. މި ބައްދަލުކުރެއްވުމުގެ ތެރ...
ޝިއުނާ އާދަމް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ. ރައީސްގެ ދެކަނބަލުން ހައިކޮމިޝަނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް އެތަނުން ވަނީ މަރުޙަބާ ދަންނަވާފައެވެ. އެގޮތުން ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްއުސްތާޛު މުޙައ...
ޔުމްނާ ޢަލީ
ޤައުމަކަށް ލިބޭ ޤަދަރަކީ އެ ޤައުމެއްގެ ކުޑަބޮޑުމިނުން މިންކުރެވޭނެ އެއްޗެއް ނޫން ކަމަށް ރަސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީން އެމަނިކުފާނަށް “އޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް” ގެ ޝަރަފު އެރުވުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ޝަރަފާ ޙަވާލުވެވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، މީގެ 17 އަހަރު ކުރިން އެމަނިކުފާނު ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗ...
ޔުމްނާ ޢަލީ
3 މިނިޓު
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އޮރެންޖު އިންޒާރު ނެރެފައިވަނިކޮށް، ވެހެމުންދާ ބޯ ވާރޭގެ ސަބަބުން ވެރިރަށް މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ. މެޓް އޮފީހުން މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖު އެލާޓް ނެރެފައިވަނީ މިރޭގެ 20:45 އިން ފެށިގެން 22:30 ގެ ނިޔަލަށެވެ. މޫސުމާ ބެހޭ އިދާރާއިން މިފަދަ އިންޒާރެއް ނެރުނުއިރު ވެސް އެ ސަރަހައްދަށް ދިޔައީ ބޯކޮށް […]
އިބްރާހިމް އަސްވާޤް
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ އިތުރުން ރަށު ކައުންސިލަރުންނަށް ދޭ އެލަވަންސްތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. އިންތިޚާބީ ބައެއް މަޤާމުތަކުގެ އެލަވަންސްތަކަށް މި ބަދަލު ގެނައުމަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އިތުރު ކަންކަމުގެ ބައިގައި ދަޢުލަތުގެ މުސާރަތަކަށް ގެންނަންވާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. އޭނާ ހުށަހެޅުއްވީ ވަޒީރުން...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ވެރިން އެކުގައި މިއަދު ދެއްވި ގުޅިފައިވާ ބަޔާނުގައި، ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ކުރަމުންދާ ވަކާލާތާއި ދެމުންގެންދާ ފުރިހަމަ އެއްބާރުލުން ފާހަގަކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވާހަކަފުޅު ދައްކަވައިފިއެވެ. ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން އިއުލާނު ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގ...
ޝިއުނާ އާދަމް