މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,870 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 672 ވަނަ ޞަފްޙާ

ގެއްލިގެން ހޯދަމުންދިޔަ ނޮޅިވަރަންފަރު ޒުވާނާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ނޮޅިވަރަންފަރު ޒުވާނާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ހދ. ނޮޅިވަރަންފަރު ޒުވާނާ ފެނިއްޖެ އެވެ. ގެއްލިގެން ހޯދަމުން ދިޔައީ އެރަށު ނޫރަންވިލާ، ޙުސައިން ޢާލިމް (31އ) އެވެ. ފުލުހުން ބުނީ އޭނާ ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށެވެ. ‏މި މަހު 23 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 14:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. “މި މަހު 23 ވަނަ ދުވަހު އޭނާ މާލެ […]

އިބްރާހިމް އަސްވާޤް
ސަރުކާރަށް އާމްދަނީ ލިބޭނެ ބިލްތަކެއް ފާސްކުރުމަށްފަހު މަޖިލިސް ޗުއްޓީއަށް!

ސަރުކާރަށް އާމްދަނީ ލިބޭނެ ބިލްތަކެއް ފާސްކުރުމަށްފަހު މަޖިލިސް ޗުއްޓީއަށް!

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ ޖަލްސާތައް މިއަހަރަށް ނިންމައި، މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ. މިއަދު ބާއްވާފައިވަނީ މަޖިލީހުގެ މި ދައުރުގެ 43 ވަނަ ޖަލްސާ އެވެ. މިއަހަރުގެ އެންމެ ފަހު ޖަލްސާގައި މައިގަނޑު ގޮތެއްގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ވޯޓަށް އެހުމެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ވަނީ ފާސްކޮށްފަ އެވެ. އަދި މިއަހަރުގެ ސަޕްލިމަންޓަރީ ބަޖެޓު ފާސްކުރުމަށް ވޯޓަށް އަހައި، ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ވެސް […]

މުޙައްމަދު އަފްރާޙް
ވިލިފުށި ފަޅު ތެރޭގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެއްޖެ

ވިލިފުށި ފަޅު ތެރޭގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެއްޖެ

ތ. ވިލިފުށި ފަޅު ތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ވިލިފުށި ފަޅު ތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ކައްދޫގައި ހުންނަ ފަޔަރސްޓޭޝަނަށް ވަނީ އެ މައުލޫމާތު ލިބިފައެވެ. ”މިހާރު އެރަށަށް ފަޔަރ ސްޓޭޝަންގެ ޓީމު ދަނީ ދަތުރު ކުރަމުން” އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާ ހިނގާފައި ވަނީ ގާތްގަނޑަކަށް އިރު އޮއްސި 6:15 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ އިތުރު މައުލޫމާތު […]

ޔުމްނާ ޢަލީ
"ބަނޑުގައި އޮތީ ފިރިމީހާގެ ދަރިއެއް ނޫން" ކަމަށް ބުނުމުން ހައްދު ޖަހަނީ

"ބަނޑުގައި އޮތީ ފިރިމީހާގެ ދަރިއެއް ނޫން" ކަމަށް ބުނުމުން ހައްދު ޖަހަނީ

މީހަކާ ދިމާލަކަށް، އޭނާގެ އަންހެނުންގެ ބަނޑުގައި އޮތީ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނި މީހެއްގެ ގައިގައި ގަޒްފުގެ ހައްދު ޖަހަން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. ގދ. ތިނަދޫ ފިރިހެނެއްގެ މައްޗަށް އެ ހުކުމް އައީ އެހެން ފިރިހެނަކާ ދިމާލަށް އޭނާ ބުނި އެއްޗަކާ ގުޅިގެންނެވެ. އޭނާ ފިރިހެން މީހާއާ ދިމާލަށް ބުނީ އަންހެނުންގެ ބަނޑުގައި އޮތީ ފިރިމީހާގެ ދަރިއެއް ނޫން ކަމަށާއި އެއީ އެހެން މީހެއްގެ ދަރިއެއް ކަމަށެވެ. ދަށު […]

ހުސައިން ހަބީބް
ފިހާރަތަކުން ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން މަޖިލީހުން ފާސްކޮށްފި

ފިހާރަތަކުން ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން މަޖިލީހުން ފާސްކޮށްފި

ފިހާރަތަކުން ވިޔަފާރި ކުރުމުން ދޭ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. ކުނި މެނޭޖުކުރުމާ ބެހޭ ބިލަށް ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރުން މުހައްމަދު ރަޝީދު ހުށަހެޅުއްވި މި އިސްލާހު ފާސްކޮށްފައިވަނީ 52 މެމްބަރުންގެ ވޯޓުން ނެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ފިހާރަތަކުން ގަންނަ ތަކެތި އަޅަން ޕްލާސްޓިކް ކޮތަޅު ދޭންވާނީ ދެ ރުފިޔާގެ ފީއަކާއި އެކުގައި ކަމަށާއި ފިހާރަތަކުން ކަސްޓަމަރަށް ދޭ އިންވޮއިސް ނުވަތަ […]

މުޙައްމަދު އަފްރާޙް
"އަމަލުތައްހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު" 2 ކޭސް ބިޔަރާއި، މަޑިދަށުން ބަނގުރާ!

"އަމަލުތައްހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު" 2 ކޭސް ބިޔަރާއި، މަޑިދަށުން ބަނގުރާ!

ހުޅުމާލެ ޕޮލިހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި “އަމަލުތައްހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު” 2 ކޭސް ބިޔަރާއި މަޑިދަށުން ބަނގުރާ ފުޅިއެއް ފެނިއްޖެ އެވެ. ފުލުހުން ބުނީ، ބަނގުރާދަޅުތަކަކާއެކު ހުޅުމާލެ ފޭސް ދެއަކުން ހައްޔަރުކޮށްފައިވަނީ މި މަހު 26 ވަނަ ދުވަހު 30 އަަހަރުގެ ބަނގުލަދޭޝް ފިރިހެނެއްކަމަށެވެ. އޭނާ ހުއްޓުވާފައިވަނީ ހުޅުމާލެ ފޭސް ދޭއް ނިރޮޅުމަގު ބުރިޖު ކައިރިން ނެވެ. އޭނާގެ އަތުން 48 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއ...

އަލީ އާދިލް
ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގުރޫޕު މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ޒުވާނަކު ހޯދަނީ

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގުރޫޕު މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ޒުވާނަކު ހޯދަނީ

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގުރޫޕު މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ޒުވާނަކު ހޯދަން އިޢުލާން ކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން، ހޯދަން އިޢުލާން ކޮށްފައިވަނީ ޏ. ފުވައްމުލައް، ހޯދަޑު، ރޫލް، ޢަމީދު ޢަބްދުﷲ (24އ) އެވެ. ފުލުހުން ބުނެފައިވަނީ އެއީ، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމަށެވެ. ޢަމީދު ޢަބްދުﷲ އާގުޅޭ...

ތިލަދުން
42.8 ބިލިއަން ރުފިޔާގެ އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި

42.8 ބިލިއަން ރުފިޔާގެ އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި

އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓަށް ވޯޓަށް އަހާފައެވެ. ބަޖެޓް މަޖިލީހުން ފާސްކުރުމަށް ނެގި ވޯޓުގައި 61 މެންބަރަކު ވަނީ ބަޖެޓް ފާސް ކުރުމަށް ވޯޓު ދެއްވާފައެވެ. އަދި ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 8 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފިނޭން މިނިސްޓްރީން […]

ޔުމްނާ ޢަލީ
ދުވާފަރު ކައުންސިލްގެ އެސްޖީ ވެސް ސަސްޕެންޑުކޮށްފި

ދުވާފަރު ކައުންސިލްގެ އެސްޖީ ވެސް ސަސްޕެންޑުކޮށްފި

ރ. ދުވާފަރު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) ގެ މަގާމުގައި ހުރި މުޙައްމަދު ނާސިޙު ވެސް ސަސްޕެންޑުކޮށްފި އެވެ. “ތިލަދުން” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވީ، އެކައުންސިލްގެ އެސްޖީ ސަސްޕެންޑްކޮށްފައިވަނީ މިއަދު ކަމަށެވެ. މިހާރު އެކައުންސިލްގެ ހިންގުން ހަވާލުކޮށްފައިވަނީ ވަގުތީގޮތުން އެޒިންމާތަކާއި ހަވާލުކުރެވިފައިވާ މުވައްޒަފަކާ އެވެ. ޒިންމާތަކަށް އިހްމާލުވުމުން، ރ. ދުވާފަރު ކައުންސިލުގެ ހުރިހާ މެމްބަރުންވެސް ވަނީ ލޯކަލް ގަވަރމެންޓް އޮތޯރ...

އަލީ އާދިލް
ދުވާފަރު ކައުންސިލަރުން ސަސްޕެންޑްކޮށް، ކައުންސިލް ހިނގުން ތުޙުމަތު ކުރެވޭ އެސްޖީއަށް

ދުވާފަރު ކައުންސިލަރުން ސަސްޕެންޑްކޮށް، ކައުންސިލް ހިނގުން ތުޙުމަތު ކުރެވޭ އެސްޖީއަށް

ޒިންމާތަކަށް އިހްމާލުވުމުން، ރ. ދުވާފަރު ކައުންސިލުގެ ހުރިހާ މެމްބަރުން ސަސްޕެންޑުކޮށްފި އެވެ. އެރަށު ހުރިހާ ކައުންސިލަރުން ސަސްޕެންޑުކުރަން ނިންމީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ބޭއްވި ބޯޑުގެ ބައްދަލުވުމުގަ އެވެ. އެލްޖީއޭގެ އޮފިސަލަކު “ތިލަދުން” އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަދި އިތުރު މެންބަރު ސަސްޕެންޑް ކުރީ 3 މަހަށް ކަމަށެވެ. އިތުރު މެންބަރަކު 2 މަހަށް އަދި ބާކީ ހުރި މެންބަރު 1 މަށް ސަސްޕެންޑުކޮށްފައިވާ […]

މުޙައްމަދު އަފްރާޙް
ޖަލު އޮފިސަރުންގެ ބެރެކްސް އަންނަ އަހަރު ތަރައްގީ ކުރެވޭނެ: ސީޕީ އަހްމަދު

ޖަލު އޮފިސަރުންގެ ބެރެކްސް އަންނަ އަހަރު ތަރައްގީ ކުރެވޭނެ: ސީޕީ އަހްމަދު

ޖަލު އޮފިސަރުންގެ ބެރެކްސް އަންނަ އަހަރު ތަރައްގީ ކުރެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް (ސީޕީ) އަހްމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މާފުށީ ޖަލުގެ 24 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނެވެ. މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ މާފުށީ ޖަލުގައި 18 ގޮޅީގެ ޔުނިޓަކާއި 50 ގޮޅީގެ ޔުނިޓެއް ގާއިމުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ޖަލަށް މަނާތަކެތި ވަންނަ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާ […]

މުޙައްމަދު އަފްރާޙް
ބަޖެޓުގެ އަސާސްތައް ހުރީ، ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސިޔާސީ ޚަރަދުކުރަން

ބަޖެޓުގެ އަސާސްތައް ހުރީ، ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސިޔާސީ ޚަރަދުކުރަން

2023 ވަނަ އަހަރަށް ލަފާކޮށް ހުށައަޅުއްވާފައިވާ ދައުލަތުގެ ބަޖެޓުގެ އަސާސްތައް ބިނާކޮށްފައިވަނީ ދިވެހި ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ޚަރަދުކުރަން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފި އެވެ. އިދިކޮޅުގެ ޕީޖީ ގުރޫޕުން އިއްޔެ ނުރުނު ނެރޭ ނޫސްބަޔާނެއްގައި ބުނީ އަންނަ އަހަރަށް ލަފާކޮށް ހުށައަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަކީ ދިވެހި އިޤްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއްކަމަށް އެ ޕާލިމެންޓްރީ ގްރޫޕަށް ޤަބޫލު...

އަލީ އާދިލް
ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރާ ގުޅޭ ރިޕޯޓެއް ޝާއިރުކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރާ ގުޅޭ ރިޕޯޓެއް ޝާއިރުކޮށްފި

ފާއިތުވި ދެ އަހަރު ތެރޭގައި ބައިނަލްއަޤްވާމީ މަޝްރަހުގައި ހިނގާފައިވާ ބޮޑެތި ކަންތައްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފައިވާ އަސަރަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ރިޕޯޓެއް ޝާއިރުކޮށްފިއެވެ. ދިވެހިރާއްޖޭގެ އައު ތިންކް ޓޭންކެއް ކަމުގައިވާ ބާނި ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީއިން “އިމްޕެކްޓް އޮފް ނޮން-އެރައިވަލް އޮފް ޗައިނީސް ޓުއަރިސްޓްސް ޓު ދަ މޯލްޑިވްސް” މި ރިޕޯޓް ނެރެފައިވަނީ އިއްޔެގަ އެވެ. ބާނި ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީ އަކީ ބައިނަލްއަޤްވާމީ ކަންކަމަށް ރާއްޖެ ފ...

އަލީ އާދިލް
މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެކުލަވާލި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެކުލަވާލި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) ތަންފީޛު ކުރުމަށްޓަކައި އެކުލަވާލާފައިވާ “ހައިލެވެލް ސްޓިއަރިންގ ކޮމިޓީ” ގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި، އެ ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކޮމިޓީގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައިވެ އެވެ. “ހައިލެވެލް ސްޓިއަރިންގ ކޮމިޓީ”ގެ މަޤްޞަދަކީ ޤައުމީ ފެންވަރުގައި ޢަމަލުކުރާނެ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޛު ކުރުމަ...

އިބްރާހިމް އަސްވާޤް
މާލޭގެ ދެކުުނު ފަޅު ތެރެއިން މަރާލާފައިވާ ކަމަށް ބެލެވޭ ދޫނިތަކެއް ފެނިއްޖެ

މާލޭގެ ދެކުުނު ފަޅު ތެރެއިން މަރާލާފައިވާ ކަމަށް ބެލެވޭ ދޫނިތަކެއް ފެނިއްޖެ

މާލޭގެ ދެކުުނު ފަޅު ތެރެއިން މަރާލާފައިވާ ކަމަށް ބެލެވޭ ދޫނިތަކެއް ފެނިއްޖެ އެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާފަންނު ސްޓޭޑިއަމާވީ ދިމާލު ފަޅުތެރެއިން ގާތްގަނޑަކަށް 15 ވަރަކަށް ވައްލަ އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި އެއީ މަރާލާފައިވާ ކަމަށް ބެލެވޭ ވައްލަތަކެއް ކަމަށެވެ. ވައްލަ އަކީ ދިވެހިރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ދޫނިތަކުގެ ތެރެއިން ދޫންޏެކެވެ.   About 15 tern carcasses have been found floating on […]

މުޙައްމަދު އަފްރާޙް